ހޮންގް ކޮންގް އިން ޗައިނާގެ ޑާލިއާން ޕްރޮވިންސަށް ދަތުރު ކުރި އެއާ ޗައިނާގެ ބޯޓެއްގައި ކޯ ޕައިލެޓު އިލެކްޓްރޯނިކް ސިގިރޭޓު ބޭނުން ކުރުމުގެ ސަބަބުން ނުރައްކާތެރި ވައިގެ ހާދިސާއެއް އެ ބޯޓުގައި ހިނގައިފިއެވެ. މައްސަލަ ތަހުގީގު ކުރި އޮފިސަރުން ބުނި ގޮތުގައި ބޯޓު ވަނީ ވައިގެ ތެރެއިން 21،000 ފޫޓު އަޑިޔަށް ޑައިވެއް ކޮށްފައެވެ.

ތަހުގީގުތަކުން ހާމަވި ގޮތުގައި ބޯޓުގެ ކޯ ޕައިލެޓު ވަނީ ޑެކް ތެރޭގައި ވޭޕް ކުރިކަން ފޮރުވުމަށްޓަކައި ކުރި މަސައްކަތުގައި ބޯޓުގެ އެއާ ކޮންޑިޝަނިންގް ސިސްޓަމްތަށް ކަނޑާލާފައެވެ. މީގެ ސަބަބުން ބޯޓުގެ ކެބިންގައި ވައި ތުނިވެ އޮކްސިޖަން މާސްކުތައް ވެސް ވަނީ ތިރިކޮށްފައެވެ. އަދި ކެބިން ޕްރެޝާ ދައްވުމުގެ ސަބަބުން ބޯޓު ޖެހުނީ ދަތުރު ކުރަމުން ދިޔަ އުސް މިނަށްވުރެ ތިރިން ދަތުރުކުރާށެވެ. ނަމަވެސް ދިމާވި ސަބަބު ބޯޓުގެ ކްރޫއިންނަށް ދެނެގަނެވުމުން ބޯޓުގެ އެއާކޮންޑިޝަނިންގް ސިސްޓަމް ތައް ޖެއްސުމަށްފަހު ބޯޓުވަނީ އެނބުރި ދަތުރުކުރަމުން ދިޔަ އުސްމިނަށް ރުޖޫއަވެފައެވެ.

މިމައްސަލާގައި "ޒީރޯ ޓޮލެރަންސް" އާއި އެކު ބޯޓުގެ ކްރޫއިންނާ މެދު އަމަލު ކުރާނެކަމަށް އެގައުމުގެ މީސް މީޑިޔާއެއްކަމަށް ވާ ވެއިބޯ ގައި އެއާ ޗައިނާއިން ވަނީ ބުނެފައެވެ.

ޗައިނާގެ ވައިގެ ސަލާމަތީ ގާނޫނުތައް ބުނާގޮތުން ވައިގެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އީ-ސިގިރޭޓު ބޭނުން ކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް މީގެކުރިން ވެސް ޗައިނާ ގެ ބައެއް މަތިންދާ ބޯޓު ތަކުގައި ޕައިލެޓުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ.

ބޯޓުގެ "ފްލައިޓް ޑާޓާ ރިކޯޑަރ" އާއި " ކޮކްޕިޓް ވޮއިސް ރިކޯޑަރ" ތައް މެދުވެރިކޮށް މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތް ތަކުން ވަނީ ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަދިވެސް ކުރޫއިންނަށްތަ ފިޔަވަޅު އަޅަންވީ؟ ތި ވީގޮތުން ދުންފަތުގެ އިސްތިއުމާލް ކުރީ ކޯޕައިލެޓް ކަމެއް ކުރޫއިން ކަމެއް ސާފެއްނުވޭ. ދެން އެހެން ނޫނަސް ކުރޫއިން އަތަކު ބޯޓްގެ ކޮންޓްރޯލް އެއް ނޯންނާނެދޯ؟

  2. ސަމަން

    އަދިވެސް ކުރޫއިންނަށްތަ ފިޔަވަޅު އަޅަންވީ؟ ތި ވީގޮތުން ދުންފަތުގެ އިސްތިއުމާލް ކުރީ ކޯޕައިލެޓް ކަމެއް ކުރޫއިން ކަމެއް ސާފެއްނުވޭ. ދެން އެހެން ނޫނަސް ކުރޫއިން އަތަކު ބޯޓްގެ ކޮންޓްރޯލް އެއް ނޯންނާނެދޯ؟