އިންޑިއާގެ ރާޖަސްތާނުގެ ޕަބްލިކް ހެލްތް އިންޖިނިއަރިން މިނިސްޓަރ މަހޭޝް ޖޯޝީގެ ފިރިހެން ދަރިފުޅު ރޯހިތް ޖޯޝީގެ މައްޗަށް އެގައުމުގެ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތު ކޮށްފިއެވެ.

އުމުރުން 23 އަހަރުގެ ޖައިޕޫރަށް ނިސްބަތްވާ އެ އަންހެން މީހާ ބުނެފައިވަނީ ރޯހިތް އަހަރެއް ތެރޭ އެކި ފަހަރުމަތިން އޭނާ ރޭޕް ކޮށްފައިވާ ކަމަށާއި އެކަން ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އެންމެ ފަހުން މި މައްސަލަ އަންހެން މީހާ ފުލުހަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެކަމާއި ގުޅިގެން އިންޑިއާގެ އުތުރު އަވަށެއްގެ ފުލުހުން ބުނެފައިވަނީ ރޭޕް، ވިހަ ނުވަތަ ޒަހަރެއް ބޭނުން ކޮށްގެން މީހަކަށް އަނިޔާ ދިނުން، ބައިގެން ދިއުމަށް ފުރުސަތު ދިނުން، ރަހީނު ކުރުމުގެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.

އަންހެން މީހާ ބުނި ގޮތުން ރޯހިތް ވަނީ އޭނާ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 17 އާއި ހަމައަށް އެކި ފަހަރު މަތިން ރޭޕްކޮށްފައެވެ. އަދި އޭނާއާއި ކައިވެނި ކުރާނެ ކަމަށް ވައުދުވެފައިވާ ކަމަށް ވެސް އަންހެން މީހާ ވަނީ ބުނެފައެވެ.

އޭނާ ބުނި ގޮތުގައި ރޯހިތް އާއި އޭނާގެ ރަހުމަތްތެރިކަމުގެ ގުޅުން އުފެދިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ދެމީހުން ދިމާވާ ކަމަށާއި ނަމަވެސް ފަހުން އޭނާ ގަޔަށް އައްލާ ރޭޕް ކުރި ކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ.

އިންޑިއާ އަކީ މުޅި ދުނިޔެ އަށް ބެލި ނަމަވެސް އަންހެނުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ އެންމެ ގިނައިން އަމާޒުވާ އެއްގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާދިރީ ހަވާސާހިސާބު

    އިންޑިޔާގެ ކެބިނެޓުގައި އަދި މަޖިލީހުގައިވެސް ގިނައީ ބޮޑަތި ކުރިމިނަލުން! މިގައުމުގެ ހާލަތަކީވެސް؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

    10