ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ނަވާޒް ވަރަށް އަވަހަށް ހައްޔަރުކުރާނެކަމަށް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ޕާކިސްތާނުގެ ކޯޓަކުން ވަނީ ކޮރަޕްޝަން މައްސަލަ ސާބިތުވެ ނަވާޒް ޝަރީފު 10 އަހަރަށް އަދި މަރިޔަމް ނަވާޒް 7 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ދެ ބޭފުޅުންނަށް ހުކުމްކުރެއްވިއިރު، ތިއްބެވީ ގައުމުން ބޭރުގައެވެ. ނަމަވެސް ދާދި ދެންމެޔަކު ދެ ބޭފުޅުން ވަނީ ގައުމަށް އެނބުރިވަޑައިގަންނަވާފައެވެ.

ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ދަތުރުކުރެއްވި ފްލައިޓް ލާހޫރް އެއާޕޯޓަށް ޖައްސާފައިވާއިރު، ދެބޭފުޅުންވެސް އެއާޕޯޓުން ހައްޔަރުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ހައްޔަރުކޮށްގެން ދެބޭފުޅުން އިސްލާމްއާބާދުއަށް ގެންދާނީ ކުޑަ ފްލައިޓެއްގައި ނޫނީ ހެލިކަޕްޓަރެއްގައިކަމަށް ޕާކިސްތާނުގެ ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގެ މީޑިއާތަކުން މިގޮތަށް ރިޕޯޓް ކޮއްފައިވާއިރު ކޮރަޕްޝަންގެ ތުހުމަތުގައި ޕާކިސްތާންގެ ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް މިދިޔަ އަހަރު ޖުލައި މަހު ސުޕްރީމް ކޯޓުގެ އަމުރަކުން މަގާމުން ދުރުކުރި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން ޕާކިސްތާނުގެ ކޯޓަކުން ވަނީ ދާދި ފަހުން ހުކުމް ކޮއްފައެވެ.

މިދިޔަ އަހަރު ޖުލައި މަހު ސުޕްރީމް ކޯޓުގެ އަމުރަކުން މަގާމުން ދުރުކުރި ނަވާޒް ޝަރީފް އުމުރު ދުވަހަށް ސިޔާސީ އެއްވެސް މަގާމެއް އަދާކުރުން މަނާކޮށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ޙުކުމެއް ކޮށްފައެވެ. ޕާކިސްތާނުގެ އެއްވެސް ވެރިއަކު އަދި މިހާތަނަށް ވެރިކަމުގެ ދައުރު ފުރިހަމަ ކޮއްފައި ނުވާއިރު. މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ނަވާޒް ޝަރީފް ބޮޑުވަޒީރު ކަމުން ދުރުކުރިއެވެ. މިދިޔަ އަހަރު ނަވާޒް ޝަރީފް މަގާމުން ދުރުކުރީ އޭނާގެ އާއިލާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރިއިރު މުސާރަ ނުނެގުން އެއީ ޓެކްސް އަށް އޮޅުވާލަން ކުރި ކަމެއް ކަމަށް ބުނެއެވެ.

މިއީ ޕާކިސްތާނުގެ 70 އަހަރުވީ ތާރީޚުގައި މަގާމުގައި ހުންނެވި ބޮޑު ވަޒީރަކު ސުޕްރީމް ކޯޓުން ދުރުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީ މަގާމުން ދުރުކޮށްފަ އެވެ.

ނަވާޒު ޝަރީފާއި އަނބިކަނބަލުން ހައްޔަރު ކުރަން އުޅޭކަމުގެ ރިޕޯޓްތަށް ލިބެމުންދާއިރު ނަވާޒު ގެ އަބިކަބަކުން ގެންދަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ.

މިއަދު ލަންޑަނުން ފުރާވަޑައިގަންނަވަމުން ނަވާޒް ޝަރީފް ވަނީ އެމަިކުފާނު ދާންޖެހޭނީ ޖަލަށް ކަން އެނގިވަޑައިގަންނަވާ ކަމަށާއި މިއީ ޕަކިސްތާނުގެ މުސްތަގްބަލަށާއި ކުރިއަށް އޮތް ޖީލަށްޓަކައި ވެވަޑައިގަންނަވާ ގުރބާނީ އެއްކަމަށް ވެސް ވިދާޅުވިއެވެ.