އަވައްޓެރި ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރުން 42 އަހަރަށް ފަހު އަލަށް ފަށަން ތައްޔާރު ވެއްޖެއެވެ.

ލަންކާގެ ރައީސް ސިރިސޭނާ މިދިޔަ ހަފްތާގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް އުމުރުދުވަހަށް ޖަލަށްލުމުގެ ބަދަލުގައި އެމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް އަމުރުކޮށްފައެވެ. އެ އަމުރަށް ތަބާވުމަށް ލަންކާގެ ޖަލުތަކުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން ފެށުމަށް ރައީސް ސިރިސޭނާ އަމުރު ކުރެއްވުމާ ގުޅިގެން، އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވަނީ އެކަން ނުކުރުމަށް ވަގުތުން ގޮވާލާފައެވެ.

އަދި އީޔޫ އިން ވެސް ވަނީ، މަރުގެ ހުކުމް ތަންފީޒުކުރަން ނުފެށުމަށް، ލަންކާގެ ސަރުކާރަށް އިންޒާރު ކޮށްފައެވެ.

ރައީސް ސިރުސޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލަ ހުއްޓުވަން ސިފައިން ނެރެންވެސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

ލަންކާގައި މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ އެންމެ ފުރަތަމަ ވިދާޅުވީ 2015 ވަނަ އަހަރުއެވެ. ސިރިސޭނާ އެހެން ވިދާޅުވީ އެގައުމުގެ ކޮޓަޑެނިޔަވާގައި އުމުރުން ފަސް އަހަރުގެ ކުއްޖަކު ވަގަށް ނެގުމަށް އެ ކުއްޖާ ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން އެކުއްޖާގެ ގާތިލް ހޯދައި ހައްޔަރުކޮށް އޭނާ އަށް މަރުގެ އަދަބު ދިނުމަށް ގޮވާލައި ގިނަ ބަޔަކު 2015 ވަނަ އަހަރު އަޑު އުފުލާފައިވަނިކޮށެވެ.

މީގެ 42 އަހަރު ކުރިން ފެށިގެން ލަންކާގައި މަރުގެ ހުކުމް ތަންފީޒެއް ނުކުރެއެވެ. މީހުން މެރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވި ނަމަވެސް އެ ހުކުމް ޖަލުހުކުމަށް ގެންދަނީ ބަދަލު ކުރަމުންނެވެ.

ލަންކާގެ ޖަލުތަކުގައި މަރުގެ ހުކުމް އިއްވާފައިވާ 373 މީހުން އެބަތިބި ކަމަށާއި، އޭގެ ތެރެއިން 18 މީހުންނަކީ މަސްތުވާތަކެތީގެ ސީރިއަސް ކުށްތައް ހިންގާފައިވާ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރޮކް

    ކޮބާ އީޔޫއިން އަވަހަށް ލަންކާއަށް ފިޔަވަޅު އަޅަން އުޅެންވީދޯ މިހާރު.. ނުބެހޭކަމެއްވެސް ނޯވޭ މިވެރިންނަކަށް

  2. ބަފާ

    އީޔޫއިންލާހިކެއްނޫން ލަންކާއަށް ފިޔަވަޅުއަޅާކަށް! ލަންކާގެ އިދިކޮޅުފަރާތަކުންވެސް ގައުމު ހަލާކުކުރާކަށް ނެއެދޭނެ!

  3. ހުސޭނުބޭ

    އިންސާނިއްޔަތުކީ ހޭޔަންބޯ އައިސް މިފަހަރު ސިރިސޭނާ ތަޅާ ތިރިކޮށްލާނެ އެހެންވިއްޔާ!!!!!!

  4. ޖޭޑް ޢައްބާސް

    ބްރޯ މިރާއްޖޭގައިވެސް ތިކަން ކުރަން ތައްޔަރުކޮށް ވާގަނޑުވެސް ސައުދީއަރަބިއާ އިން ތައްޔާރުކޮއްގެން ގެނެއްސަ އޮތީ....! މިހާރުއޮތީ ވާގަނޑު އައްސަންވީ ތަނަކާއިމެދު ގޮތެއް ނިންމަން ފޮނުވާފަ.... ފައިގަތޯ؟ އަތުގަތޯ؟ ބޮޑުވައި އިނގިލީގަތޯ؟ އިސްތަށިގަނޑު ދިގުމީހުންގެ އިސްތަށިގަނޑުގަތޯ؟ އުނަގަނޑުގަތޯ އަދި ކަރުގަތޯ؟ ބޮޑު ބަހުސަކަށް ގޮއްސަ އޮތީ....!! އެއަށްފަހު އެކަން ހަމަޖެހިގެން ދާނެ

  5. ސ

    މިހާރު އީޔޫއިން ކީކޭބުނާނީ

  6. ކިޔާ

    އީޔޫއަށް މައްސަލައަކަށްވަނީ ކުއްވެރީންނަށް މަރުގެ އަދަބު ދިނީމަ.އެމެރިކާއިން ކުށެއްނެތް މުސްލިމު އެތައްގައުމެއްގެ އާންމު ރައްޔިތުން މަރާ ހުސްކުރަމުންދާއިރު އެވެސް އޯކޭ.އެހެންނުންވާނީ އެމަރަނީ ހުސް ޓެެރަރިސްޓުން ވިއްޔަ.