ކުރިން ބޮޑު އިސްރާފަކާއި ބޮޑެތި ހަރަދު ތަކަކުން ފާހަގަ ކުރި ވެރިކަމުން ދުރުކޮށްފައިވާ ޒިންބާބުއޭގެ ކުރީގެ ރައީސް މުގާބޭގެ އުފަން ދުވަސް މިފަހަރު ވަރަށް ވެސް އާދައިގެ ގޮތަކަށް ފާހަގަ ކޮށްފިއެވެ.

ގަދަބާރުން ވެރިކަމުން ދުރުކުރެވުނު އުމުރުން މިހާރު 94 އަހަރުގެ ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އުފަން ދުވަސް ފާހަގަ ކޮށްފައި ވަނީ ކުޑަ ވަރެއްގެ ޕާޓީ އަކުންނެވެ.

އިއްޔެ ޒިމްބާބުވޭގެ ވެރިރަށް ހަރާރޭގައި ހުންނަ މުގާބޭގެ އަގުބޮޑު ގެ، "ބްލޫ ރޫފް" ގައި ބޭއްވި ޕާޓީއަށް ދައުވަތު ދީފައިވަނީ އާއިލާގެ ބޭފުޅުންނަށާއި، ގާތް އެކުވެރިންނަށެވެ. މުގާބޭގެ އަސްލު އުފަންދުވަހަކީ މިދިޔަ ހަފްތާގެ ބުދަދުވަހެވެ.

މީގެ ކުރިން މުގާބޭގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ޒިމްބާބުގައި ބޮޑެތި އަގުބޮޑު ކޭކުތައްވެސް އަޅާފައި ވެއެވެ. އެގޮތުން، މުގާބޭގެ އުމުރުގެ އަދަދު، ބަރުދަނުން ބަލައިގެން އެ ބަރުދަނަށްވެސް ކޭކުއަޅާފައި ވެއެވެ. އަދި މީގެ އިތުރުން އުފަންދުވަހާއި ގުޅިގެން މުގާބޭ ޓީވީ މެދުވެރިކޮށް ދިގު ތަގުރީރުތައްވެސް ދެއްވައެވެ.

ޒިންބާބުއޭގެ ސަރުކާރުން ވަނީ މީގެ ކުރިން މުގާބޭގެ އުފަން ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން ނިންމައި އެކަން އިއުލާނުވެސް ކޮށްފައެވެ . އަދި މިކަމަށް އެންމެ ބޮޑަށް ބާރު އަޅާފައި ވަނީ ޒަނޫ-ޕީއެފް ޕާޓީގެ ޔޫތު ލީގުންނެވެ.

37 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި މުގާބޭ ވެރިކަމަށް ނިމުން އައީ އަނބިކަނބަލުންނަށް ވެރިކަން ހޯއްދަވައިދެއްވުމުގެ ގޮތުން ނައިބް ރައީސް ނަންގަގަވާ މަގާމުން ދުރުކުރުމުން ސިފައިން ނުކުމެ ގައުމު ކޮންޓްރޯލް ކުރި ހިސާބުންނެވެ.

މުގާބޭ ވެރިކަމުން އިސްތިއުފާ ދެއްވުމުން، ނާއިބް ރައީސަކަށް ކުރީން ހުންނެވި އިމަސަން އެމްނަންގަގްވާ ވަނީ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙގނ

    ގްރޭސް ހުރީ މިހާރު ކޮންތަނެއްގައި