ސީރިޔާގެ ކުޑަ ކުއްޖެއްގެ ވީޑިއޯ މެސެޖަކުން އެތަށްބައެއްގެ ލޮލުން ކަރުނަ އޮހޮރުވަރިފިއެވެ.

އުމުރުން ގާތްގަޑަކަށް 9 ވަރަކަށް އަހަރުގެ ސީރިޔާއަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ އާދޭހުގެ މެސެޖެއް މިވަނީ މީސްމީޑިއައިގައި އާންމު ވެފައިއެވެ. އަދި އެ ވީޑިއޯ ބަލާ ކޮންމެ މީހެއްގެ ހިތް ކުދި ކުދި ކޮށް، އެންމެން ގެ ލޯ ކަރުނުން ތެންމާލާ ވަރު ކޮށްލައެވެ.

ބަނޑުހައި ހޫނުކަމުގައި ތިބި ސީރީޔާގެ ރައްޔިތުންގެ ތެރެއިން މި ކުޑަ އަންހެން ކުއްޖާ، އޭނާގެ ވީޑިއޯ ގައި އެމީހުންނަށް ކާނެ އެއްޗެއް ދޭން ބުނެ އާދޭސް ކުރަމުންދެއެވެ.

" އަހަރުމެން ބޭނުން ވަނީ ކާނެ އެއްޗެއް.. މިކަމުން އަހަރުމެން ސަލާމަތް ކޮށްދީ.. އެމީހުން ކޮންމެ ދުވަހަކު ގެއްލުން ދެމުން ދަނީ.. އަހަރުމެން މި ތިބީ ބިމު އަޑީގައި ފިލާ، ބޭރަށް ނުކުންނަން ބިރުގަނޭ.. މިއި ކޮންކަހަލަ ދިރިއުޅުމެއް؟ ވަރަށް ކެތް ކޮއްލެވިއްޖެ.. އެންމެ ކުޑަމިނުން ބޯނެ ފެން ފޮދެއްވެސް ނެތް، މިތާ ބިމު އަޑިގައި މި ނިދަނީވެސް.. އަހަރުމެންނަށް ވަރަށް ތަދުވޭ.. ނިދާނެ ތަންމައްޗެއްވެސް ނެތް.. ބާލީހެއް ހޯދަން ބޭރަށް ނުކުތަސް އެމީހުން ހަމަލާ ދޭނެ.. ހެއްދެވިފަރާތުން އެމީހުންނަށް އަދަބު ދެއްވާނެ.. މިތަނުގަ ހުސް ކުޑަކުދިން މި ތިބެ ބަނޑަށް މަރުވަނީ.. އަހަރުމެންގެ ފަރާތުން ކޯއްޗެއް ބޭނުންވަނީ؟.. މީހުންނޭވެ؟ އަހަރުމެން މި އެދެނީ ހަމައެކަނި ހިމާޔަތަށް.. އެއްވެސް މުސްލިމުންގެ ބަޔަކު އަހަރުމެންނަށް އަޅައެއް ނުލާ.. ރަޝިޔާ އިން ކީއްވެ އަހަރުމެންނަށް ހަމަލާ ދޭންވީ؟.. " އެއް މިނެޓާއި ދިހަ ސިކުންތުގެ ވީޑިއޯ ގައި އެ ކުއްޖާ ބުންޏެވެ.

ސީރިޔާގައި ކުރަމުން ދާ ހަނގުރާމައިގައި އެތަށް ބަޔަކު މަރުވަމުން ދާއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ދިވެއސެއް

  އަޅެއެފަދަ ލޯބިލޯބި ކުދިން ގެނެވޭނެނަމަ ދަރިއެއްފަދައިން ލޯބިން ގެންގުޅެން މިހުރީ ތައްޔާރައް.. ކާންބޭނުން އެއްޗެއްދޭންމިހުރީ ތައްޔާރައް . މާތްﷲ އެތުއްތު ކުދިން އެނިކަމެތިކަމުން ރައްކައުތެރިކޮށްދެއްވާށި އަދިއެކުދިންނައް ކެތްތެރިކަން މިންވަރުކުރައްވާށި.އާމީން

  • ahmed

   loabi loabi kujjakah veema dho kaley ehee vaan thi ulheny

  • މުހަންމަދު ސަލީމް

   އާމީން

   1
   1
 2. Anonymous

  މިކަމެތި މުސްލިމުންގެ ދިފާއިގައި ޖިހާދު ކުރުން ފަރުޞު ޢައިނަކަށް އަދިވެސް ނުވާތީތޯ ސޭހުން ހަނުތިބެނީ؟

 3. ޖިނާ

  ދިވެހި ނޫހަކަށް މިކަހަލަ ތަންތަން ( ވީޑިއޯ ތައް ) ފެންނާތީ އުފާ ކުރަން - ޝުކުރިއްޔާ ވަގުތު ނޫސް -

 4. އަން

  ދީނީ އިލްމުވެރިން ވެރިކާތެޅެނީ. އަޅެ އެއްމެ ރަގަޅެއްނުން އެމެރިކާ އާއި އިންޑިޔާއިން ސީރިޔާގެ ކަންތައްތައް ހަމަޔަކަށް އެޅޭތޯ އުޅުނިޔާ ދިވެހިންނާނުބެހި

 5. ައަބުލޯ

  ކޮބައިތަ މީސްމީޑިއާކީ މީސްމީޑިއާހޯދަން އުޅެ އުޅެ ވަރުބަލިވެއްޖެ އެނގޭކުއްޖަކުހުރިއްޔާމް ބުނެދީބަލަ

  • Anonymous

   ވިކިޕީޑިޔާ ހޯދާ

  • ޭއެންމެ ދަންނަ

   މީސްމީޑިއާ އަކީ ސޯޝަލް މީޑިއާ ގެ ދިވެހި ނަން.

 6. Abdul Latheef

  ކާރަށްވެސް ދިވެހި ނަމެއްހަދައިގެން ކިޔަންމަށަށް ފެންނަނީ. މީސް މީޑިޔާ ވެސް ހެދިގޮތަށް. ހަހަހަހަހަހަހަހަ

 7. ޖަވާދު

  ސީރިޔާ ކުދިންނަށް ހެޔޮދުވާ ސަލާމް....