އެމެރިކާ ސިފައިންގެ ތެރޭގައި އޮންނަ އެންމެ ވަރުގަދަ ފައުޖު ކަމަށްވާ ސީލްގެ ސިފައިން ސީރިއާގައި އައިއެސް ޖަމާއަތުގެ ލީޑަރު އަބޫ އިބްރާހިމް އަލް-ހާޝިމީ އަލް-ޤުރައިޝީ މަރާލަން ހަމަލާ ދިންއިރު އެމަންޒަރު ބަލަން އެމެރިކާގެ ވައިޓްހައުސްގެ ސިޗްއޭޝަން ރޫމްގައި އެމެރިކާގެ ރައީސް ބައިޑެން އިންވެނި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަބޫ އިބްރާހިމަކީ އައިއެސް އުފެއްދިއިރު އެޖަމާއަތުގެ ލީޑަރަކަށް ހުރި އަލް-ބަޣުދާދީ މަރާލުމުން ދެން އެޖަމާއަތުގެ ލީޑަރު ކަމަށް އިސްވި މީހާއެވެ. އަބޫ އިބްރާހިމް އެމެރިކާގެ ހަމަލާއެއްގައި މަރާލެވިއްޖެކަން ބައިޑެން އިއުލާން ކުރީ މިއަދު ހަވީރު އެވެ. އަބޫ އިބްރާހިމް މަރާލެވުމަކީ 2019 ވަނަ އަހަރު ބަޣުދާދީ މަރާލެވުނު ފަހުން އެމެރިކާ އަށް އައިއެސް އާއިދެކޮޅަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަބޫ އިބްރާހިމް މަރާލާފައި ވަނީ އޭނާ ދިރިއުޅޭ ގެއަށް އެމެރިކާ ސިފައިން ދިން ހަމަލާއެއްގައެވެ. އެގޭގައި އަބޫ އިބްރާހިމްގެ އިތުރުން އޭނާގެ އަނބިމީހާ އާއި ދަރިންގެ އިތުރުން އާއިލާގެ އިތުރު މެންބަރުން ވެސް ތިއްބެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި އެމެރިކާ ސިފައިންގެ ހަމަލާގައި އަބޫ އިބްރާހިމް އާއިއެކު 13 މީހަކު ވަނީ މަރުވެފައެވެ. 13 މީހުންގެ ތެރޭގައި ހަކުޑަކުދިންނާއި ހަތަރު އަންހެނުން ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީޑިއާ އަށް މައުލޫމާތު ދިން އޮފިޝަލުން ވިދާޅުވާ ގޮތުގައި އަބޫ އިބްރާހިމް ދިރިއުޅޭ ގޭގެ މައުލޫމާތު އެމެރިކާ ސިފައިންނަށް ލިބުމުން އޭނާ މަރާލަން އެމެރިކާ އިން ތައްޔާރުވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ އަށް ފާރަލައިގެން އެމެރިކާ އިން ބެލިބެލުމުން އެނގުނީ އޭނާ އަކީ އެއްވެސް ވަރަކަށް ގެއިން ނިކުންނަ މީހެއް ނޫންކަމެވެ. އެހެންކަމުން ހަމަލާ ދިނުމަށް އިތުރަށް ފަސޭހަ ވެގެން ދިޔަ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަބޫ އިބްރާހިމްގެ ކަންކަން ބެލުމަށްފަހު ހަމަލާ ދޭނެ ގޮތް އެމެރިކާ ސިފައިން ރާވާފައި އޮޕަރޭޝަންގެ މައުލޫމާތު މިދިޔަ ޑިސެމްބަރ މަހު އެމެރިކާގެ ރައީސް ބައިޑެން އާއި ހިއްސާ ކުރިއެވެ.

