ނިއު ކެލެޑޯނިއާގެ އިރުމަތިން 7.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާއި ގުޅިގެން، ޕެސިފިކްގެ ބައެއް ރަށްތަކަށް ސުނާމީގެ އިންޒާރު ދީފިއެވެ. ނަމަވެސް ފަހުން އޮފިޝަލުން ވަނީ ސުނާމީގެ ބިރެއް ނެތް ކަމަށް ބުނެފައެވެ.

ޔޫއެސްޖީއެސް އިން ބުނީ މި ބިންހެލުން އައިސްފައިވަނީ ނިއު ކެލެޑޯނިއާގެ ޓަޑީންގެ އިރުދެކުނުން 10 ކިލޯމީޓަރު (6.2 މޭލު) އާއި 279 ކިލޯމީޓަރު (173 މޭލު) އަޑިން ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން އެމެރިކާގެ ނެޝަނަލް ވެދަރ ސަރވިސްއިން ދިން އިންޒާރުގައި ވަނީ ވަނުއާޓޫ، ފިޖީ އަދި ނިއު ކެލެޑޯނިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް، ދިޔަވަރު ބޮޑުވާ ގަޑީގައި 0.3 މީޓަރަށްވުރެ ކުޑަ ރާޅުތައް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެެވެ.

އެ އިންޒާރުގެ ވަގުތުތައް ނިމުމު ފަހުން، އޭއެފްޕީގެ ނޫސްވެރިޔަކު ބުނީ ބިންހެލުމުގެ ސަބަބުން ނިއު ކެލެޑޯނިއާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

"އެ ބިންހެލުން އައި ސަރަހައްދާއި، ފުންމިނާއި ބޮޑުމިނަށް ބަލާއިރު، ނިއު ކެލެޑޯނިއާއަށް ސުނާމީއެއް އަރާފާނެ ކަމުގެ ބިރެއް ނެތް،" ރައްޔިތުން ސަމާލުވެ ތިބުމަށް ގޮވާލަމުންދާ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު