އިސްރާއީލުގެ ސިފައިން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިއަކު މަރާލައިފިއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ "އަލްޖަޒީރާއިން" ބުނެފައިވަނީ، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިން ހަމަލާއެއްގައި ޖެނީންގައި ހިނގަމުންދާ ކަންކަން ކަވަރު ކުރަމުންދާ އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ.

ޝީރީން މަރާލާފައި ވަނީ މިއަދު ދިން ހަމަލާއެއްގައެވެ.

"މިވަގުތަށް އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އޭނާ މަރުވިކަން އިއުލާނުކުރިކަން. ޖެނީންގައި ހިނގަމުންދާ ކަންކަން ކަވަރު ކުރަމުން ދިޔަ ޝީރީން އަބޫ އަޚްލޭހް، ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގެ ސިޓީއަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި، ބޮލަށް އޭނާގެ ބޮލަށް ވަނީ ބަޑިޖަހާފައި،" ޝީރީން އާއި އެކު މަސައްކަތް ކުރަމުން ދިޔަ އެހެން ނޫސްވެރިއެއްކަމަށްވާ ނިދާ އިބްރާހިމް އަލްޖަޒީރާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގާ ޝީރީންއަކީ އަކީ 2000 ވަނަ އަހަރު ފަލަސްތީނުގެ ދެވަނަ އިންތިފާޟާ ފެށުނީއްސުރެ އަލްޖަޒީރާއާއެކު މަސައްކަތް ކުރަމުން ދިޔަ "ވަރަށް އިހްތިރާމް ލިބިގެންވާ ނޫސްވެރިއެއް" ކަމަށެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ކޮންމެ އަހަރަކު އާންމުންގެ އެތައް ބަޔަކު އަންނަނީ ޝަހީދުވަމުންނެވެ. މިއަހަރުގެ މިހާތަނަށް އިސްރާއީލުން ވަނީ ފަލަސްތީންގެ 50 މީހަކު ޝަހީދު ކޮށްލާފައެވެ.

އަލްޖަޒީރާ އިން ބުނީ އިސްރާއީލުން އެނޫސްއެޖެންސީގެ ނޫސްވެރިޔަކު މަރާލި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ މައުލޫމާތުތައް ބަލައި، ސާފު ކުރަން ޖެހޭ ކަންކަން ސާފު ކުރަމުން ގެންދާ ކަމަށެވެ.

އަލްޖަޒީރާ އިން ފަލަސްތީންގެ ޚަބަރުތައް ގެނެސްދޭ ގޮތުން އިސްރާއީލުން އަބަދުވެސް ނުރުހުން ފާޅުކުރެއެވެ. މީގެ ކުރިން ވެސް އިސްރައީލް ސިފައިން ވަނީ ފަލަސްތީންގެ ނޫސްވެރިންނަށް ހަމަލާދީ ނޫސްވެރިން ޝަހީދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަހަބު

    އެމީހުނަކީ މިދުނިޔޭގަތިބި އެއްމެނުބައިމީހުން

    16
    1
  2. އަކަސަކަ

    ޝަހީދު ކޮށްލީއޭ ތިލިޔުނީ އެ ނޫސްވެރިޔާ އަކީ މުސްލިމެއްތޯ ޔަޤީންވެގެންތަ؟ ނޫނީ އަރަބި ނަމެއްކިޔާފަ އަލްޖަޒީރާގަ އުޅޭތީތަ؟

    4
    14
    • Anonymous

      ނަޞާރާ ދީނުގެ ކާފަރެއް. ފުރިހަމަ ނަމުން ވެސް އެކަން އެނގޭ. ފުރިހަމަ ނަމަކީ شيرين نصري أنطون أبو عاقلة (ޝީރީން ނަޞްރީ އަންޠޫން އަބޫ ޢާޤިލާ) މިއީ ކަމަށް ވިކިޕީޑިއާގައި އެބައޮތް. މިއީ މުސްލިމު އަންހެނުންނަށް ކިޔާ ނަމެއް ނޫން. ޝީރީން ކިޔެވީ ވެސް ނަޞާރާދީނުގެ ދީނީ ސްކޫލެއްގައި. އޭނާގެ ކަިބައިގައި ޝަހީދެއްގެ ޝަރުޠު ހަމައެއްނުވޭ.

      10
      2
  3. Anonymous

    ތި ހިސާބުގަނޑުގަ އުޅޭނެ ނަސާރާއިންނާ،
    ޑްރޫޒުއާ ބާތިނީންގެ އެކި ފިރުގާތަކުން މީސްތަކުން
    އަރަބި ނަމެއް ކިޔަސް ކޮންމެ މީހަކީ މުސްލިމެއް ނޫން
    މީނަގެ ގޮތެއް ނޭނގޭ

    1
    1
  4. އަހްމަދު

    ނަޞާރާ ދީނުގެ މީހެއް