ޣައްޒާ އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

ޣައްޒާ އިން ވަނީ އިސްރާއީލަށް ދެ ރޮކެޓް ހަމަލާ ފޮނުވާފައެވެ.

އިސްރާއީލުން ބުނީ މި ހަމަލާތަކުގައި އެއްވެސް ތަނަކަށްވެސް އަދި މީހަކަށްވެސް ގެއްލުމެއް ނުވާ ކަމަށެވެ.

އެ ހަމަލާތައް އަމާޒުވެފައި ވަނީ ހުސް ބިމަކަށް ކަަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި ޣައްޒާއިން އިސްރާއީލަށް ދިން ހަތަރު ވަނަ ރޮކެޓް ހަމަލާއެވެ.

ޣައްޒާ އިން އިސްރާއީލަށް ހަމަލާތައް ދެމުން މި ދަނީ އިސްރާއީލްގެ ނިރުބަވެރި ސިފައިން އަލްއަގްސާ މިސްކިރަށް ވަދެ ފަލަސްތީންގެ ރައްޔިތުންނަށް ހަމަލާ ދެމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުޅަދާނަ

    ސާބަސް މުޖާހިދުންނަށް..ރޮކެޓް ހަމަލާއެރީ ހުސްބިމަކަށްވިޔަސް ވަރަށް ކާމިޔާބު ސަބަބަކީ
    ވަރުގަދަ އަޔަންޑޯމް އެއަރ ޑިފެންސް ސިސްޓަމް
    ފޫއަޅުވައިފިތާ

    30
    1
  2. މުޙައްމަދު

    ސާބަހޭ މުޖާހިދީން. ބޮޑުވަޒީރު ގަނޑުވަރަށް ޓާގެޓް ކުރޭ. ވާނެ އިންޝާﷲ

    14
  3. އަޙްމަދު

    ވަރަށް ރަނގަޅު! އެންމެ ތަންފުކެއް ދޫނުދޭތި!!

    13
  4. ؟؟؟

    ވަރަށް ރަނގަޅު އެންމެ ފަހު ނޭވާ އާ ހަމައަށް ވެސް ފަލަސްތީނުގެ ދިފާއުގައި މަސައްކަތް ކުރާތި