އިންޑިއާގެ މުމްބައި އަވަށުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި 26000 އަށް ގިނަ އަންހެނުން ގެއްލުނު ކަމަށާއި، އޭގެ ތެރެއިން ފެނިފައި ވަނީ 24444 އަންހެނުންކަމަށް މަހަރަޝްތްރާގެ ގަވާމެންޓް ޑާޓާތަކުން ހާމަވެއްޖެއެވެ.

އެ ޑާޓާތަކަށް ބަލާއިރު، މިދިޔަ ފަސް އަހަރު ތެރޭގައި ގެއްލިގެން ނުފެންނަ އަންހެނުންގެ އަދަދު 2264 އަކަށް އަރައެވެ.

މައުލޫމާތުތަކުން އެނގޭގޮތުގައި، 2013 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދު ގެއްލުނު އަންހެނުންގެ އަދަދު 26708 އަށް އަރާއިރު، އެ މީހުންގެ ތެރޭގައި 5056 ކުޑަކުދިން ހިމެނެއެވެ، އޭގެ ތެރެއިން 24444 އަންހެނުން ވަނީ ފެނިފައެވެ. އަދި ގެއްލިގެން ހޯދަމުންދާ 2264 ކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ގެއްލުނު ކުޑަކުދިންގެ ތެރެއިން 4758 ކުދިންވެސް ވަނީ ފެނިފައެވެ. އަދި ކުޑަކުދިން ގިނައިން ގެއްލެން ފެށީ 2015 ވަނަ އަހަރުން ފެށިގެންކަމަށް ވެއެވެ. އަދި މިހާރު އިންނަ ގަވާއިދުގެ ދަށުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ގެއްލިޖެނަމަ އެއީ ކިޑްނެޕް ކުރުމެވެ.

މީގެ އިތުުރުން ގެއްލިގެން ހޯދާ 18 އަހަރުން މަތީގެ މީހުންގެ އަދަދު އިތުުރުވެފައި ވަނީ 2013 ވަނަ އަަހަރުން ފެށިގެން ކަމަށާއި، އެ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް ގެއްލުނު ބޮޑެތި މީހުންގެ އަދަދު 21652 އަށް އަރާ ކަމަށް ބުނެފައިވެއެވެ. އަދި އޭގެ ތެރެއިން 19686 އަންެހެނުން ވަނީ ފެނިފައެވެ.

މިކަންކަން ހުއްޓުވަން ޖެހޭކަމަށް އިންޑިއާގެ އަވަށްތަކުގެ އިސް ފަރާތްތަކުން ބުނަމުން އަންނައިރު، މަގުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ވަނީ ލަފާ ދީފައެވެ.

އަދި ކުޑަކުދިންނަށް، އެ ކުދިންގެ ހަށިގަނޑުގައި އެހެން މީހުން އަތް ލާނަމަ އަތް ލެވެނީ ކޮންތާކުކަމާއި، އަތް ނުލެވޭނީ ކޮންތާކުން ކިޔާދޭންވާނެކަމަށް ވަނީ ބުނެފައެވެ. އަދި އެކަމަށް ހާއްސަ ޕްރޮގާމެއް ފެއްޓުމަށް ވަނީ ލަފާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ތިކަމާ ގެރިމޯދީއާ ސުވާލުކުރޭ!

  2. ޒާ

    ގެއްލިގެން އެމީހުންނަށް ވީގޮތެއް ނުބުނީ މޯދީގެ ސަރުކާރުން ރޭޕްކުރުމަށް ހިތްވަރުދޭތީތޯ؟