އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ގައްޒާ ހިފުމަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން އަސްކަރީ ތަމްރީނު އޮޕަރޭޝަނެއް ފަށައިފި ކަމަށް އީރާނުގެ ޕްރެސް ޓީވީން ބުނެފިއެވެ.

އީރާންގެ ޕްރެސް ޓީވީން ބުނެފައިވަނީ އިސްރާއީލުގެ އަސްކަރީޔާއިން އެގައުމިގެ ދެކުނުގައި އަސްކަރީ ހާއްސަ ތަމްރީނުތަކެއް ފަށާފައިވާ ކަމަށާއި މި އަސްކަރީ ތަމްރީނުތަށް ބިނާކޮއްފައިވަނީ އައްޒާ އައް އަރައި އައްޒާ ހިފުމަށް ކަމަށެވެ.

އެނޫހުން އިތުރަށް ބުނެފައިވަނީ މިދިޔަ އާދިއްތަ ދުވަހު ފެށި މި އަސްކަރީ ތަމްރީނުތަށް ހަފްތާއެއް ވަންދެން ކުރިއަށްދާނެ ކަމަށެވެ. އަދި މި ތަމްރީނުތަކުގައި ގިނަ އަދަދެއްގެ އަސްކަރީ އުޅަދާއި އަސްކަރީ މަތިންދާ ބޯޓުތަށް ދަނީ ބޭނުން ކުރަމުންނެވެ.

އީރާންގެ ޕްރެސް ޓީވީން މިހެންބުނެފައިވާއިރު އިސްރާއީލުގެ ނޫހަކުންވެސް ވަނީ އައްޒާ ހިފުމަށް އަސްކަރީ ތަމީރީނެއް އެގައުމުގެ ސިފައިން ކުރިއަށް ގެންދާކަން ކަށަވަރު ކޮއްދީފައެވެ.

އިސްރާއީލުން މި ތަމްރީނުތަށް ފަށާފައި މިވަނީ އިސްރާއީލުގެ އަޅުވެތިކަމާއި ދެކޮޅަށް ފަލަސްތީންގެ ރައްޔިތުން މިދިޔަ، މާޗް 30ފަލަސް ވަނަ ދުވަހުން ފެށިގެން މިހާރު ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އިސްރާއީލުގެ ސިފައިން ހަތިޔާރު ބޭނުންކުރުމުން ފަލަސްތީނުގެ 180 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެ އަދި 13,000އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވަނިކޮށެވެ.

އިސްރާއީލުގެ އަމަލުތައް ދިފާއުކޮށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ އިސްރާއީލުގެ އަމަލު ކުރަނީ އަމިއްލަ ދިފާއުގައި ކަމަށެވެ. އަދި ގާޒާގައި ވެރިކަން ކުރާ ހަމާސްގެ ބޭނުމަކީ އިޒްރޭލް ނައްތާލުން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަންނަ ކޮންމެ ފަހަރަކު ވެސް، އިސްވެ ފަލަސްތީނުގެ ބަޔަކަށް ހަމަލާދީ ނުވަތަ ގެދޮރު ހަލާކުކޮށް ފަލަސްތީނު ރައްޔިތުން ރުޅިއަރުވައިލަ އެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ ބަޔަކު އިޒްރޭލަށް ހަމަލާއެއް ދީފި ނަމަ، އިސްރާއީލުން ރައްދުގައި ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ ފަށަ އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖާހިލު މުނާފިޤު އަންނި

    ކެނެރީގޭ މުނާފިޤު ވަރަށް އުފާ ކުރާނެ ތިކަމާ

    • ސަޒާން

      ކީކޭބުނާނީ ހަސަދަވެރިވިއަސް ތިވަރު ފުކެއްބޮޑު .... މީދެން އޭނަޔާ ބެހޭކަމެއްތަ؟

  2. ޢަލިތަކުރު

    ކޮބާތަ އީޔޫ .. ކޮބާތަ ޔޫއެން.. އެހެންވެ މަޝައް އައްނި އާ އެއްކޮޅަށް ނޭރެނީ. ތިޔަ ކެރެފާ އާއިލާ ގެ ވަސްހުރިހާ ހިނދަކު މަށާ މަގޭ އާއިލާގެ ވޯޓް ސޮރީއޭ ބުނެވޭނީ..

  3. އައިސް

    މިކަންވެސް އެމްޑީޕީއާއަށް ހަމަ ރަނގަޅުވާނެ. އީޔޫގެ ކަނުލޯތަކަށް މިތަނެއް ނުފެންނާނެ . އެމީހުން ބޭނުންވަނީ ދިވެހިރާއްޖެވެސް މިކަހަލަތަނަކަށްހަދަން.

  4. ޙަސަނުބެ

    ޔާﷲ އެ ޔަހޫދީން ބަލިކުރައްވާ މުސްލިމުންނަށް ކާމިޔާބު ދެއްވާންދޭވެ!

  5. ނަތަންޔާހޫ

    އެކަންއެގިތިބެ ފަލަސްތީނުން ހަމަލާދެނީ ކީއްކުރަންބާ! އިޒްރާއިލާ ދެކޮޅުވެގެން ކުރިޔެއްނެތް!

