މިއަދު ހުކުރު ނަމާދު ވަގުތު އަފްޣާނިސްތާންގެ މިސްކިތެއްގައި ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން 33 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ. މިހަމަލާގައި ޒަހަމްވި މީހުންގެ އަދަދު ވަރަށް ގިނަ ކަމަށާއި އަދި ބައެއް މީހުންގެ ހާލު ވަރަށް ދެރަކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން މިހަމަލާގެ ސަބަބުން ނިޔާވާ މީހުންގެ އަދަދު އަދިވެސް އިތުރުވުން ގާތެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޮމުގެ ހަމަލާ ދީފައި ވަނީ އަފްޣާނިސްތާންގެ އުތުރުގެ އަވަށެއް ކަމަށްވާ އިމާމް ޝަހެބް އަވަށުގައެވެ. ހަމަލާ ދިނީ ސުންނީ މުސްލިމުންގެ މިސްކިތަކަށް އަމާޒުކޮށެވެ. މިއީ ފާއިތުވި ދެދުވަސް ތެރޭގައި އަފްޣާނިސްތާންގައި ދިން ވަރުގަދަ ބޮމުގެ ދެވަނަ ހަމަލާއެވެ.

އަފްޣާނިސްތާންގައި ވެރިކަން ކުރަމުން އަންނަ ޠާލިބާނުން ތުހުމަތު ކުރާ ގޮތުގައި މިއަދު ހުކުރު ވަގުތު މިސްކިތެއްގައި ބޮމުގެ ހަމަލާއެއް ދީފައި ވަނީ ވެސް އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނެވެ. ނަމަވެސް މިއަދު ދިން ހަމަލާގެ ޒިންމާ އަދި މިހާތަނަށް އައިއެސް ޖަމާއަތުން އުފުލާފައެއް ނުވެއެވެ.

މިއަދު ވެސް ބޮމުގެ ހަމަލާ ދީފައި ވަނީ ދަބަހަކަށް ލާފައިވާ ބޮން މިސްކިތުގެ އެތެރޭގައި ބޭއްވުމަށް ފަހު ނަމާދު ވަގުތުގައި އެބޮން ގޮއްވާލައިގެންނެވެ. މީގެ ކުރިން ވެސް އައިއެސް ޖަމާއަތުން ވަނީ އެގޮތައް މިސްކިތްތަކުގައި ބޮން ގޮއްވާފައެވެ.

ޠާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު މިއަދު ވިދާޅުވީ އަފްޣާނިސްތާންގެ މިސްކިތަކަށް ދިން ހަމަލާ ކުށްވެރި ކުރާ ކަމާއި ހެޔޮ ދުއާ ވަނީ ހަމަލާގައި އަނިޔާ ލިބުނު މީހުންނާއި އެކުގައި ކަމަށެވެ.

މިދިޔަ އަހަރު ވެރިކަމަށް އައިސް ޠާލިބާނުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައިއެސްގެ ހަނގުރާމަވެރިންނެވެ. އައިއެސް ޖަމާއަތުން ވަނީ ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަމަށް އައިފަހުން ގިނަ ހަމަލާތަކެއް އަފްޣާނިސްތާންގައި ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބެރީ

    މިނުވާނެ ޓެރަރިސްޓު ހަމަލާއަކަށް. ދުނިޔެ ކަންބޮޑެއްވެސްނުވާނެ. ހުޅަނގުގެ ތަނަކަށް ހަމަލާދީފިއްޔާ ވަރަށް ފޯރި ހުންނާނެ.

    • ޢަހުމަދުވަގާރު

      މީކޮންބަޔަކު ކުރާ ކަމެއް ބާ.ސުންނީ ހާބީ މުސްލުން

      2
      1
  2. ބީރުބޮލު ވަޒީރު

    އައި އެސް އަކީ ސުންނީންގެ ތެރޭގައިވެސް ޝީޢީންގެ ތެރެއިންވެސް ނުހިމެނޭ ބައެއްތާއެވެ؟ ބޮން ގޮއްވަނީ މިސްކިތުގަ . އެއީ ކޮންވައްތަރު މުސްލިމު.

    1
    1
  3. ޜަޟީ

    ޕީސްފުލް މުސްލިމްސް