ކެންސަރަށް ޕޮޒިޓިވްވިކަން އެނގުމުން، ދުނިޔޭގެ އެދުންތައް ދޫކޮށްލުމަށްފަހު، ހާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކަށް އެހީތެރިވުމަށް މަސައްކަތް ކުރި މިލިއަނަރެއްގެ ވާހަކަ، ގިނަ އަދަދެއްގެ ދިވެހިންވެސް ވާނީ އަޑު އަހާފައެވެ. އަގުބޮޑު ކާރުތަކާއި އަތުކުރި ގަޑިތައް ގެންގުޅުނު ބަނާތު، އެތަކެތި ދޫކޮށްލުމަށްފަހު، މެދުއިރުމައްޗާއި އެފްރިކާގެ އެކި ސަރަޙައްދުތަކަށް ގޮސް، ފަޤީރުންނަށާއި ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އެތައް ބަޔަކަށް ސިހުން ގެނުވި ޚަބަރަކަށްވީ، މިދިޔަ ރަމަޟާން މަހުގެ ތެރޭގައި، އަލީ ބަނާތު ދުނިޔެ ދޫކުރި ޚަބަރެވެ. އޭނާ ނިޔާވެފައިވަނީ ކެންސަރު ބައްޔަށް، ތިން އަހަރު ވަންދެން ފަރުވާ ކުރުމަށްފަހުއެވެ.
ނިޔާވުމުގެ ކުރިން ކެންސަރަކީ އޭނާއަށް ލިބުނު ރަޙުމަތެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
ދުނިޔެ ދޫކުރުމުގެ ކުރިން، އޭނާވަނީ އޭނާގެ ފައިސާއާއި މުދާ ހޭދަކޮށްގެން، އޭނާގެ ނަން މަތީގައި މިސްކިތެއް ބިނާކުރުމަށް ވަސިއްޔަތްކޮށްފައެވެ. އޭނާ ނިޔާވިތާ އަދި މާ ގިނަ ދުވަސްތަކެއް ވޭތުވެފައިނުވާއިރު، މިސްކިތުގެ މަސައްކަތްތައް ނިންމާ، ބޭނުންކުރަން މިހާރުވަނީ ފަށާފައެވެ.

ރަނގަޅު ފެންވަރަކަށް، ފެންވަރު ރަނގަޅު ތަކެތި ބޭނުންކޮށްގެން، މި މިސްކިތް ބިނާކޮށްފައިވަނީވެސް ރީތި ފަރުމާއަކަށެވެ. މިއީ އެހާ ބޮޑު މިސްކިތެއްކަމުގައި ނުވިޔަސް، މިއީ މިސްކިތް ހުންނަ ސަރަޙައްދަށް ހެޔޮވަރުގެ މިސްކިތެއްކަމަށް ބެލެވެއެވެ.
މިސްކިތް ބިނާކުރުމުގެ މަސައްކަތް ކޮށްފައިވަނީ، ދުނިޔޭގެ އެތަން މިތަނުގައި ހާލުގައި ޖެހިފައި ތިބޭ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ "ވަން ސޮލިޑް އުންމަތް" ނަމަކަށް ކިޔާ މުސްލިމު ޖަމާއަތަކުންނެވެ. މި ޖަމިއްޔާގެ ހަރަކާތްތަކުގައި ބަނާތުވެސް ބައިވެރިވެފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މިސްކިތް ބިނާކޮށްފައިވަނީ އެންމެ 45 ދުވަހުގެ މަސައްކަތުންނެވެ. އެހެންނަމަވެސް، މިސްކިތް ހުންނަނީ ދުނިޔޭގެ ކޮން ތަނެއްގައިކަން، އަދި ސާފުވެފައި ނުވެއެވެ.
އާއްމުންނަށް ނަމާދުކޮށް، އަޅުކަން ކުރެވޭގޮތަށް މިސްކިތްތައް ބިނާކުރުމަކީ ހިނގަ ހިނގާ ހުންނަ ޞަދަގާތެކެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ މަސްޖިދުލް އަލީ ބަނާތު އެވެ.
ވ.ފުރިހަމަ މަސައްކަތެއް.މާތްﷲ އަލީ ބަނާތަށް ހެޔޮރަޙުމަތް ލައްވާށި.
އާމީން.
ޢަލީ ބަނާތުއާއިި އަޅަމެން އެންމެންގެ ފާފަ ފުއްސަވާށި! ޢަލީއިަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި!
ވަރަށް އަސަރު ކުރުވާ ޚަބަރެއް މިއީ!
އާމީން.
އާމީން
އަލީ ބަނާތު އައްﷲގެ ހަޒުރަތުން އަރުށީގެ ހިޔާވަހިކަން ދެއްވާދޭވެ އާމީން
އާމީން
އާމީން .އަލީބަނާތު ކޮންގއއުމެއްތޯ
ތިޔަ މިސްކިތް ހުރީ ސީރިޔާ ގައި.