ސިޙުރު ހެދުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. ސިޙުރުގެ ސަބަބުން މީހެއްގެ ޙައްޤަކަށް އަބަދުވެސް އަރައިގަނެވެއެވެ. ނޫންނަމަ ލިބެން ނުޖެހޭ އެއްޗެއް ނުވަތަ ކަމެއް ނަހަމަ ގޮތުގައި ލިބިގަނެއެވެ. ސިޙުރު ހެދުން އިސްލާމް ދީނުގައި ނަޙީ ކުރައްވާފައިވަނީ މިހެންވެއެވެ.

މިފަހަރު ކަންހިގާފައިވަނީ ވަރަށްވެސް ހިތްދަތިކޮށެވެ. ސިޙުރު ހެދުންފަދަ ނުބައި އަމަލެއް މިފަހަރު ހިންގާފައިވަނީ ހުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމުގައިވާ މަސްޖިދުއް ޙަރަމްގައެވެ. މުސްލިމްގެ ޤިބްލަ ކަމުގައިވާ ގެފުޅުގެ ސަރަހައްދުގައެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ސިޙުރުގެ ނުބައި އަމަލު ހިންގަން އުޅެނިކޮށް ގެފުޅު ހުންނަ ސަރަހައްދުން މީހަކުވަނީ ހައްޔަރުކޮށްފައެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ސިޙުރު ހަދަން އުޅެނިކޮށް ސިޙުރު ހަދަން ގެންގުޅުނު ތަކެއްޗާއި އެކުގައެވެ. އަދި މިމީހާ ކައިރީގައި މިމީހާގެ އަނބިމީހާ ހުރިއެވެ. ފުލުހުން މިމީހާގެ އަނބިމީހާވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިމަންޒަރު ދައްކުވައިދޭ ވީޑިއޯއް މިހާރު އާއްމުވެފައިވާއިރު، މިވީޑިއޯއިން ފެންނަ ގޮތުގައި ސިޙުރު ހަދާ މީހާ ފުލުހުން ހައްޔަރު ކުރިއިރު، ހަދާފައިވާ މިސިޙުރު ނައްތާލުމަށްވަނީ އެތާންގައި ބަޔަކު ހަރަކާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހެހެހ

    އެމް ޑީ ޕީ މީހެކަށް ވާނީ! ލާދީނީ ނަޝީދު!

    • ޞަގށ

      ކަލޭ ބަފަޔަށް ވެސް ވެދާނެ ދޯ

    • ބަފަޔަށް

      ކަލޭ ބަފަޔަށް ވެސް ވެދާނެ ދޯ

  2. ކޮތަރު

    ޕިސް ޕިސް...އަނެއްކާ މީކޮން މޮޔައެއްވެގެން އުޅޭ މީހެއްބާ؟؟

  3. ބަލަގަ

    ޔާމީނެއްނު ސިހުރުހަދަން އަސޭލާގެނައީ