މީޑިޔާތަކާއި ފިލްމް ޕުރަޑިއުސް ކުރާ ފަރާތްތަކަށާއި މި ނޫންވެސް މިކުދިންގެ ވާހަކަތައް ހޯދަން އުޅޭ މީހުންނަށް އެކުދިންނާ ބައްދަލު ނުކުރެވޭނެ ކަމަށް އެކުދިން ބަލަމުން އަންނަ އިދާރާ އިން ބުނެފިއެވެ.

މިކުދިން މިހާރު ބަލަމުން އަންނަނީ ހޮޮސްޕިޓަލެއްގައި އެކުދިންނަށް ޚާއްސަ ތަނެއްގައެވެ. މިކުދިނަށް މިހާރު ފަރުވާ ދެމުން އަންނަ އިރު މިހާތަނަށް ޢާއިލާތަކުންވެސް މިކުދިންނާއި ބައްދަލު ކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. ނަމަވެސް މިކުދިންގެ ހާލު ރަނގަޅުވިހާ އަވަހަކަށް މިކުދިންނާއި ބައްދަލު ކުރުމުގެ ފުރުސަތު އާއިލާތަކަށް ދޭނެއެވެ.

މިކުދިން ބަލަމުން އަންނަ އިދާރާއިން މިކުދިންނާއި މީޑިޔާތަކާއި މިކުދިންގެ އެ ހޮހޮޅައިގައި ހޭދަ ކުރި ދުވަސްތަކާ ބެހޭ ގޮތުން ފިލްމް ހަދާ ފޮތް ލިޔަން ބޭނުންވާ މީހުންނަށް އަވަސް މުސްތަޤްބަލެއްގައި ފުރުސަތު ނުދިނުމަށް ނިންމާފައިވަނީ މިހޮހޮޅައިގައި ތާށިވެފައި ތިބި ދުވަސްވަރު އެކުދިންނަށް ދިމާވެފައިހުރި ނަފްސާނީ ގެއްލުމަށް މިކަމުގެ ސަބަބުން އިތުރު ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ލަފާކޮށެވެ.

މީގެ ކުރިން ތައިލޭންޑްގެ ބޮޑުވަޒީރުވެސްވަނީ މިކުދިން ރަނގަޅުވުމަށް ވަގުތު ބޭނުންވާ ކަމަށް ބުނެފައެވެ.

ގިނަ ބަޔަކު މިކުދިންގެ ދިރިއުޅުމަށް ބިނާކޮށް ފިލްމް އުފައްދަން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، އެއްވެސް ޢާއިލާއަކުން އެއްވެސް ކުންފުންޏަކާއި އެކު އެގްރިމެންޓްއެއް ނުހެދުމަށްވަނީ އިލްތިމާސްކޮށްފައެވެ. އަދި ބައެއް ކުދިންގެ މައިންބަފައިން ބޭރުގެ މީޑިޔާތަކަށް ދިން އިންޓަރވިއުއެއްގައި މިކުދިން މަޝްހޫރު ކުރަން ބޭނުންވާ ކަމަށާއި އެކުދިން ސަލާމަތުން ލިބުނީތީ ޝުކުރު އަދާ ކުރާ ކަމަށްވަނީ ބުނެފައެވެ.