ޕާކިސްތާނުގައި މަރުވެފައިވާ ކުޑަ އަންހެން ކުއްޖެއްގެ މަހާނަ ކޮންގެން ކުއްޖާގެ ގަބުރު ރޭޕް ކޮށްލައިފިއެވެ.

މިމަހުގެ 5 ވަނަ ދުވަހު މި ހާދިސާ ހިނގާފައިވަނީ އެގައުމުގެ ގުޖުރާތު ޗަކް ކަމަލާ އަވަށުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ފެންމަތިވެފައިވަނީ ކުއްޖާގެ އާއިލާ މީހުން މަހާނަ ކައިރިއަށް ދިޔައިރު، މަހާނަ ކޮނެ، ނިވާ ނުކޮށް ކުއްޖާގެ ގަބުރު މައްޗަށް އަރުވާފައި އޮތުމުންނެވެ. އޭރު ކުއްޖާގެ ހަށިގަނޑުން ރޭޕް ކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އާއިލާއާއި ހަވާލާދީ ރިޕޯޓްތަކުން ބުނެފައިވަނީ ކުއްޖާގެ ހަށިގަނޑު އޮތީ މަހާނައާއި 200 ފޫޓު ދުރުގައި ކަމަށެވެ.

ޕާކިސްތާނުގެ މުސްލިމް ލީގުގެ ސެކްރެޓަރީ ޖެނެރަލް އަޓައުﷲ ޓަރާރް ޓުވިޓާގައި ހިއްސާކުރި މައުލޫމާތަށް ބަލާއިރު، މި ހާދިސާއާއި ގުޅިގެން 17 މީހަކަށް ތުހުމަތުކޮށް ވަނީ ތަހުގީގެއް ފަށާފައެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ކިތަށް މީހުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އުމުރުން ދެ އަހަރުގެ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ އެކުއްޖާ މަރުވީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މިއީ ޕާކިސްތާނުގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، 2019 ވަނަ އަހަރު ވެސް ކަރާޗީގައި މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާތް ކަލާންގޯ

    ކޮންފަދަ ހަޑިމުޑުދާރު އަމަލެއްތަ؟ ތިވަރުގެ މީހުންވެސް މި ދުނިޔޭގައި އުޅޭތާ؟

    23
    • ގަނޑިޔާ!!!

      މީހުނެއް ނޫން.....ޝައިތާނުން އިންސާނުންގެ ސިފައިގައިތިބި....ވެދާނެ ސިހުރުހެދުމަށް ކަމަށްވެސް. މަރުގެ ހުކުމް ޤާޢިމްކުރަންވީ!!!

  2. އަމާ

    ބައްޔެއްނު 😡

    14
  3. އަލްޖިބްރާ

    ތިކަންކުރިބަޔަކީ އިންސާނުންގެ ސިފައިގާ ތިބި ވަލުޖަނަވާރުން ނަށް ވުރެވެސް ނުބައި ބައެއް !

    22
  4. ައަހުމަދު

    މުސްލިމުންނޭ ކިޔައިގެން ތިއުޅެނީ ވަލުޖަނަވާރަކަށް ވުރެވެސް ނުބައި ނުލަފާ ބައެއް

    21
  5. ކަރާޗީ

    އެމީހުން ސިހުރު ހަދަން ކުރާކަމެއް ކަމަށް ވަނީ.

    13
  6. Anonymous

    ކޮބާ މިހާ ނުބައި ނުލަފާ އިންސާނިއްޔަތާ ޚިލާފުކަމެއް މުސްލިމު ބަޔަކު ކުރީމަ ކޮމެންޓެއް ކޮށްލާނެ ކުއްޖަކުވެސް ނެތްދޯ! އިންޑިޔާގަ ހިނގިކަމެއްނަމަ ރޮލާކާނެ. ނޯ ޓު ޑަބަލް ސްޓޭންޑަޑް

    9
    12
  7. މަރީ

    ކިކޭ ދެން ބުނާނީ. އިންސާނުންތަ ހަމަ އެއީ

    17
    1
  8. ޖާބެ

    މަރުގެ އަދަބު ދިނަސް ތިޔަމީބުންނައް އަދަބުދެވުނުކަމަކައް ނުބެލެވޭނެ އެވެސް ކުޑަމިންވަރެއް މިފަދަކަމަކައް.. ސިކު މީހުން

    14
    1