އައިއެސްގެ ލީޑަރު މަރާލި މަންޒަރު ބަލަން ބައިޑެން އިންނެވިއިރު މީގެ ދިހަ އަހަރު ކުރިން އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން މަރާލަން އެމެރިކާ ސިފައިން ހަމަލާ ދިން މަންޒަރު ބަލަން ވެސް ވައިޓްހައުސްގެ ސިޗްއޭޝަން ރޫމްގައި ބައިޑެން އިންނެވިއެވެ. އޭރު ބައިޑެން އެމަންޒަރު ބަލަން އިންނެވީ އޭރު އެމެރިކާގެ ނައިބު ރައީސްގެ ހައިސިއްޔަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަދުރޭ

    އެމެރިކާ ކެރެކްޓަރ އުފައްދަނީ ، ވާހަކަ ލިއެނީ ހަމަ އެމެރިކާ އެމެރިކާ ބޭނުން ކެރެކްޓަރ އެއް އުފައްދާފަ ފިލްމުގައި މަރާލަން ބޭނުން ކެރެކްޓަރ އެއް މަރާލަނީ . އައިސިސް އަކީ އެމެރިކާގެ ސީއައި އޭން ކުޅޭ ފިލްމެއް ދިވެހިންގެ ތެރޭން ފަސްކުޅަނދު ހަމަނުވާ ކަނޑުކޮހުން ގޮސް އަމިއްލަޔަށް ބޭނެނީ މީގެތެރެއަށް

    28
    10
    • Anonymous

      ވަރަށް ބޮޑު ހަގީގަތެއް ތިބުނީ

    • މާޅޮސް

      އެމެރިކާ އާއި ގުޅިގެން ރާއްޖެ ސަރުކާރުވެސް މަސައްކަތް ކުރޭ. އެހެންވީމަ ބޭނިފަ ތިބީ ކޮން ބައެއްކަން އޮޅިއްޖެ.

      8
      1
    • ބަބޫ

      ދެން އަހަރެމެން މުސްލިމުން އެމެރިކާ ދެކެ ބިރުން ނޫނީ އެމީހުންދޭ ލާރިގަނޑުވެ ބިރުން އެކަމަކާ އަޅާވެސް ނުލާ ތިބުން ނޫންކަމެއް ނޯންނާނެ. އާރެއް ބާރެއް ނެތް ބައެއްގެ ގޮތުގަ މިތިބެނީ. އެކަމަކު ހުރިހާ ބާރެއް އެބަހުރި. ކީއްކުރާނީ ލާރިޔަށް އިސްލާމީ ބޮޑެތި ލީޑަރުން ތެޅެނީވިއްޔާ

  2. ޝެއިޚް ނަސްރުﷲ

    ބައިޑެން މަރުވާތަން ބަލާފަ އިބިލީސް ވެސް ހޭނެ...

    45
    4
  3. ލަކުނައު

    ބޮން އަޅާ ތަން ފުނޑުކޮށް ކުޑަ ކުދިންނާއި އަންހެނުން މަރާފަ ބުނާނެ އަމިއްލައަށް މަރުވީއޭ،ޖާނުން ފިދާވެގެން.

    34
    4
  4. ދިވެހި އައިސިސް

    މިއީ ދިވެހި އައިސިސް އާހިތްވަރަކާއެކު ކުރިއަރައިގަންނަށް ބަލަން ތިބޭނެ ދަނޑިވަޅެއް. ވިސްނާ ތިބޭތި.

    4
    2
  5. އިސްމާލު

    ހާދަ އުފާވެރި މަންޒަރަކަށް ވާނޭ. ޔޫޓިއުބަށް ލާނަމަ

    5
    5
  6. Anonymous

    ޝުކުރިއްޔާ ބައިޑެން!

    3
    5
    • ޖުލައި

      އެއީ މާބޮޑު ކަމެއް ނޫން. އެމީހުން ނުތިބޭ މަރުނުވާނެކަމަކަށް. ލީޑަރު ވަށައިގެން އެނބުރޭ ފާޑުގެ ޖަމާއަތެއް ނޫން ކަމަށް ވެސްޓާން ގައުމުތަކުގެ ތިންކް ޓޭންކް ތަކުން ބުނަނީ. ލީޑަރު ހުއްޓަސް ނެތަސް އެ މީހުން ހާހެއް ނުވޭ. ވީމާ ކަލޭ މޮޔަ ނުވޭ. ނޫނީ މޮޔަވޭ.އަދި އަމިއްލަ ރޭޖްގައި ފަނާވޭ.

      1
      6