ރޭޕްއަކީ މީހެއްގެ ނުރުހުމުގައި އެމީހަކަށް ޖިންސީ ގޯނާ ކުރުމެވެ. ރޭޕަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށް ވީ ހިދުވެސް އެ ކުށް ކުރާ މީހުން ދުވަހަށް ވުރެއް ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރޭޕް ކުރުން އެންމެ ގިނަ ގައުމަކީ ކޮބައިތޯވެސް ބަލައިލާން އެބަޖެހެއެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރޭޕް ކުރުން އެންމެ ގިނަ ގައުމަކީ އެމެރިކާއެވެ. އެގޮތުން އެގައުމުގައި ރޭޕް ކުރެވޭ މީހުންގެ 94 އިންސައްތަ އަންހެނުން ހިއްސާކުރާއިރު އަނެއް 6 އިންސައްތަ ހިއްސާ ކުރަނީ ފިރިހެނުންނެވެ. އަދި އެގައުމުގައި ދިރިއުޅޭ ކޮންމެ 33 ފިރިހެނުންގެ ތެރެއިން އެއް ފިރިހެނަކު ރޭޕްގެ ޝިކާރައަކަށްވާއިރު އެމެރިކާގެ 14 އަހަރާއި 25 އަހަރާއި ދެމެދުގެ އަންހެނުންގެ 20 އިންސައްތައަކީ ރޭޕްގެ ޝިކާރައަކަށްވެފައިވާ އަންހެނުންނެވެ.

އެމެރިކާ އާއި ޖެހިގެން ރޭޕް ކުރުން އެންމެ ގިނަ ގައުމަކީ ސައުތް އެފްރިކާއެވެ. އަދި އެއީ 2012 ވަނަ އަހަރު ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ރޭޕްއާއި ގުޅުން ހުރި މައްސަލަތަށް ރިޕޯޓް ކުރެވިފައިވާ ގައުމުވެސް މެއެވެ.

އެގޮތުން އެއަހަރު އެގައުމުގައި ރޭޕާއި ގުޅުން ހުރި 65،000 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު މެޑިކަލް ރިސާޗް ކައުންސިލުގެ ސާވޭއަކުން ދައްކާ ގޮތުގައި އެގައުމުގައި ކޮންމެ އަހަރަކު ރޭޕް ކުރެވޭ މީހުންގެ އިންސައްތަ އަންނަނީ އިތުރުވަމުންނެވެ. އަދި ކުޑަކުދިން ރޭޕް ކުރުމުގެ މައްސަލަތަށް އެންމެ ގިނަ ގައުމަކީ ސައުތް އެފްރިކާ ކަމަށްވެސް އެސާވޭއިން ހާމަވެއެވެ.

ދުނިޔޭގެ ކުށުގެ ރެކޯޑްއިން ހާމަވާ ގޮތުގައި ރޭޕްކުރުން ތިންވަނައަށް އެންމެ ގިނައީ ސްވިޑެންގައެވެ. އަދި ހަތަރުވަނައަށް އެންމެ ގިނައިން ރޭޕްގެ މައްސަލަތަށް ފެންމަތިވާ ގައުމަކީ އިންޑިއާއެވެ. އަދި ރޭޕްކުރުމަށް ފަހު މަރާލެވޭ މީހުން އެންމެ ގިނަ އެއްގައުމަކީވެސް އިންޑިއާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފާތުން

    ތީ ހުރިހާ ނުބައި ކަމެއްގަވެސް ހައްދުފަހަނަ އަޅާފައިވާ ގައުމެއް، އެކަމު އަހަރެމެންގެ މި ޤައުމުގެ ކަންކަމަށް އަތް ކޮއްޕަން ލޮލަށްނިދި ނައިސްގެން އެބަ އުޅެ އެންނުން.އަޖައިބަކީ އަދި މިއުޅޭ އަންނި އަށްވެސް އެމީހުން ވަރެއް ނެތިގެން އުޅޭތީ. އަޖަބެއްނުން މިދެން

  2. ާއަލީ

    ޢަންނިއަކީ ހުރިހާ ކަމެއްގެ ލީޑަރު އީޔޫއިން ދަތިކުރީމަ ޕޕމ މީހުނަށް އެކަނިތަ ދަތިވާނީ

  3. ދިވެހި ދަރިއެއް

    ސުރުޙީތަށް ރަނގަޅުކޮއްބަލަ، ސުރުހީބަލާފައި ހީވަނީ ރޭޕް އެންމެ ގިނައީ ރާއްޖޭގަހެން. ޢޭގެ ބަދަލުގައި ލިޔެވިދާނެދޯ، އެންމެ ގިނަ ޤައުމަކީ ކޮބާ، ނުވަތަ ކޮބާކަން އެނގޭހެއްޔެވެ.

  4. ބުރުހާނުއްދީން

    ޑިމޮކުރަސީއާ ރޭޕާ ގުޅުމެއްވާކަން ގައުމުތަކުގެ ނަންނަމަށް ބަލާލީމާ ފާހަގަކުރެވެނީ.

  5. ޒާ

    ސުރުޙީތަކާއި އެއްޗެހިން މީހުންވާނުވަންނަގޮތަށް ލިޔަން ދަސްކުރުން މުހިއްމު.

  6. ސ

    ޚޯޞަ ޜޭޕް އިންޑިޔާ..