    • ރިޒާ

      އެމެރިކާ އިން އިރާޤަށް އަރަިގަތީ އެމީހުންގެ ދިފާއުގަ ކަމަށްބުނެ، އަފްޣާނިސްތާނަށް އަރައިގަތީވެސް އެމީހުންގެ ދިފާއުގަ ކަމަށްބުނެ.
      ޔަހޫދީންވެސް މިހާތަނަށް މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ކޮންމެ ލޭއޮހޮރުވުމަކީ އެމީހުންގެ ދިފާއުގައި ކުރާކަމެއްކަން އެމީހުންގެ މީޑިޔާގައި އެދަނީ ޕްރޮމޯޓުކުރަމުން.

      އެގޮތުން ތިބާކަހަލަ "ޙައްޤު ދެލޮލަށް ނުފެންނަ، ކަންފަތަށް އަޑުނީވޭ، މަންމަނު" (ނަމުގައި) މުސްލިމުން ގިނަވުމުން އިސްލާމީ އުއްމަތް މިދަނީ ދުވަހެއް ދުވަހަކަށް ބިކަވަމުން.

      ﷲ ސުބުހާނަހޫ ވަތަޢާލާ ޙާލަތު ބަދަލުކުރައްވާނީ އެކަމަށް މަސައްކަތް ކުރުމުން.

      ފަލަސްތީނުގައިވާ އަޤްޞާ މިސްކިތަކީ މުސްލިމުންގެ ފުރަތަމަ ޤިބްލަ، އަދި އެބިމަކީ
      އަހަރުމެން މުސްލިމުންގެ ބިމެއް، އެއީ ތިބާގެވެސް ބިމެއް..
      އެތަން ހިމާޔަތްކުރުމަކީ ހަމައެކަނި ފަލްސްތީނު ރައްޔިތުންނަށް އޮތްކަމެއް ނޫން. އެއީ ހުރިހާ މުސްލިމުންގެ ކަމައެއް..ތިބާ އަށްވެސް އޮތްކަމެއް!
      އެކަމަކު މަރުވެ އެދަނީ ފަލަސްތީނުގެ ރައްޔިތުން، އަނެއްކޮޅުން ދުނިޔޭގެ ލައްޒަތާއި އަރާމަށް އަޅުގަނޑުމެން ކަހަލަ އަދި ތިބާކަހަލަ މީހުން މިތިބީ ޣަރަގުވެފައި.

      އެގޮތުން އެމީހުންގެ އެހިއްވަރަށް ތަޢުރީފުގެ ބަހެއްވެސް މިހާރު ބުނެވޭވަރެއް ނުވޭ! ކުރެވޭނީ މަލާމާތް!
      ދެން މިހެން ބުނާއިރަށް ބުނާނެ "ސައުދީގެ ރަސްގެފާނުގެ ބަނޑު ހަންގަނޑޭ" ބަލަގަ ސައުދީގައި އުޅުނު އަބޫޖަހުލުވެސް، އޭނަވެސް ދިޔައީ ނަރަކައަށް.
      އެހެންވީމަ އަހަރުމެން އެންމެހައި މުސްލިމުން، "ތިބާވެސް ހިމެނޭގޮތަށް" ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވާންޖެހޭނެ!
      އެތާގައި އެމަރަނީ އަހަރުމެންގެ މުސްލިމް މަންމައިންނާއި ބައްޕައިންނާއި ބޭބެއިންނާއި ދައްތައިންނާއި ކޮއްކޮއިން..
      މުސްލިމުންގެ ހަތިޔާރަކީ "ދުޢާ" އާއި "އެއްބައިވަންތަކަން" މިއީ ދުޝްމަނުންގެ އަތުގައި ހުރި ޒަމާނީ މޮޅު ހަތިޔާރުތަށް ފުނޑާލުމުގެ ޤަާބިލުކަން ހުރި ބަލިނުކުރެވޭނެ ހަތިޔާރެއްކަން ދަންނަންޖެހޭ!
      ތިބާ ރުހުނަސް ނުރުހުނަސް، މިކަމަށް ޖަދަލުކުރެވޭނެ ޖާގައެއް ނެތް، މުސްލިމުން ވަނީ ނަމޫނާ ދައްކާފަ!

      • ގަމާރުމޯލްޑިވިއަން

        ޔަމަނުގަ މަރަނީޔޯ.ހަނދާން ނެތުނީ އެއީ ސައުދީން ދޯ

    • ސަން

      ކަލޭމެންގެ ވިސްނުން ހުރިގޮތައް ބަލާއިރު އިސްލާމުން ނިކަމެތިވެފަ މިދުނިޔޭގަ މިހާރު މިވަނީ ޔަހޫދީ އަކަށް ބަދަލު ވާން ޖެހެނީ ދޯ ތިޔަވިސްނުމާއި ފިކުރު ފާޅުކުރުމުގެ އެއްވެސް ބޭނުމެއް ނެތް

  6. ޖިނާ

    ނުވާނެ ތި ކަމެއް އިންޝާﷲ !

  7. ދިވެހި މީހާ

    ކޮބާ އިންސާނީ ހައްގޭ ކިޔައިގެން ޕޮރަޕަގަންޑާ ފަތުރާ ޓެރަރިސްޓް ޖަމާއަތް (އީޔޫ)

  8. މަމީ

    ކޮބާ އިޔޫ ؟؟؟؟؟