ޗައިނާގައި ވަރަށް ގިނަ ތަކެތީގެ ފޭކު އުފައްދާ ވާހަކަ އަޑުއަހަމެވެ. ނަމަވެސް ފޭކު ވެކްސިން އުފައްދައި އެފަދަ ވެކްސިން އެތައްހާސް ކުޑަކުދިންނާއި މީހުން ގަޔަށް ޖަހާފާނެ ކަމަށް ހީނުކުރަމެވެ. އެގޮތުން ޗައިނާގެ ވެކްސިން އުފައްދާ ކުންފުންޏެއް ކަމަށްވާ ޗަންގްޗުން ޗަންގްޝެން ބަޔޯ ޓެކްނޮލޮޖީއިން ވަނީ އެތަށް ހާސް ފޭކު ވެކްސިން އުފައްދައި ޗައިނާގެ ބާޒާރަށް ނެރެފައެވެ.
ޗައިނާގެ ސިއްހީ އިދާރާތަކުން ވަނީ އެ ވެކްސިންތައް އުފެއްދި ކުންފުނީގެ ލައިސަންސް އުވާލައި މައްސަލަ އިތުރަށް ތަހުގީގު ކުރަން ފަށާފައެވެ. އަދި އެ ވެކްސިންތައް ބާޒާރުން ނެގުމުގެ މަސައްކަތް މިހާރު ދަނީ އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ކުރަމުންނެވެ.
މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެކުންފުނީގެ ފަސް އިސް މުވައްޒަފުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން ޗައިނާގެ އެތައް އާންމުންނެއް ދަނީ މީސް މީޑިޔާތަކުގައި އަޑު އުފުލަމުންނެވެ. އެގޮތުން ޗައިނާ މީހަކު ވަނީ އޭނާގެ ގައުމާމެދު އިތުބާރު ކުރެވޭނީ ކިހިނެއް ކަމާމެދު ސުވާލު އުފައްދާފައެވެ.
މި ހާދިސާގައި އެތައް ފޭކު ވެކްސިން ތަކެއްވަނީ ޗައިނާ ސަރުކާރުގެ ސިއްހީ ސެންޓަރުތަކުގައި ކުޑަކުދިންނަށް ދޭން މަޖުބޫރު ވެކްސިންގެ ގޮތުގައި އެތަށް ކުދިންނަކަށް ދެވިފައެވެ. ފޭކު ވެކްސިން ދެވުނު އާއިލާތަކުން ވަނީ މިހާދިސާއާމެދު ޖަވާބުދާރީ ވުމަށް ޗައިނާ ސަރުކާރުގެ އޮފިޝަލުންނަށް ގޮވާލާފައެވެ.
މިމައްސަލާގައި ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ވިދާޅުވެފައިވަނީ މިއީ ލާއިންސާނީ އަދި ހައިރާންކުރުވަނިވި ފަދަ ނުބައި އަމަލެއްކަމަށެވެ. އަދި މިމައްސަލަ ވަރަށް ހަރުކަށިކަމާއެކު ތަހުގީގު ކުރާނެ ކަމަށް ޗައިނާ ސަރުކާރުން ވަނީ ވައުދުވެފައެވެ.
ޗަންގްޗެން ކުންފުނިން އުފެއްދި ތިން ބާވަތެއްގެ ވެކްސިން ވަނީ ފޭކު ކަމަށް ހާމާވެފައެވެ. އޭގެތެރޭގައި ހިމެނެނީ ރޭބީސް އާއި ޑިފްތީރީޔާ އަދި ޓެޓްނަސް ވެކްސިނެވެ. އެގޮތުން އެކުންފުނިން އުފެއްދި 253,338 ޑީޕީޓީ ވެކްސިން ފޭކު ކަމަށް އެގައުމުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީތަކުން މައުލޫމާތު ދެއެވެ.
ތިކަމާއޭ ބިރުގަންނަނީ! މިއޮއް ބްރިޖު ވެސް ފޭކް ވެދާނެތީ!
ސުބުޙާނަﷲ އަނެއްކާ ބުރީޖު ފޭކެއްނުވާނެތަ؟
ޗައިނާއިންއުފައްދާ ގިނަބާވަތްތަކުގެކާބޯތަކެއްޗަކީ އިންސާނުންކާންކަމުދާއެއްޗެއްސެއްނޫންކަމަށް ދުނިޔޭގެކުރިއަރާފަވާ ގިނަގައުމުތަކަކުންއިއްތިފާގުވޭ .. އެކަމަކު ދިވެހިރާއްޖެއިސްތިސްނާވޭ .....
މިއޮއް ބްރިޖު ވެސް ފޭކް ވެދާނެތީއޭ!!!! މިތާ ކޮންތާކުބ އޮތް ބުރިޖެއްތަ ކޯރު ތަން މަތީ އަޅާ ކަހަލަ ކޯޒުވޭ ފާލަމެއް އަޅާފަ ބުރިޖެކޭ ބުނީމަ ބުރިޖަކައްވީ؟؟؟؟