އެންމެ ކުރިންސުރެ އަޅުގަނޑުމެން ޤަބޫލު ކުރަމުން އައީ، އެންމެ ފުރަތަމަ ހަނދަށް ދިޔަ ބަޔަކީ އެމެރިކާ މީހުންކަމަށެވެ. އެންމެ ފުރަތަމަ ހަނދުގައި ޖެހި ދިދައަކީ އެމެރިކާ ދިދަކަމަށް ޤަބޫލު ކުރެވުނުއިރު، މަދަރުސާތަކުގައި ކިޔަވައިދެމުންވެސް ދިޔައީ އެގޮތަށެވެ. އެންމެ ފުރަތަމަ ހަނދުގައި ފައި ޖެއްސި މީހަކީ ނީލް އާމްސްޓްރޯންގް ކަމުގައެވެ.

އެހެންނަމަވެސް، ސައިންސްގެ ޢިލްމު ގިނަ ބަޔަކަށް ލިބެމުންދިޔުމާއި، ތައުލީމާއި އެނޫންވެސް މައުލޫމާތުގެ މަސްދަރުތައް އާއްމުންނަށް ލިބެމުންދިޔަ ވަރަކަށް، މިކަންކަމަކީ ޙަޤީޤަތް ނޫންކަމުގައި ޤަބޫލު ކުރެވެން ފެށިއެވެ.

އެންމެ ބޮޑަށް ހަގީގަތް ނޫންކަމުގައި ގަބޫލު ކުރެވެމުންދިޔައީ ހަނދުގައި ނަގާފައިވާކަމަށް ބުނާ ފޮޓޯތެކެވެ. އެގޮތްގޮތަށް، ހަނދުގައި ފޮޓޯ ނުނެގޭނެކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. ހަމައެހެންމެ، އެމެރިކާގެ ނޭޝަނަލް އެއިރޯނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އާ ވަދާވެރި ފަރާތްތަކުން، މިހާރުވެސް ބުނަމުން ދަނީ އެހެންނެވެ.

އެހެންނަމަވެސް، ދާދިފަހުން ވަނީ، ހަނދުގައި ނަގާފައިވާކަމަށް ބުނާ އެހެން ފޮޓޯތަކެއް އާއްމުކޮށްފައެވެ. ހަނދަށް ދިޔަ އެޕޯލޯ 11 ގެ އަރުޝީފު (އާކައިވް) ގައި ހުރި ފޮޓޯތަކެއްކަމަށް ބުނެ، މި ތަކެތި އާއްމުކޮށްފައިވަނީ، ޖައްވީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ކިޕް ޓީގު އެވެ.

ކިޕް ޓީގު ބުނެފައިވާ ގޮތުގައި މި ފޮޓޯތައް ނަގާފައިވަނީ އާމްސްޓްރޯންގ އާއެކު ހަނދުގެ ސަތަޙައަށް ފޭބިކަމަށް ބުނާ ބަޒް އަލްޑްރިން އެވެ. އަދި، އޭނާއަކީ ޕްރޮފެޝަނަލް ފޮޓޯގްރާފަރެއް ނޫންކަމުން، އެފޮޓޯތަކަކީ، އެހާ ރީތި ފޮޓޯތަކެއް ނޫންކަމަށްވެއެވެ. އަދި، އެތަކެތި ނާސާގެ ފަރާތުން އާއްމުކޮށްފައި ނުވަނީވެސް، އެސަބަބާ ގުޅިގެންކަމަށް ކިޕް ބުނެފައިވެއެވެ.

އެމެރިކާއިން ހަނދަށް ދިޔަ ދަތުރަކީ، އެޤައުމާ ސޯވިއެޓާ ދެމެދު އޮތް މި ވާދަވެރިކަމުން، އެމެރިކާ ކުރި ހޯދިކަމުގެ ނިޝާނެވެ. މި ދަތުރަށް ޖުމުލަ ހޭދަވެފައިވަނީ އަށް ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވގތ

    ވަގުތުގަ އުޅޭ އެންމެ ބަރާރު ލިއުންތެރިއާ

  2. ރެޓޭ

    އަޅުގަނޑުވެސް ރޭގަ ހަނދަށް ދިޔައިން. ލައްކަ ފޮޓޯވެސް ނެގިން. މިހެން ބުނީމަ ގަބޫލު ކުރާނެ ބޯގޯސްމީހުން!

