ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ދަރަޖަކޮށް ރިޕޯޓާސް ވިތުއައުޓް ބޯޑާޒްއިން ނެރޭ "ޕްރެސް ފްރީޑަމް" އިންޑެކްސްގެ ލިސްޓުގައި ހޮންކޮންގް 68 ދަރަޖަ ފަހަތަށް ސޮއްސާލައިިފިއެވެ.

މީގެ ކުރިން މުޅި ދުނިޔޭގައި ވެސް "ޕްރެސް ފްރީޑަމް" ލިސްޓުގެ އެންމެ ކުރީ ސަފުގައި އޮތް އެއް ގައުމަކީ ހޮންކޮންގްއެވެ. އެ ގޮތުން 2002 ވަނަ އަހަރު ހޮންކޮންގް އޮތީ 20 ވަނަ ވަނައިގައެވެ.

ނަމަވެސް ހޮންކޮންގުގެ ނޫސްވެރިކަމަށް ކުރިމަތިވެފައިވާ ފިއްތުންތަކާ ހެދި ފްރެސް ފްރީޑަމް އިންޑެކްސްގައި ހޮންކޮންގް ކޮންމެ އަހަރަކު ފަހަތަށް ޖެހެމުން އައިސް މި ފަހަރު އޮތީ 148 ވަނައިގައެވެ. މިއީ އެއް އަހަރުގެ ތެރޭގައި 68 ދަރަޖައިގެ ވެއްޓުމެކެވެ.

ޓައިވާންގެ ނޫހެއް ކަމަށްވާ އީސްޓް އޭޝިއާ ބިއުރޯގެ ހެޑް ކެޑްރިކް އެލްވިއާނީ ވިދާޅުވީ މިއީ ފާއިތުވި އެއް އަހަރުގެ ތެރޭގައި ވެސް އެންމެ ބޮޑަށް ޕްރެސް ފްރީޑަމް އިންޑެކްސްގައި ހޮންކޮންގް ވެއްޓުނު ފަހަރު ކަމަށެވެ. އަދި ފާއިތުވި އަހަރުގެ ތެރޭގައި ދުވަހަކުވެސް ނުދެކޭފަދަ ފިއްތުންތައް ނޫސްވެރިންނަށް ކުރިމަތިވި ކަމަށް ބުނެފައިވެއެވެ.

ހޮންކޮންގްގެ ނޫސްވެރިކަމަށް ކުރިމަތިވެފައިވާ ފިއްތުންތަކާ ހުރެ އެ ގައުމުގެ ބައެއް މިނިވަން ނޫސްތައް ވަނީ ހުއްޓާލައިފައެވެ. އޭގެ ތެރޭގައި މަޝްހޫރު "އެޕަލް ޑެއިލީ"ވެސް ހިމެނެއެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ހޮންކޮންގް އޮތީ ސޯމާލިއާ، ސްރީލަންކާ އަދި ކެމްބޯޑިއާއަށް ވުރެ ވެސް ފަހަތުގައެވެ.