އަވަށްޓެރި އިންޑިޔާ އިން ވަރުގަދަ މިސައިލް ޓެސްޓުތަކެއް ކޮށްފިއެވެ. އަސްކަރީ ބޭނުމަށްޓަކައި އުފައްދާ މި މިސައިލުތަކުގެ ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތުގައި، އެޤައުމުގެ އޮޑިޝާގެ ޗަންދިޕޫރުގައެވެ.

އިއްޔެ ކޮށްފައިވާ މި ޓެސްޓުތަކަށް ދީފައިވާ ނަމަކީ "ބްރާމޯސް" އެއިރޯސްޕޭސް އެވެ. މިއީ އިންޑިޔާގެ އަސްކަރީ އަދި ދިފާއޯީ ދިރާސާތައް ކުރާ އިދާރާއާއި ރަޝިޔާގެ އެންޕީއޯ މަޝިނޮސްޓްރޮޔެނިޔާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން، މިސައިލް ފަރުމާކޮށް، ތަރައްޤީކޮށް އަދި އުފައްދާފައިވަނީވެސް އިންޑިޔާގައެވެ.

އެޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި މިސައިލަކީ ޒަމާނީ އެތައް ސިފަތަކެއް އެކުލެވިގެންދާ އެއްޗެކެވެ. އެގޮތުން، މިއީ 290 ކިލޯމީޓަރު ދުރުމިނަށް ވާސިލުވުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެކަށްވާއިރު، މިއީ ފޮނުވާލާ ތަނެއް، އަވަހަށް ސުންނާފަތި ކޮށްލުމުގެ ގާބިލު ލިބިފައިވާ އެއްޗެއްވެސްމެއެވެ.

ހަމައެހެންމެ، މިއީ ދިގު ރާސްތާއަކަށް ވަރަށް އަވަހަށް ފޯރާނޭ އެއްޗެއްކަމަށްވެސް، ނޫސްތަކުން ބުނެފައިވެއެވެ.

މީގެއިތުރުން، މި މިސައިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ މިހާތަނަށް ދުނިޔޭގައި ތަރައްޤީކޮށް، ގާއިމްކޮށްފައިވާ އެއްވެސް ވެޕަން ސިސްޓަމަކަށް އިންޓަސެޕްޓް ކުރެވޭނޭ އެއްޗެއް ނޫނެވެ. އެހެންކަމުން، އެތައް ތަނަކަށް ފަސޭހަކަމާއެކު މީގެން ހަމަލާ ދެވޭނެކަމަށް، ކަމުގެ ތަޖުރިބާކާރުން ބުނެއެވެ.

މި މިސައިލާ ބެހޭގޮތުން ވާހަކަ ދައްކަމުން، ބްރާމޯސް އެއިރޯސްޕޭސްގެ ވެރިޔާ، ސުދީރު ކުމާރު މިޝްރާ ބުނެފައިވަނީ މީގެ އެންމެ ބޮޑު އެއް ބޭނުމަކަށްވާނީ އެންމެ އަދި އެންމެ ބޮޑު ފަސޭހައަކަށްވެގެންދާނީ، ފަރުބަދަމަތީގަޔާއި އެއަރކްރާފްޓް ކެރިއަރުތަކުގައި ތިބޭ ދުޝްމަނުންނަށާއި އެއްޗެއްސަށް ހަމަލާ ދިނުމެވެ.

މި މަހުގެ ތިންވަނަ ހަފްތާގައިވެސް، މި މިސައިލުގެ ޓެސްޓުތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަސްތާ

    ރާްޖޭގެ އިންތިހާބް އާ ދިމާކޮއް

  2. އަބްދުއްލާ

    ކޮންމެ ވޯޓް ފޮއްޓަކަށް މިސައލެއް ކޮންމެ މިސައިލެއްގެތެރޭ އެތައް ވޯޓްކަރުދާހެއް

  3. ނުރަބޯ

    އަހަރެމެންނަށް ﷲ ފުދޭ.

  4. ޒާ

    ދަބަރު ބޯޅަ