ސީރިއާގެ އިރު އުތުރުގެ ޑެއިރް އާޒް ޒޫރު ޕްރޮވިންސްގައި ރޯދަ ވީއްލުމަށް ބަޔަކު އެއްވެ ތިއްބާ އައިއެސްގެ ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާއެއްގެ ސަބަބުން ހަތް މަރުވެ، އިތުރު ހަތަރު މީހަކު ޒަހަމްވެއްޖެއެވެ.

އެމެރިކާއިން ވާގިވެރިވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސްގެ ކުރީގެ ތަރުޖަމާނު ނޫރީ ހެމިޝް ވަނީ ރޯދަ ވީއްލުމުގެ ހަފްލާއެއް އަބޫ ޚަޝަބް ނަމަކަށް ކިޔާ ސިޓީގައި ހުންނަ އޭނާގެ ގޭގައި ބާއްވަވާފައެވެ.

މަރުވި މީހުންގެ ތެރޭގައި އޭނާ ވެސް ހިމެނޭ ކަމަށް ސީރިއާގެ މީޑިއާ ގްރޫޕެއް ކަމަށްވާ ޔޫފްރޭޓްސް ޕޯސްޓުން ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ، ހަތިޔާރު އެޅި ބަޔަކު ސައިކަލުތަކުގައި އައިސް ކަމަށެވެ. އަދި ހަމަލާ ދިނުމަށް ފަހު އެމީހުން ފިލައިގެން ގޮސްފައިވާ ކަމަށްއ ރިޕޯޓު ކޮށްފައިވެއެވެ.

އައިއެސްއައިއެލް އިން ސީރިއާގެ އިރުއުތުރުގައި ދޭ ހަމަލާތައް އިތުރުކޮށްފައި މިވަނީ އެމެރިކާގެ ސްޕެޝަލް ފޯސަސް އިން އޭރުގެ ލީޑަރު އަބޫ އިބްރާހިމް އަލް ގުރައިޝީ އާއި އޭނާގެ ރަސްމީ ތަރުޖަމާނު އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަންބޫ

    "އެމެރިކާއިން ވާގިވެރިވާ"
    ޙަމަލާދިން ސަބަބު އިޔޮތީ އެއްނު

    • ގައިދުރު

      ޜޯދަ މަހުވެސް ދުނުކުރެ ޕީސްފުލް ޕީޕްލް

      1
      1
      • ކަންޒު

        އެމެރިކާ އާއި އެމެރިކާގެ އެޖެންޓުން މެދު އިރުމަތީ ތިބެ ފާއިތުވެދިޔަ 20 އަހަރުތެރޭ ވަނީ މުސްލިމުންގެ 2 މިލިޔަން މީހުން މަރާފައި. އެތައް ލައްކަ އަންހެން ކަނބަލުން ރޭޕުކޮށް އިއްފަތް ފޭރިފަ.

        މުސްލިމުންގެ ގޭގޭ ތަކާއި އާއްމު އިމާރާތްތަކުގެ ޖީޕީއެސް ލޮކޭޝަން އެމެރިކާ އަށް ފޮނުވާފަ އެއާސްޓްރައިކް އަޅަން އެހީވެދީފަ ގޮސް ރޯދަ ވީއްލަން އެޖެންޓުން ތިއްބާ ބަޔަކު ވަދެ އެމީހުން މަރާލަނީ. މީޑިއާތަކުން ޚަބަރު ކަވާ ކުރާއިރު އެއްކޮޅަށް ބަޔާސް ނުވެ ކަން އަސްލު ހިނގާ ގޮތް ބަޔާން ކޮށް ދިނިއްޔާ ކީއް؟