އިންޑޮނޭޝިއާގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައީ ރާއްޖެ ގަޑިން މިރޭ ދަންވަރު ދޭއް ޖަހާކަން ހާއިރު ކަމަށެވެ. ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނި ގޮތުގައި ބިންހެލުން އައީ ރެކްޓަ މިންގަނޑުން 6.6 މެގްނިޓިޓިއުޓްގެ ބާރުމިނުގައެވެ.

 

ސުމަޓްރާގެ ދެކުނަށް މި ބިންހެލުން އައިއިރު، އައްޑޫ ސިޓީއާ އެ ސަރަހައްދާ ހުރި ދުރުމިނަކީ 2،858 ކިލޯމީޓަރެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށެވެ.

މި ބިންހެލުމާ ގުޅިގެން މިހާތަނަށް އައިއިރު ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވެއެވެ.

މިދިޔަ މަހު ސުމަޓްރާގެ ދެކުނަށް 6.2 މެގްނިޓިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގައި 11 މީހަކު މަރުވެ 400 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާއަކީ އެންމެ ގިނަ އިން ބިންހެލުންތައް އަންނަ އެއް ސަރަހައްދެވެ.