އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާއަށް މިއަދު ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ދެ ޒުވާނުން ޝަހީދުކޮއްލައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވަނީ އުމުރުން 15 އަހަރާއި، 16 އަހަރުގެ ޒުވާން ދެކުދިން ކަމަށެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިކުދިން ޝަހީދުވެފައިވަނީ، ޣައްޒާ ސިޓީގެ މަގެއްގެ މަތީގައި އުޅެނިކޮށެވެ. ހަމާސްގެ އަމާޒުތަކަށް ޣައްޒާގެ އެތަންމިތަނަށް މިއަދު ވަރުގަދަ ވައިގެ ހަމަލާތައް ވަނީ ދީފައެވެ.

ވައިގެ ހަމަލާތަކާ ގުޅިގެން ޣައްޒާ-އިސްރާއީލު ވަކިކުރާ ސަރަހައްދީ އިމާ ގާތުގައިވާ ޔަހޫދީ އަބާދީތަކުގައި ސައިރަން އަޅައި، އެހިސާބުގައި އުޅޭ އާންމުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގަމުން ގެންދިޔައެވެ.

އިސްރާއީލުން ޣައްޒާގެ ތަންތަނަށް މިއަދު ވައިގެ ހަމަލާތައް ދޭންފެށީ، ސަރަހައްދީ އިމުގައި އިއްޔެ ހިނގި ވަރުގަދަ ކުރިމަތިލުންތަކާ ގުޅިގެން ކަމަށް ވެއެވެ. އިސްރާއީލުގެ އުދުވާނީ ސިފައިންގެ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 220 މީހުން ޒަޚަމްވިއެވެ.

އިސްރާއީލުން އިއްޔެގެ ކުރިމަތިލުންތަކަށް ހަމަލާދިނުމުގެ ސަބަބުން ފަލަސްތީނުގެ ތިންމީހުން ޝަހީދުވެފައި ވާއިރު، އޭގެ ތެރޭގައި ޒުވާން ކުއްޖަކުވެސް ހިމެނެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

މި ޖަރީމާތަަށް ކުއްވެރި ކުރުން ފިޔަވާ އިތުރު ކަމެއް އދ އިން ނުކުރެއެވެ. ދާދި ފަހުން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 145 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 13000 ވުރެން މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު