އިންޑިއާގައި ހަތް މަހުގެ ތުއްތު ކުއްޖަކު ރޭޕު ކުރި މީހަކު މަރަން ހުކުމްކޮށްފިއެވެ.

އިންޑިއާގެ ރާޖަސްތާނުގައި ހަތް މަހުގެ ކުއްޖަކު ރޭޕު ކުރި މީހަކު މަރަން ހުކުމް ކޮށްފައިވަނީ މިދިޔަ މޭ މަހު ރާޖަސްތާންގެ އަލްވާރު ޑިސްޓްރިކްޓުގައި ހަތް މަހުގެ ކުއްޖަކު ރޭޕު ކުރި މައްސަލާގައި އެވެ.

މި މައްސަލާގައި 13 އަޑު އެހުމެއް ބާވާފައިވާއިރު މި މައްސަލާގައި މަރަން ހުކުމްކޮށްފައިވަނީ އުމުރުން 19 އަހަރުގެ ޕިންޓު ނަމަކަށް ކިޔާ މީހެކެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ، ކުޑަކުއްޖަކު، ރަހީނު ކުރުމުގެ ދައުވާއާއި، ރޭޕް ކުރުމުގެ ދައުވާގެ އިތުުރުން، ކުޑަކުއްޖަކަށް ޖިންސީ ގުޅުން ހިންގިކަމުގެ ދައުވާއެވެ. މި ހުރިހާ ދައުވާއެއް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

މޭމަހު ހިންގި މި ހާދިސާގައި އުމުރުން 7 މަހުގެ އެތުއްތު ކުއްޖާ ވަނީ ރޭޕް ކުރުމަށް ފަހު ފުޓްބޯޅަ ދަނޑަކަަށް އެއްލާލާފައެވެ. މި ތުއްތު ކުއްޖާ ރޭޕް ކޮއްފައިވަނީ ގޭގައި އޮއްވާ އުރައިގެން ގެންގޮސް އެވެ.

މިއީ ރާޖަސްތާނުގައި މިފަދަ މައްސަލައެއްގައި މީހަކު މަރަން ހުކުމް ކުރި ފުރަތަމަ ފަހަރެވެ. ރާޖަސްތާނުގައި ރޭޕް ކުރުން އިތުރުވުމާއި ގުޅިގެން ދާދި ފަހުން ވަނީ އުމުރުން 12 އަހަރުން ދަށުގެ ކުދިން ރޭޕު ކުރާ މީހުންނަށް މަރުގެ އަދަބު ދޭގޮތަށް ގާނޫނަށް ބަދަލު ގެނެސްފައެވެ.

ރޭޕާއި ގުޅުންހުރި މައްސަލަތަށް ކޯޓުތަކުގައި އަވަހަށް ނިންމުމަށާއި 16 އަހަރުން ދަށުގެ ކުދިން ރޭޕްކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކަފާލާތުގެ ދަށުން މިނިވަން ކުރުން މަނާކުރަން އިންޑިއާގެ ކެބިނެޓުން ދާދި ފަހުން ވަނީ ފާސްކޮށްފައެވެ.

އިންޑިޔާގައި ރޭޕުކުރުމަކީ އާއްމުކަމަކަށްވާއިރު، ކޮންމެ ހަފްތާއަކުވެސް އެފަދަ ހިތްދަތި ވާހަކަތަކެއް ދަނީ އިވެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެޤައުމުގައި ކޮންމެ ދުވަހަކުވެސް މިފަދަ ޢަމަލެއް ހިނގާއިރު، މިފަދަ އެތައް ޢަމަލެއް، ރިޕޯޓު ނުކޮށްވެސް ހުރެއެވެ.

އިންޑިއާގައި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތަށް ވަނީ އިންތިހާ އަށް ބޮޑުވެގެން ގޮސްފައެވެ. މިކަމާ ގުޅިގެން އިންޑިއާގެ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ގޮސްފައެވެ. އެގޮތުން މިފަދަ ކަންތައްތައް ހުއްޓުވަން އެކަށީގެންވާ ވަރަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު އިންޑިއާގެ ސަރުކާރަށް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޭބެ

    މަރުގެ އަދަބު ތަންފީޒު ނުކުރަން އެމްނެސްޓީންނާ އދ އިންނާ އީޔޫ އިންނާ ނުގޮވާތަ އިންޑިޔާއަށް!!

  2. ﷲބޭ

    ކަޑަ އެތީތީ 100 ޑޮލާޢިން ފައިން ކުރުމަށް ގޮވާލަން

  3. ހުސޭނު

    ހާދިސާ ހިންގީ 7 މޭ 2018ގ. އެދުވަހުން ފެސިގެން މަިއަދާ ހަމަޔައް 19 އަޑުއެހުމެއް ބާއްވާ ހުކުން ކުރީ. ރާއްޖޭގަ ނަމަ މިވާނީ ފަޓާސް ބަރިއެއްހެން އަޑުއެހުންތައް ބާއްވާ ދިފާއުވުމައް ތައްޔާރުވާން އެކަށޭނެ ވަގުތުނުދީ ނިންމާލިކަމައް. އެއާވިދިގެން ދެންއަންނާނީ ދިފާއީ ވަކީލުން ނޫސްވެރިގެ ބައްދަލުވުން، އިދިކޮޅު ޕާޓީތަކުން ސަރުކާރު ކުއްވެރި ކުރުން، އެމްނެސްޓީގެ ބަޔާން، އީޔޫގެ ކަންބޮޑުވުމާ ފިޔަވަޅު އަޅާނެގޮތުގެ ތަރުޖަމާ.