ޖަރުމަންވިލާތުގެ ލުއިބެކްގައި ވަޅިއަކުން ހަމަލާދީ އަށް މީހުން ޒަހަމްކޮށްލައިފި ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ލުއިބެކް އަކީ ޖަރުމަންވިލާތުގެ އުތުރުގައި އޮންނަ ސިޓީއެކެވެ. ހަމަލާދިނީ މީހުން އަރައި ފުރިފައި އޮތް ބަހެއްގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަރުމަންވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާދިން މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާން "އެސޯސިއޭޓެޑް ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ ހަމަލާދިން މީހާ އެހަމަލާދިނީ ކޮން މަޤުޞަދެއްގައިތޯ ބެލުމަށް ފުލުހުން އޭނާ އާއި ސުވާލު ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން ބުނީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ބުނަން ނޭނގޭ ކަމަށެވެ.

ޖަރުމަންވިލާތުގެ ނޫހެއް ކަމަށްވާ "ޑީޕީއޭ" އިން ބުނީ ވަޅިން ހަމަލާ ދިނުމުން ޒަހަމްވި އަށް މީހުންގެ ތެރެއިން ތިން މީހަކަށް ލިބިފައި ވަނީ މެދު މިންވަރެއްގެ އަނިޔާތަކެއް ކަމަށާއި އަނެއް ފަސް މީހުންނަށް ލިބިފައި ވަނީ ކުދިކުދި އަނިޔާތަކެއް ކަމަށެވެ.

ފަހަކަށް އައިސް ޖަރުމަންވިލާތުގައި ދެމުންގެންދާ ޓެރަރިސްޓް ހަމަލާތައް ވަނީ އިތުރުވެފައެވެ. 2016 ވަނަ އަހަރު ޑިސެމްބަރ މަހު ވެހިކަލަކުން ޖައްސައި ވެސް އެގައުމުގައި 12 މީހުން މަރާލިއެވެ. މިއަހަރު އޭޕްރިލް މަހު ފުލުހުން ވަނީ ވަޅިން ބަޔަކަށް ހަމަލާ ދޭން ރާވަމުން ދިޔަ ބަޔަކު ވެސް ހައްޔަރުކޮށްފައެވެ. އެމީހުން ރާވާފައި އޮތީ ބާލިންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް މެރަތަންއެއްގެ ތެރެއިން މީހުންގެ ގަޔަށް ވަޅި ޖަހާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޮނަދޫ އަހުމަދު

    ކޮބާ އޮންނާނީ ހައްގު އަރިހަށް އީ. ޔޫއިން ޖަރުމަނާ ދެކޮޅަށް ފިޔަވަޅު އަޅުކަން ގޮވާލަން

  2. މީ

    ޔާﷲ