މުސްލިމުންގެ ގިބްލަ ކަމަށްވާ ކައުބަތުﷲ ގެފުޅު ގޮއްވާލަން ބޮމެއް ތައްޔާރު ކޮށްގެން އުޅުނު މީހަކު ހުއްޓުވުމުގެ ތެރޭގައި ޒަހަމްވެ، ލޮލުގެ ފެނުން ގެއްލުނު ސައުދީ އަރަބިއްޔާގެ ފުލުހަކަށް އެގައުމުގެ އެންމެ މަތީ ޝަރަފު އަރުވައިފިއެވެ.

ރަސްގެފާން ސަލްމާންގެ އަމުރަށް، އެންމެ މަތީ ޝަރަފު އަރުވާފައި ވަނީ ހުސާމް އަލް ހާބީ އަށެވެ. ހުސާމް އަކީ މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތުގެ ކައިރީގައި 2016 ބޮމެއް ގޮއްވާލި ހާދިސާގައި ޒަހަމްވި ފުލުހެކެވެ.

އެއަހަރުގެ ރަމަޟާން މަހުގެ ދުވަހެއްގައި ރޯދަ ވިއްލަން ހުސާމް އައި އިތުރު ފުލުހުންތަކެއް ތައްޔާރުވެގެން ތިއްބާ މީހަކު އައިސް އެމީހުންނާއި ސުވާލު ކުރީ މައްކާ ވަނީ ކޮން ދިމާލެއްގައިތޯ ބެލުމަށެވެ.

މަދީނާގައި ހުރި މީހަކަށް މައްކާ ނޭނގުމުން ހުސާމް އަށް ހައިރާންކަން ލިބުނެވެ. އޭނާގެ އަތުގައި ދަބަހެއް އޮތުމުންނާއި އޭނާގެ ހަރަކާތްތައް ހުރިގޮތުން ހުސާމް އޭނާ އާއި ސުވާލުކޮށް އޭނާ ހުއްޓުވިއެވެ.

ދަބަސް ހިފައިގެން ހުރި މީހާ އަށް އޭނާ ބޭޒާރުވެދާނެކަން އެނގުމުން އޭނާގެ ދަބަހުގައި އޮތް ބޮން ވަގުތުން ގޮއްވާލިއެވެ.

ފަހުން ތަޙްޤީޤަށް އެނގުނު ގޮތުގައި ބޮން ގޮއްވާލި މީހާ ރާވާފައި އޮތީ ކައުބަތުﷲ ގެފުޅު ކައިރީގައި ބޮން ގޮއްވާލާށެވެ.

އޭނާ ބޮން ގޮއްވާލުމުން ހަތް ފުލުހަކު ނިޔާވިއެވެ. ހުސާމް ވެސް އެހާދިސާގައި ވަރަށް ބޮޑަށް ފިހި އޭނާގެ ލޮލުގެ ފެނުން ވެސް ގެއްލުނެވެ. ސައުދީ އަރަބިއްޔާގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދިނުމަށް ފަހު ސައުދީ ސަރުކާރުގެ އެހީގައި އޭނާ އިތުރު ފަރުވާއަށް ސްޕޭނަށް ވެސް ގެންދިޔައެވެ.

ފަރުވާ ފުރިހަމަ ކުރުމަށް ފަހު ހުސާމް މިދިޔަ ހަފްތާގައި އެނބުރި ސައުދީ އަރަބިއްޔާ އަށް ދިއުމުން އޭނާ އާއި ވަނީ ގައުމުގެ އެންމެ މަތީ ޝަރަފު ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މީ

    الله اكبر
    استغفر الله
    ޔާﷲ ހުސާމް އަށް ހެޔޮ ރަހުމަތް ލައްވަވާށި އާމީން

  2. އަހަަރެން

    އަލްޙަމްދުލިﷲ.ހިތްވަރުގަދަ ފުލުހެއް...

  3. ނަަން

    ތިޔަކަންތަކަށް ވުރެން އަހަރުމެން މާ ބިރުގަނޭ ރާއްޖެއަށް އެހެން ދީނެއް އަތުވެދާނެތީ. ކުރީގައި ރާއްޖޭގައި އުޅުނު ދިވެހި ހާމުދުރުންތައް މަރާލީވެސް ކަނޑި ހިފައިގެން އެހެން ދީނެއްގެ ބަޔަކު.އަރާ

    • މޮޔަސޮރު

      ރާއްޖޭގައި އެހެން ދީނެއް ނުއުޅޭތަ. މިތަނަށް ޝައިތާވެސް ނައަންނާނެ. އެހާ ފާސިގުތަނެއް. ނަމުގައި ދީނޭ ކިއުނީމަ ނިމުނީ ، ޢަމަލުން ނުފެނުނަސް ހެޔޮ ދޯ

  4. ބާރީ

    ހުސާމްއަށް ހެޔޮ ރަހްމަތް ލައްވައި އޭނާއަށް ދަރުމަ އިތުރުކޮއްދެއްވާންދޭވެ! އާމީން.

  5. ވަނަން

    @ނަން ... ރާއްޖެއަށް އެހެން ދީނެއް ނާސްތަ މިއޮތީ.. އިސްލާމްދީން މަށަށް އޮޅިއްޖެ.

  6. ޙުސައިން މ. މުލި

    އަލްޙަމްދުލިﷲ.ހިތްވަރުގަދަ ފުލުހެއް...