އިންޑިޔާގައި އެންމެ ބައި ގިނަ ހިންދޫ އިންގެ މެދުގައި، ގެރިއަކީ ޚާއްޞަ މަގާމެއް ދީފައިވާ ޖަނަވާރަކެވެ. އެއީ، އެމީހުންގެ ކަލެއްކަމަށް ބައެއް ފަރާތްތަކުން ދައުވާކުރާއިރު، ގެރިއަށް ކަމެއް ކުރުމަކީ، އެމީހުންގެ ދީނުގައި އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫނެވެ. އެޤައުމުގެ ބައެއް ސަރަޙައްދުތަކުގެ ޤާނޫނުގައިވެސް، ގެރިއަށް ކަމެއް ކުރުމަކީ، ބޮޑެތި އަދަބު ލިބޭ ކުށްތަކުގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި، ގެރި ކަތިލުމާއި ގެރި މަސް ކެއުންވެސް ހިމެނެއެވެ.
ދާދިފަހުން، އަނެއްކާވެސް ވަނީ ގެރިއެއްގެ މައްސަލައިގައި، މުސްލިމު ފިރިހެނަކު މަރާލާފައެވެ. މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެމީހާ މަރާލާފައިވާއިރު، އެކަމާ ގުޅިގެން، ގިނަ ވާހަކަތަކެއްވެސް ދަނީ ދެކެވެމުންނެވެ.
އިންޑިޔާގެ މަޝްހޫރު ނޫހެއްކަމުގައިވާ "ޓައިމްސް އޮފް އިންޑިޔާ" އިން ބުނެފައިވާ ގޮތުގައި، އެދުވަހު އެމީހާއަށް، ހިންދޫ ގުރޫޕަކުން އަނިޔާ ދީ މަރާލުމުން، އެކަން ބަލަން އައި ފުލުހުންވެސް ފުރަތަމަ އިސްކަން ދީފައިވަނީ، ގެރިއަށް ސަލާމަތްކަން ދިނުމަށެވެ.
އެނޫހުން ބުނެފައިވާ ގޮތުގައި، އަނިޔާ ލިބި މަރަށް ތެޅެމުންދިޔަ މީހާ، ޞިއްޙީ އެހީތެރިކަން ދޭ ތަނަކަށް ނުވަތަ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން، ފުލުހުން އުޅުނީ ގެރިތައް، ގެރި ބަލަހައްޓާ ތަނަކަށް ގެންދިއުމުގެ މަސައްކަތުގައެވެ.
މީގެއިތުރުންވެސް، އެނޫހުން ބުނެފައިވާ ގޮތުގައި، ހޮސްޕިޓަލް ހުންނަނީ ގެރި ބަލަހައްޓާ ތަނަށްވުރެ އެތައް ތަނެއް ކައިރީގައެވެ. އެގޮތުން، އެމީހާއަށް ހަމަލާ ދިން ސަރަޙައްދާ ހަ ކިލޯމީޓަރު ދުރުގައި ހޮސްޕިޓަލެއް ހުންނައިރު، ގެރި ބަލަހައްޓާ ތަން ހުންނަނީ 10 ކިލޯމީޓަރު ދުރުގައެވެ.
މި މައްސަލައާ ގުޅިގެން، އެސަރަޙައްދުގެ ފުލުހުން އެކި ވާހަކަތައް ދައްކާފައިވާއިރު، ބަލި މީހާ ހޮސްޕިޓަލަށް ގެންދިޔައީ، މައްސަލަ ރިޕޯޓުކުރިތާ އެތައް ވަގުތެއް ފަހުންކަންވެސްވަނީ ފަޅާ އަރާފައެވެ.
އިންޑިޔާގައި މިފަދަ ކަންކަން ހިނގުމަކީ މިހާރު އާއްމު ކަމެކެވެ.
އިންޑިޔާ އެއީ މޮޔައިން އުޅޭ ތަނެއް.. ހަމަޖެހޭ މީހަކު އުޅެނީ މަދުން ، މޯދީ އަކީވެސް ޗިޕް މަދު މީހެއް ، ގެރި އެއް.
ގެރި އަކީ ކަލާނގެ ނަމަ ގެތި އެއް ނުލެވޭނެއެވެ. އެއްފަހަރާ އެތަށް ކަލާންގެ އެއް ކަތިލާ ލެވެނީ ކިހިނެއް ތޯއެވެ؟ ހެހެހެ
މިރާއްޖޭގައިވެސް އިންޑިޔާގެ ގާނޫނު ހިނގާނެ ރީދޫ ގްރޫޕަށް ވެރިކަން ލިބިއްޖެއްޔާ، އެއީ ޔަގީންކަމެއް!
ތިބޭފުޅާ ތިހުންނެވީ މޮޔަ ފުޅުވެފައިތޯ....
އިންޑިޔާގެ ގިނަ މީހުންނަކީ ޖަނަވާރުން ކަހަލަ ކުދިން
އިންދިއާއަކީ އިންސާނިއްޔަތުކަމެއް ނެއްގައުމެއްދޯ.
އިންޑިޔާ މީހުން މޮޔައީ އެކަމު މި ގައުމުގަ ބާރު ބާރައް ސައިކަލް ދުއްވާ މީހުން ހެލްމެޓް ނާޅަނީ ވިސްނޭވަރު ބޮޑުކަމުން ދޯ!!!
ސިޔާަސީ ނުވަމާ ހުރިހާ ކަމެ