އެމެރިކާގެ ރައީސް ޖޯ ބައިޑެން އަކީ "ބަލިކަށި މުސްކުޅިއެއް"ގެ ގޮތުގައި އުތުރު ކޮރެއާއިން ސިފަކޮށްފިއެވެ.

އުތުރު ކޮރެއާއިން ބައިޑެން އަށް ފާޑުކިޔާފައިވަނީ، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް "ހަނގުރާމައިގެ ކުށްވެރިއެއް" ގެ ނަމުން މުހާތަބު ކުރެއްވުމުންނެވެ.

އަދި ޔޫކްރެއިންގެ ބުޗާގައި އާންމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގި މައްސަލާގައި ޕުޓިންއާ ދެކޮޅަށް ޝަރީއަތް ހިންގުމަށް ބައިޑެން ގޮވާލެއްވުމާ ގުޅިގެންނެވެ.

އިއްޔެ ރަސްމީ ކޭސީއެންއޭ ނިއުސް އެޖެންސީން ގެނެސްދިން ކޮމެންޓްރީއެއްގައި ބުނެފައި ވަނީ، ""އެންމެ ފަހުގެ ހަބަރަކީ އެއްވެސް ހެއްކެއް ނެތި އެމެރިކާގެ ރައީސް ބައިޑެން ރަޝިއާގެ ރައީސްގެ އަބުރަށް އަރައިގަތް ވާހަކައެއް،" ކަމަށެވެ.

މި ކޮމެންޓްރީ އަކީ ނުސީދާގޮތުން ބައިޑެން އަށް ފާޑުކިޔައި ގެނެސްދީފައިވާ ކޮމެންޓްރީ އެކެވެ.

އޭގައި ބުނެފައިވަނީ އެމެރިކާގައި ވެރިއަކަށް ހުރި މީހާ އަކީ "ތަކުރާރުކޮށް ދޫފުރުޅިގެން ނުބައި ވާހަކަތައް ދެކެވޭ" ކަމަށް މަޝްހޫރުވެފައިވާ ރައީސެއް ކަމަށެވެ.

"ދޫފުރުޅިގެން ނުބައި އެއްޗެހި ކިޔޭ ސަބަބެއް ކަމަށް ބެލެވެނީ ވިސްނުމުގެ ބާރު ދަށްވެފައިވާ ބަލިކަށި މުސްކުޅިއަކަށް ވުން. އެފަދަ ބަލިކަށި މީހަކު ބާރުގަދަ މަގާމެއްގައި ހުންނަވާ ނަމަ، އެމެރިކާގެ ކުރިމަގު ވަރަށް އަނދިރި ކަމަށް ލަފާކުރެވޭ،" ކޮމެންޓްރީގައި ބުނެފައިވެއެވެ.

ނަމަވެސް އެ ކޮމެންޓްރީގައި އެމެރިކާގެ ވެރިއެކޭ ކިޔައި ބުނެފައިވަނީ ކާކުގެ ވާހަކަ ކަމެއް ބުނެފައެއް ނުވެއެވެ. އެކަމަކު، އެ އިޝާރާތް ކުރަނީ އެމެރިކާގެ ރައީސަށް ކަމަށް ބެލެވެއެވެ.

މީގެ ކުރިން ކޭސީއެންއޭއިން ވަނީ ބައިޑެން އަކީ "ވަގު ކުއްތާއެއް" ކަމަށާއި އެފަދަ ޖަނަވާރެއްގެ ގައިގައި "ދަނޑިއަކުން ތަޅައި މަރާލަން ޖެހޭނެ" ކަމަށް ވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރުގެ ތުންފަތް

    ސަލާމަތެއްނެތް ދެންއޮތް ދައުރުގައި ތި ޓްރަމްޕު ފެންނާނެ ކަމަށް ތަޖުރިބާކާރުންބުނޭ..އެހެންވެއްޖި
    ހިނދެއްގައި ނިއުކްލިއަރ ޑީލްއެއްނުވާނެ އީރާނާ
    ހަނގުރާމައަކަށްދާނެހެން ވަރަށް އެބަހީވޭ..ކޮރެއާ
    މައްޗަށް އަޅާފައިވާ ފިޔަވަޅުތައްވެސް ނުއުވާނެ ތި ޓްރަމްޕު...

    10
    1
  2. ފާއިޒާ

    އެމެރިކާގެވެރިއަކާދެކޮޅަށް ތިކުރެވުނީވެސް ހަނގުރާމައެއްފަދައަމަކެއް.. ތިފަދަބަހެއްބުނިކަމަށްޓަކާވެސް ޝުކުރިއްޔާ

    21
  3. Anonymous

    ކޮންމެ މީހަކީވެސް ދުނިޔޭގަ ހުރެއްޖެއްޔާ ގައިބާރުދެރަވެ މުސްކުޅި ވާނެ މީހެއް.

    8
    1