އަފްޣާނިސްތާޏުގެ އާންމު ރައްޔިތުންނާއި، ތާލިބާނުނާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގައި، އާންމުންގެ ގިނަ ބަޔަކު ހައްޔަރު ކޮށްފިއެވެ.

ޕަންޖްޝިރް ޕްރޮވިންސްގައި ދިރިއުޅޭ މީހުންނާއި ތާލިބާނުންނާ ދެމެދު ކުރިމަތިލުން ފެށުނީ، ތާލިބާން ޖަމާއަތުގެ ވެހިކަލެއް މައިނަކަށް އަރައި ގޮވުމުންނެވެ. އެ ޕްރޮވިންސްގެ މީހުން ބުނާގޮތުގައި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މި ހަމަނުޖެހުން އަންނަނީ ހިނގަމުންނެވެ.

ޠާލިބާނުންގެ ހަނގުރާމަވެރިން ވަނީ ޕަޖްޝިރު ޕްރޮވިންސް ވަށާލާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެޕްރޮވިންސްގެ ހާލަތު މާބޮޑަށް ސާފެއް ނުވެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ މެދުތެރޭގައި ތާލިބާނުން ކާބުލްގެ ކޮންޓްރޯލް ނަގައި، ވެރިކަމާއި ހަވާލުވީ ފަހުން އަފްޣާނިސްތާނުގައި ކޮންމެވެސް ވަރަކަށް ހަމަޖެހުން ގާއިމުވި ނަމަވެސް ބައެއް ސަރަހައްދުތަކުގެ ހާލަތު ވަނީ ކުރިއަށް ވުރެ ވެސް ގޯސްވެފައެވެ.

ބޭރުގެ އެހީތައް ހުއްޓާލުމާއި، އަފްޣާނިސްތާނު ސަރުކާރުގެ އެސެޓްތައް ފްރީޒް ކުރުމާއި، ތާލިބާނުންނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، މިހާރުވެސް އަފްޣާނިސްތާނުގެ ފަގީރުކަމުގެ ހާލަތު އިންތިހާއަށް އިތުރުވެ، އިގުތިސޯދީ އަނދަވަޅަކަށް ވަނީ ވެއްޓިފައެވެ.

އެމެރިކާ ސިފައިން 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އަރައި އޭރު އޮތް ޠާލިބާނުންގެ ވެރިކަން ވައްޓާލި ފަހުން އަފްޣާނިސްތާން ރައްޔިތުން ކެއުން ބުއިމުގެ ކަންކަން ހަމަޖައްސަން އެންމެ ބޮޑަށް ބަރޯސާ ވަމުން އައީ ބޭރުގެ އެހީއަށެވެ. ނަމަވެސް އަލުން ޠާލިބާނުންނަށް ވެރިކަން ލިބުމާއިއެކު ބޭރުގެ އެހީތައް ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓިފައެވެ.

ޠާލިބާނުން އަފްޣާނިސްތާންގައި ގާއިމުކުރި ސަރުކާރު ބަލައިގަންނަން އަދިވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދެކޮޅު ހަދަމުން ގެންދާތީ ކުރިއަށް އޮތް ދުވަސްތަކުގައި އަފްޣާނިސްތާންގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ވެސް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    dhen lalalaa

  2. ެއޭ...

    އިންޑިޔާގައި މުސްލިމުންނަށް ކުރާ އަނިޔާގެ ވާހަކަ ލިޔަން ނުކެރެނީ ކީއްވެހޭ؟

    7
    2