އިސްރާއިލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ޣައްޒާއަށް ހަމަޖެހުން ގެންނަންކަމަށް ބުނެ، އިސްރާއިލުގެ ފަރާތްތަކާއި ޣައްޒާ ކޮންޓްރޯލު ކުރާ ހަމާސް ޖަމާއަތުގެ ފަރާތްތަކާ ދެމެދު އެއްބަސްވުމެއް ގާއިމްކޮށްފިއެވެ. މި އެއްބަސްވުން އެކުލަވާލައި، އެއްބަސްވުމަކަށް އައިސްފައިވަނީ މިޞްރާއި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) ގެ އެހީތެރިކަމާ އެކުގައެވެ.

ޣައްޒާގައި ހަމަޖެހުން ގެނައުމަށް ދެ ފަރާތުން އެއްބަސްވެފައިވަނީ މިދިޔަ ހުކުރު ދުވަހު، އިސްރާއިލުން ދިން ހަމަލާތަކުގައި، އާއްމުންގެ ހަތަރު މީހުން ޝަހީދުވެފައިވާ ދަނޑިވަޅެއްގައެވެ.

އެއްބަސްވުމަށް ޢަމަލު ކުރަން ފަށާފައިވާކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ހަމާސް ޖަމާއަތުގެ ފަރާތުންނެވެ. އެޖަމާއަތުގެ ތަރުޖަމާނު، ފައުޒީ ބަރުހޫމް، އިއްޔެ ހެނދުނު ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ މެންދަމުގެ ވަގުތުން ފެށިގެން، އެއްބަސްވުމަށް ޢަމަލު ކުރަން ފަށާފައިވާކަމުގައެވެ. އަދި އެއްބަސްވުމުގެ ދަށުން، އާއްމުން އާއްމު ޙާލަތަށް ރުޖޫއަވެވޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޔަހޫދީ ދައުލަތުންވެސް އިއްޔެ މިކަން ހާމަކޮށްފައިވެއެވެ. ދައުލަތުގެ ފަރާތުންނާއި އަނިޔާވެރި އަސްކަރިއްޔާގެ ފަރާތުން، ވަކި ވަކިން ބަޔާން ނެރުމަށްފަހު މިކަން ހާމަކޮށްފައިވާއިރު ޣައްޒާގައި ދިރިއުޅޭ ފަރާތްތަކަށް، އާއްމު ޙާލަތުގައި އުޅެވޭނެކަމަށް އެފަރާތުން ބުނެފައިވާކަމަށް، އެޤައުމުގެ ނޫހަކުން އިއްޔެ ބުނެފައިވެއެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި، މިދިޔަ ހުކުރު ދުވަހުވެސް އިސްރާއިލުން ވަނީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ އަމާޒުކޮށް، ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައެވެ. އެގޮތުން، އާއްމުންނާ ދިމާއަށް ބަޑި ޖަހާފައިވާއިރު، ގިނަ އަދަދެއްގެ ކަރުނަ ގޭސްވެސް ޖަހާފައިވެއެވެ.

ހަމައެހެންމެ، ޣައްޒާގައި ހަރަކާތްތެރިވަމުންދާ ހަމާސްގެ ހަ އަމާޒަކަށްވެސް އެދުވަހު އިސްރާއިލުން ހަމަލާ ދީފައިވާކަމަށް އެޖަމާއަތުން ބުނެފައިވެއެވެ. އަދި، އެދުވަހު ދިން ހަމަލާތަކުގައި ޖުމުލަ 120 މީހުން ޒަޚަމްވިކަމަށް ފަލަސްތީނުގެ ޞިއްޙީ އިދާރާތަކާ ހަވާލާދީ ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެފައިވެއެވެ.

ޣައްޒާގެ ޙާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި، ޣައްޒާ އާއި އިސްރާއިލުގެ މެދުގައި ހަމަޖެހުން ޤާއިމްކުރަން ކަމަށް ބުނެ އެއްބަސްވުންތައް އެކުލަވާލިކަމުގައިވިޔަސް، ޙާލަތު ރަނގަޅުވާނެކަމަށް ނުބެލެވެއެވެ. އެސަރަޙައްދުގައި ހަރަކާތްތައް މަދުވިކަމަށްވިޔަސް، ހަޤީޤީ ހަމަޖެހުން ނާންނާނެކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. އެއީ، އަދިވެސް ޣައްޒާ ރައްޔިތުންގެ އަސްލު މައްސަލަ ހައްލުވެފައި ނުވާތީކަމަށް، ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން އެފަރާތްތަކުން އިތުރަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ޔަހޫދީންނާއިއެކު އެއްބަސް ވާކަށް ނުޖެހޭ. ހަމަ ނައްތާލަން ވިބައިގަޑެއް ތި ޔަހޫދީންނަކީ…………….

  2. ބަލަ

    ގައްޒާގައި ވެސް މިތިބެނީ ބަތާ ހަރާމީންތަ؟ އަހަރެމެން ދިން ބޮކިފަތި އަވަހަށް އަނބުރާ އަތުލަން ހިނގާ.

  3. محمد

    ولن ترضى عنك اليهود ولن نصاري حتي تتبع ملتهم

  4. ނުރަބޯ

    ޔަހޫދީންނަކީ އެމީހުންގެ ވަސް ދުނިޔޭން ފޮހެލަންވާ ބައެއް. އެހެން ނޫނީ