ދުނިޔެ ބޭނުންވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕާއި ރަޝިޔާގެ ރައީސް ޕޫޓިން އެކުގައި މަސައްކަތްކުރަން ކަމަށް ޓްރަންޕް ވިދާޅުވެއްޖެއެވެ.

މިއަދު ފިންލެންޑުގެ ހެލްސިންކީގައި ބޭއްވި ޓްރަމްޕު ޕޫޓިން ސަމިޓުގައި ވާހަކަދައްކަވަމުން ޓްރަމްޕު ވިދާޅުވީ އޭނާ އާ ޕޫޓިން އެކުގައި މަސައްކަތް ކުރުމަށް ދުނިޔެ ބޭނުންވާކަމަށެވެ. އެގޮތުން ދެގައުމުގެ ބައިލެޓެރަލް ރިލޭޝަންސް ވަރުގަދަ ކުރުމަށްޓަކައި ދެގައުމުގެ ވެރިން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޓްރަމްޕުއާ ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ މިއީ ދެގައުމުގެ ދެމެދުގައި ހީނަރުވެފައިވާ ބައިލެޓެރަލް ރިލޭޝަންސް ވަރުގަދަކުރުމަށް ވާހަކަދައްކަންވީ ވަގުތު ކަމަށެވެ. މި ބަސްފުޅާ މެދު އެއްބަސްވަމުން ޓްރަމްޕު ބުނެފައިވަނީ އެ ދެ ލީޑަރުން އެކުގައި މަަސައްކަތް ކުރަން ދުނިޔެ ބޭނުންވާކަމަށެވެ. އަދި ރަޝިޔާގައި ބޭއްވުނު ވޯލްޑު ކަޕަކީ ތާރީހުގައި އެންމެ މޮޅު ވޯލްޑު ކަޕު ކަމުގައި ބުނެ ޓްރަމްޕު ވަނީ ޕޫޓިން އަށް މަރުހަބާ ދަންނަވާފައެވެ.

މީގެއިތުރުން ވިޔަފާރި، އަސްކަރީ، މިސައިލްތަކާއި ނިއުކްލިޔާ ހަތިޔާރުތައް އަދި ދެ ލީޑަރުންގެ ވެސް މިތުރު ކަމަށްވާ ޗައިނާގެ ރައީސް ޝީ ޖިން ޕިންގް އާ ބެހޭގޮތުން ސަމިޓުގައި ވާހަކަދައްކަވާނެކަމަށް ޓްރަމްޕު ވަނީ ބުނެފައެވެ.

ރަޝިޔާ އާ އެކު ގުޅުން ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށާއި ގޯސް ކަމެއް ނޫން ކަމަށް ޓްރަމްޕުވަނީ ވިދާޅުވެފައެވެ. އަދި ޓްރަމްޕު އެމެރިކާގެ ވެރިކަމާ ހަވާލު ވިތާ މާ ގިނަ ދުވަހެއް ނުވި ނަމަވެސް ރަޝިޔާއާ ދެމެދު ތަފާތު ވަރުގަދަ ގުޅުމެއް އުފައްދާނެ ކަމަށް ޓްރަމްޕު ވަނީ ބުނެފައެވެ.

ޓްރަމްޕް އާއި ޕޫޓިން ކުރިޔައް ގެންދަމުންދާ މި މަޝްވަރާތައް ކުރިޔައްގެންދަވަމުންދަނީ ރަޝިޔާއިން އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ރަޝިޔާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ޓްރަމްޕުވަނީ އެ ތުހުމަތުތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ރަޝިޔާ އަކީ އެކުވެރިޔެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިކަމާ މެދު އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއާއި އެމެރިކާގެ އެތައް ރައްޔިތުންނެއް ނުރުހުން ފާޅުކުރިނަމަވެސް އެމީހުންގެ ގޮވުންތަކަށް ޓްރަމްޕުގެ ސަރުކާރުން އިޖާބައެއް ނުދިނެވެ.

އެމެރިކާއަށް ހެޔޮ އެދޭ އެކުވެރި ގައުމުތަކާ އޮތް ގުޅުން ބީރައްޓެހި ކުރަމުންދާ އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕު އަންނަނީ އެމެރިކާގެ ޒަމާނީ ހަތުރުންނާއި އެކު އެކުވެރިކަމާ ގާތް ގުޅުންތައް އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައިލްސް

    މި ހަބަރުގެ ޓައިޓްލް ހަމަޖެހޭބާ

  2. ނުރަބޯ

    ދުނިޔެ ބޭނުންވަނީ ކަލޭ ކަހަލަ ދެއުޅިއެއްނުވާ މީހުންގެ ކިބައިން ސަލާމަތްވާން.