ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ތުރުކީގައި ވަނީ އެތައް ހާސް ބަޔަކު ވަޒީފާއިންވަކިކޮށް، އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައެވެ.

ކޮންމެ ތިން މަހަކުން އެއްމަހު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަމުން އައިސް ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައި މިވަނީ ރައީސްކަމުގެ އާ ދައުރުގެ ހުވާ ރަޖަބް ތައްޔިބު އުރުދުޣާން ކުރެއްވިތާ މާގިނަ ދުވަހެއް ނުވަނީހެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އުރުދޮގާން އާއި އިދިކޮޅު ކެންޑިޑޭޓުން އެންމެ ބޮޑަށް ވިދާޅުވަމުން އައި ވާހަކަ އަކީ ވެރިކަން ލިބިއްޖެ ނަމަ ފުރަތަމައިނުން ވެސް ކުރާނެ ކަމަކީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުން ކަމަށެވެ. އެހެންކަމުން އެގައުމުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގައި ސިޔާސީ މަންފާއެއް ނުވަތަ ސިޔާސީ ބޭނުމެއް އޭގައި އެކުލެވިގެންވާ ކަމުގައި ބެލެވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން 107،000 މީހުން ވަޒީފާ އިން ވަކިކޮށްފައިވާއިރު ބައިލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ޖަލަށް ލައިފަ އެވެ. ތުރުކީގެ ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ވަޒީފާ އިން ވަކި ކުރި ގިނަ މީހުންނަކީ އެމެރިކާގައި ދިރިއުޅޭ ތުރުކީގެ އިދިކޮޅު ބޭފުޅެއް ކަމަށްވާ ފަތުހުﷲ ގުލަން އަށް ތާއިދު ކުރާ މީހުން ކަމަށްވެ އެވެ.

ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން އުޅުނު ބައާވާތުގައި ވަނީ 250 ވުރެއް ގިނަ މީހުން މަރުވެ އެތަށް ބަޔަކު ޒަހަމްވެފައެވެ.