މިސްރުގެ އިސްކަންދަރިއްޔާގައި ހުރި އިމާރާތެއްގެ ތެރެއިން މިދިޔަ ހަފްތާގައި ފެނުނު ވަރަށް ވަރުގަދައަށް ހަދާފައިވާ ބޮޑު ސަންދޯއް އާކިއޮލޮޖިސްޓުން އިއްޔެ ހުޅުވައިފިއެވެ. ސަންދޯއް ހުލުވިއިރު ސަންދޯކުގައި ހުރީ އިންސާނުންތަކެއްގެ ކަށިތަކެކެވެ. އެކަށިތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އާކިއޮލޮޖިސްޓުން ބުނާ ގޮތުގައި މިއީ 2000 އަހަރު ވެފައިވާ ސަންދޯކެކެވެ. ސަންދޯކުގައި ހުރި ކަށިތަކަށް އަދި އެއަށްވުރެ މާގިނަ އަހަރު ވެދާނެ ކަމަށް ލަފާކުރެވެއެވެ.

ބައެއް މީހުން ލަފާކުރާގޮތުގައި މިއީ ގްރީސްގައި 323 ބީސީގައި ވެރިކަން ކުރި އެލެގްޒަންޑާގެ މިނިކަށިތަކަށް ވުން އެކަށީގެންވެއެވެ. ނަމަވެސް މިސްރުގެ ތާރީޚާއި ބެހޭ މާހިރުން އެވާހަކަތައް ދޮގު ކުރެއެވެ. ސަންދޯކުގައި ވަނީ ކޮންބައެއްގެ ކަށިތަކެއްކަން އެނގޭނީ އިތުރު ދިރާސާތަކެއް ކޮށްގެންނެވެ.

ސަންދޯކުން ވަނީ ތިން މީހެއްގެ ކަށިތައް ފެނިފައެވެ. ބެލެވޭ ގޮތުގައި އެއީ އެއް އާއިލާއެއްގެ ތިން މީހުންގެ ކަށިތަކެވެ. އެމީހުން މަރުވެފައި ވަނީ ދުންޏެއް ޖެހުމުން ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް ވެސް މިހާތަނަށް ލިބުނު ހެއްކަށް ބަލާއިރު ލަފާކުރެވެއެވެ.

މިސްރަކީ އެންމެ ގަދީމީ ތާރީޚެއް އޮތް އެއްގައުމެވެ. 2011 ވަނަ އަހަރު ހުސްނީ މުބާރަކުގެ ވެރިކަން ވެއްޓުނު ފަހުން މިސްރަށް ދިމާވެފައިވާ އިޤުތިޞާދީ މައްސަލަތައް ހައްލު ކުރުމަށް އެގައުމުން ގެންދަނީ ފަތުރުވެރިކަން ކުރިއަރުވަން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ.

މިމަސައްކަތުގެ ދަށުން ތާރީޚީ ތަކެތި ހޯދުމަށް މިސްރުން ހާއްސަ މަސައްކަތްތަކެއް ކުރެއެވެ. މިއަހަރު ވެސް މިސްރުން ވަނީ ތާރީޚީ ގިނަ ތަކެތި ވަޅުލެވިފައިވާ ހުއްޓާ ހޯދާފައެވެ. 4400 އަހަރު ވެފައިވާ ބައެއް ތަކެތި ވެސް މިއަހަރު މިސްރުން ހޯދާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކެެރެޓް

    ތިވާނީ މައުމޫނު މިސްރުގައި ކިޔަވަން އުޅުއްވިއިރު ހިންގާފައިވާ ޖަރީމައެއް ކަމަށް

    • ކެރެޓް މޮމް

      އެވެސް ޕާޓީ ސިސްޓަމް އަށް އެވީ.. ކީކޭ ދޯ ބުނާނީ

    • ހުސޭނުބޭ

      ވީމާ މައުމޫނަކީ މީގެ 2000 އަހަރު ކުރިން މިޞްރުގައި ކިޔަވަން އުޅުނު މީހެއްތާ! އަނެއްކާ އޭލިއަނެއްނޫންބާ!

    • ޖޮއްބެ

      ހަހަހަ ތިޔަވާނީ ތެދަކަށް?.

  2. މަރިޔާ

    ތިވާނީ އޭރުވެސް އަނިމެން ތަންތަނުގައި ހުޅުޖެހި އިރު މަރާލި ބަޔަކަށް.