  3. ކައުންސެލަރު

    ބޯގޯސް!!!! މިދައްކަނީ 20 ޖުލައި 1969ގެ ވާހަކަ. ހަނދަށް ގޮސްއަންނަން ހޭދަވީ 8 ދުވަސް. އެހެންވިއްޔާ މިހާރު އެތަށް އަހަރަކުންވެސް ހަނދަށްނުދެވިގެން މިއުޅެނީ ކީއްވެބާ؟ ދާންބޭނުން ނުވަންޏާ ހަނދާބެހޭ ދިރާސާ ކުރަނީ ކީއްކުރަންބާ؟ ހަނދުގެ ދިރާސާ ހަނދަށް ގޮސްގެން ކުރުމަށްވުރެ އެހެންތާކު ތިބެގެން މާ މޮޅަށް ކުރެވެނީބާ؟ ކޮހުންކައިރީގަ ތިވާހަކަ ދައްކާ! މަށެއްނާހާނަން ތިވާހަކައެއް. ކޮންމެސް އެހެންއެއްޗެއްކިޔާ

    • ނަން

      ހެހެހެ... ދެން ކީއްކުރާނީ. ކިޔައިދީގެން ގަބޫލުކުރެވޭނީވެސް އެއްޗެއް އެގޭ ބަޔަކަށް ކިޔައިދިނިއްޔާ ދޯ. މިދުނިޔޭގަ އެބައުޅޭ ދުނިޔެއަކީ ވަށް އެއްޗެއް ކަމަށް ގަބޫލު ނުކުރާ މީހުންވެސް. މިކަމާ ބުނަނީ ކީކޭތޯ؟

  4. ނީލް އަމްސްޓްރޮކް

    އެކިޔަނީ ހަނދުގެވާހަކަ. ހަނދުގެވާހަކަ އެއްފަރާތް ކޮއްފާ ދައްކާބަލަ މިދުނިޔޭގައި އަދިވެސް އެބަހުރި ގޮތް ނޭނގޭ އެތައްތަނެއް އެތަން ތަނުގެ މައުލޫމާތު ނުހޯދޭ އިރު ދެން ކޮން ހަނދެއްގެ މައުޅޫމާތު ހޯދޭނީ އަދި ކޮންހަނދަކަށް ދެވޭނީ . ވިސްނާލާ.

  5. ފިރުޓޭ

    މި ލިޔުން ކިޔާލުމުން ދޭހަ ވަނީ، މި ލިިޔުން ލިޔުނު ރިޕޯޓަރަށްވެސް ބަޔަކު ހަނދަށް ދިޔަކަމަށް ޤަބޫލު ނުކުރެވޭ ކަން! އެކަމަކު މި ޒަމާނުގެ ސައިންސް ގެ އަލީގައި ސާބިތު ކުރެވޭ ހަނދަށް ދިޔަކަމަށް! ޤޫގުލް މެޕްސް އިން ބަލާލަބަލަ ހަނދުގެ މަތިން އީގަލް ދުއްވާފަ ދިޔަ ރޫޓާ ޖެއްސި ޓްރެން ކިިޔުލިޓީ ބޭ ހިސާބުގަނޑުގެ ލޭންޑް ސްކޭޕް! އެތާހުރި ކްރޭޓާރސް ހުރީ ހަމަ މީގެ 40 އަހަރު ހަނދަށް މީހުން ދިޔައިރުވެސް ނަގާފަ ހުރި ފޮޓޯތަކާ އެއްގޮތަށް! ދެން އެހެން ނޫނަސް، އޭރުގެ އިލެކްޓްރޯނިކްސް އޮތީކީ މިހާރުހެން ފޮޓޯ ޝޮޕް ހަދާލެވޭހާ ފަސޭހައިން ހަދާލެވޭ ގޮތަށް ތަރައްޤީ ވެފަ އެއް ނޫން! އީގަލް ގެ ކޮމްޕިޔުޓަރގެ ހުރި އާލާތްތަކަކީ މިހާރުގެ އިލެކްޓްރޯނިކް ކަލްކިޔުލޭޓަރެއްގައި ހުންނަ ވަރުގެ ފަންކްޝަންތައް ކުރެވޭވަރަށް ވުރެވެސް ބާރު ދެރަ އާލާތްތަކެއް! އެކަމަކު، އޭރުވެސް، ރޮކެޓް ޓެކްނޮލޮޖީ ވަނީ ޖައްވަށް ވެސް ފޮނުވޭވަރަށް ތަރައްޤީވެ ކުރި އަރާފަ!