ކޮވިޑް-19 އިން ދިފާއު ވުމަށް ހަތަރު ޑޯޒް ވެކްސިން ޖަހާފައި ވަނިކޮށް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ވައިޓްހައުސްގެ ތަރުޖަމާން ކްރީން އެލެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނައިބު ރައީސް ކަމަލާ ކޮވިޑުން ދިފާއު ވުމަށް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް އަދި ބޫސްޓަރ ދެޑޯޒް ވެސް ޖަހާފައި ވަނިކޮށް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އެލެންގެ ބަޔާނުގައި ވިދާޅުވީ ނައިބު ރައީސް ކަމަލާ ވަނީ ރެޕިޑް ޓެސްޓާއި ޕީސީއާރް ޓެސްޓުން ވެސް ކޮވިޑް-19 އަށް ފައްސިވެފައި ކަމަށެވެ.

ނައިބު ރައީސް ކަމެއްލާ ކޮވިޑް-19 އަށް ފައްސިވި ނަމަވެސް މީން ދުވަހަކު އޭނާ އަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ބައްދަލުވެފައި ނެތް ކަމަށް އެލެންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. "ނައިބު ރައީސްގެ ދަތުރުތައް ހުރި ގޮތުން ފާއިތުވި ދުވަސްތަކުގައި ރައީސް ބައިޑެން އާއި ވެސް އަދި ރައީސްގެ އަނބިކަނބަލުންނާއި ވެސް ނައިބު ރައީސް އާއި ބައްދަލުވެފައެއް ނުވޭ." އެލެންގެ ބަޔާނުގައި ވެއެވެ.

އެމެރިކާގެ ނައިބު ރައީސް ހަތަރު ޑޯޒް ވެސް ފުރިހަމަ ކޮށްފައި ވަނީ މޮޑާނާ ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިނުންނެވެ. އެކަމަނާ ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖެހީ މިމަހުގެ ކުރީކޮޅުއެވެ. ކޮވިޑް-19 އަށް ފައްސިވި ނަމަވެސް ކަމަލާގެ ކިބައިން ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވައިޓްހައުސް އިން ބުނެއެވެ.

ކަމަލާގެ ފިރިކަލުން އެމްހޮފް ވަނީ މިދިޔަ މާޗް ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކަމަލާ ހަފްތާއެއްހާ ދުވަހު ކެލިފޯނިއާގައި އުޅުއްވުމަށް ފަހު ވޮޝިންޓަނަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެންމެ ފަހުން އޭނާ ބައިޑެން އާއިއެކު އާއްމު އިވެންޓެއްގައި ބައިވެރިވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޮސް

    ޢަލްޙަމްދުލިއްލާހި. ތީ މުސްލިމުއުއްމަތަށްހުރި ނުރައްކަލެއް. ކަނޑައެޅިގެން މުސްލިމުންނާއި ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ގޮލައެއް.

  2. ތުއްތުނާ

    އެނގޭކަމަކީ ތިޔަޖަހާވެކްސިނާ ތިޔަރޯގާއާއިގުޅުމެއްނުވާކަން.. ޕެނެޑޯލްވަރެއްނެތް!!

  3. ބުރުގާ

    މި ދައިތައަކީވެސް ރާއްޖޭގަ އުޅޭ ޓިކްޓޮކް މޮޔަ ނަދީ ކަހަލަ މޮޔައެއް.

    • ގައިދުރު

      ހައްހައްހާ،ކަލޭ ތީ ދެން ކާކުބާ.ކީބޯރޑެއް އޮތްހާކަން

  4. އަލީ

    ތިޔަ ޑޯޒްތަކެއް ޖަހައިގެން ގަޑީގެ ކަށިވެސް ބާރު ދެރަވެއްޖެހެން ހީވޭ މިހާރު އެބަ!!

  5. މުބީނު މާރނީ

    އިނދެގެން އުޅެނީ ޔަހޫދީ އަކާ.

    • ޢަހުމަދު

      ކާކާ އިންނަން ވީ.މުސްލިމަކާތަ