ހިނގަމުން މިދާ 21 ވަނަ ގަރުނުގެ އެންމެ ދިގު ހަނދުކޭތަ، މި މަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހު ހިފާނެކަމަށް، ކަމުގެ މާހިރުން ބުނެފިއެވެ. ނުޖޫމީ އިލްމުވެރިން ބުނެފައިވާ ގޮތުގައި، އެދުވަހުގެ ފުރިހަމަ ހަނދު ކޭތަ، އެއް ގަޑިއިރާއި 43 މިނެޓަށް ފެންނާނެއެވެ.

ދުނިޔޭގެ މަޝްހޫރު ނޫހެއްކަމުގައިވާ "ބިޒްނަސް އިންސައިޑަރ" އިން ބުނެފައިވާ ގޮތުގައި އެދުވަހު އެންމެ ފުރަތަމަ ހިފާނީ ފުރިހަމަ ކޭތައެކެވެ. އެހެންނަމަވެސް، ފުރިހަމަ ހަނދު ކޭތަ ފެނުމުގެ ކުރިންނާއި ފަހުން ފަޅި ހަނދު ކޭތައެއް ފެންނާނެއެވެ. ފުރިހަމައަށް ފެންނާނެ ބަޔާއި ފަޅިކޮށް ފެންނާނެ ބައި ހިމަނައިގެން، މުޅިއަކު ތިން ގަޑިއިރާއި 55 މިނެޓަށް ކޭތަ ފެންނާނެކަމަށްވެސް ބުނެފައިވެއެވެ.

އިންޑިޔާގެ މިނިސްޓްރީ އޮފް އަރތް ސައިންސަސް އިން ބުނެފައިވާ ގޮތުގައި މިއީ މި ގަރުނުގައިވެސް (2001 ވަނަ އަހަރުން 2100 ވަނަ އަހަރަށް) ހިފާ އެންމެ ދިގު ހަނދު ކޭތައަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި މި ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން، 27 ވަނަ ދުވަހުގެ 23:24 ގައެވެ. އަދި، ފުރިހަމަ ހަނދު ކޭތަ ފެންނަން ފަށާނީ 28 ވަނަ ދުވަހުގެ 00:30 ގައެވެ.

މީގެއިތުރުންވެސް، މި މަހުގެ 27 ވަނަ ދުވަހު، ނުޖޫމީ ގޮތުން ފާހަގަކޮށްލެވޭ އެންމެ ބައެއް މުޙިއްމު ކަންތައްތައްވެސް ހިނގާނެއެވެ. އެގޮތުން، އެދުވަހު މާސް، ދުނިޔެއާ ވަރަށް ކައިރިވާނެކަމަށާއި އެހެންކަމުން، ހަމަ ލޮލަށް، ވަރަށް ކައިރިން މި ގުރަހަ (ޕްލެނެޓް) ފެންނާނެކަމަށްވެސް ބުނެފައިވެއެވެ.

ދިވެހި ރާއްޖެއަށް މި ހަނދު ކޭތަ ފެންނާނެކަމަށް، ރަސްމީ އެއްވެސް ފަރާތަކުން ބުނެފައި ނުވާއިރު، މި އަހަރު ނެރެފައިވާ ކަލަންޑަރުގައިވެސް އެފަދަ މައުލޫމާތެއް އާއްމުކޮށްފައި ނުވެއެވެ. އެހެންނަމަވެސް، އިންޑިޔާގެ ހުރިހާ ސަރަޙައްދަކަށްވެސް މި ހަނދު ކޭތަ ފެންނާނެކަމަށް، އެޤައުމުގެ ރަސްމީ އިދާރާތަކުން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް ހަނދު ނުފެންނާނެ ކަމަށް ޤައުމީ މޫސުމާ ބެހޭ އިދާރާއިން ނާންގާތަ؟

  2. މާތްކަލާކޯ!! ދުނިޔެ ގިޔާމަތް ވަނީ!!! ދެންވެސް އެމީހެއްގެ ސަލާމަތްތެރިކަން ހޯދަން އަވަހަށް އުޅެމާ!!!

  3. ކައުންސެލަރު

    މިއޮތީ ރާއްޖެއަށް ތި ހަނދުކޭތަ ރީއްޗަށް ފެންނާނެކަމުގެހެކި. ލޮލުގަ ފެންލައިގެން ބަލަމާ..
    https://www.timeanddate.com/eclipse/lunar/2018-july-27

  4. އަބްދުއްލާ

    އެންމެ ފަހުން ހިފިކޭތަ މޫސުމްގޯސްވެގެން ރަނގަޅަށް ނުފެންނާތީ ފެބްރުއަތީ 1 ގަ ކޭތައްއް ގެންނަން ރޭވި އެކޭތަ ހިފަންފެށިތަނާ އަތައްގޮވައިފި ، މިކޭތައިގެފަހުން އަނެއްކާ އެހެން ކޭތައެއްް ނެތްތަ ؟

  5. ނުޖޫމީ އިލްމްތަ ނޫނީ ފަލަކީ އިލްމްތަ؟

  6. ކޮންމެބޭފުޅަކުވެސް މިކަމައް ބިރުވެތިވެ ތިމާގެ ނަފުސުއިސްލާހުވޭތޯ ގަދައަޅާ މަސައްކަތް ކުރޭ މީގިޔާމަތް ވުމުގެއަލާމާތް