8 އަހަރުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއްގައި ސޫދާންގެ މުސްލިމު ޓީޗަރެއް ކަމަށްވާ މުހައްމަދު މުސްތަފާ އިދްރީސް ޖަލަށްލައިފިއެެވެ.

އުމުރުން 46 އަހަރުގެ މުހައްމަދު މުސްތަފާ އިދްރީސް އަކީ ގޭގެއަށް ގޮސް އިސްލާމް ކިޔަވާދޭ މުދައްރިސެެކެވެ. އަދި އޭނާ ޖިންސީ ގޯނާކޮށްފައިވަނީ އޭނާ ޓިއުޝަން ދެމުން ގެންދާ ކުޑަ އަންހެން ކުއްޖަކަށެވެ.

އަދި އިދްރީސް އެ އަންހެންކުއްޖާއަށް ޖިންސީ ގޯނާކުރި އިރު އޭނާގެ މައިންބަފައިން ތިބީ އެހެން ކޮޓަރިއެއްގައެވެ. އަދި އެ މައްސަލަ ތިލަވީ ގޯނާ ލިބުނު އަންހެން ކުއްޖާ އޭނާގެ މައިންބަފައިންނަށް އެވާހަކަ ހިއްސާކުރުމުން ކަމަށް ފުލުހުންގެ ތަހުޤީޤަށް އެނގިފައިވެއެވެ.

އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އިދްރީސް ޖަލަށް ލާން ހުކުމް ކުރަމުން ކޯޓިގެ ގާޒީ އެންތޮނީ ހޯވްކްސް ބުނީ ޓުއިޝަން ދޭ ވަގުތުގައި ކުއްޖާއަށް ފުރިހަމައަށް ރަށްކާތެރިވާން ޖެހޭނީ އެ ކުއްޖަކަށް ޓިއުޝަން ނަގައިދޭ ޓީޗަރުކަމަށެވެ. ނަމަވެސް އިދްރީސް މަސައްކަތްކޮށްފައިވަނީ ކިޔަވައިދިނުމުގެ ނިޔަތުގައި ތުއްތު އަންހެން ކުއްޖެއް ލައްވާ މަޖުބޫރުން ބޭއަދަބީ ކަންކަން ކުރުވުން ކަމަށާއި އެކަމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ގާޒީ ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެންމެ ގިނައިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ އެއްގައުމަކީ އިންޑިއާއެވެ. އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގައި ކޮންމެ 15 މިނެޓަކުން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބެއެވެ. ނުވަތަ ޖިންސީ ފުރައްސާރައާއި ކުރިމަތިލާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޯ ދައިތާ

    ޖިންސީ ގޯނާ ކުރާ ފިރިހެން މީހާ އަންހެން މީހާއަށް ވުރެ ޢުމުރުން ގިނަ ދުވަސް ވެފާ ހުރިއްޔާ ޖެހޭނީ ތިދަތުރު ،! ޖިންސީ ގޯނާ ކުރުމުގެ ޤާނޫނު ހަދާ ދައިތަ ބުނަނީ ޖިންސީ ގޯނާއާއި ފުރައްސާރަ ކުރުން ހުއްދަވާނީ ފިރިހެން މީހާއަށް ވުރެއުމުރުން ގިނަ ދުވަސް ވެފައިވާއަންހެންވެރިންނަށޭ !

  2. މޮހޮދު

    އިސްލާމް ފިލާވަޅެއްވެސް ނަގާލެވެން ނޯވޭދޯ މިޒަމާނުގަ. ގައިމު 1400 އަހަރު ކުރިން ނުލާހިކު ފަސޭހަ

  3. ޔާރާ

    ހިފިނުުހުރެވިގެން ތޯއްޗެ