އަވަށްޓެރި ސްރީ ލަންކާއަކީ ދިވެހިންނަށް އާ ގައުމެއް ނޫނެވެ. އެތައް ހާސް ދިވެހިންނެއް އެކި ކަންކަމުގައި ލަންކާއަށް ގޮސް އުޅޭއިރު އެ ގައުމަށްދާ ދިވެހިންނެކޭ އެއްގޮތަށް އެކި ގައުމުތަކުން ގޮސް އުޅޭ ފަތުރުވެރިންގެ ސަބަބުން ގައުމުގެ އިގްތިސާދަށް ކުރިއެރުންތަކެއް ލިބިފައިވެއެވެ. އެކަމަކު، މިހާރު ލަންކާއަކީ ރައްކާތެރި އަދި ފަތުރުވެރިންނަށްވެސް މަރުހަބާ ކިޔޭނެ ގައުމެކޭ ބުނަން ދައްޗެވެ. ގައުމުގެ އިގްތިސާދު ބޮޑުތަނުން ހީނަރުވެފައިވާއިރު އެ ގައުމު އޮތީ ޗައިނާ ހިމެނޭ ގޮތަށް އެތައް ގައުމަކަށް ދަރައިފައެވެ.

މަތިންދާބޯޓުތައް ނެތް އެއާޕޯޓަކާއި، ހުހަށް ހުރި އެތައް ރެސްޓޯރެންޓެއް ހުރިއިރު ސަރުކާރު ވެއްޓި ލަންކާގެ ރައްޔިތުން ވަނީ ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތަށް ކުރިމަގެއް ނުލިބޭތީ މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގަން ފަށައިފައެވެ.

ބޮޑެތި އަދަދު ތަކުން ލޯނު ނަގައި ހިންގަން ފަށާފައިވާ އެކި މަޝްރޫއުތައް ހުއްޓިފައިވާއިރު ސަރުކާރަށް އޮތް އިތުބާރު ބޭރު ގައުމުތަކުގެ ކުރިމަތީގައި ވަނީ އެއްކޮށްހެން ގެއްލިފައެވެ. ބޮޑު ދަރަންޏެއް ބޮލުގައި އެޅިފައިވާ ކަނޑުގެ ބަނދަރެއް އޮތް ލަންކާގެ އިގްތިސާދީ މައްސަލަ އިތުރަށް ބޮޑުވެގެން ދިޔައީ، ޗައިނާއިން ފަންޑުކޮށްގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުންނެވެ.

ބަޖެޓުގެ އުނިކަން ފޫބެއްދުމާއި ވިޔަފާރީގެ ޑެފިސިޓްތައް ފޫބެއްދުމަށް ލަންކާއިން ގައުމުތަކުން ބޮޑެތި ދަރަނިތަކެއް ނަގާފައިވީ ނަމަވެސް، ދައުލަތުގެ މާލިއްޔަތު އިތުރަށް ހީނަރުވެގެން ދިޔައީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި އަދަދުތަކުން ފައިސާ އިސްރާފުކޮށްފައިވާތީއެވެ.

1948 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުނުފަހުން އެގައުމުގައި ދެކޭ އެންމެ ބޮޑު މާލީ ކާރިސާ ތަޖުރިބާކުރަމުން ދަނީ މިހާރޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މާލީ ކާރިސާއެއްގެ ޝިކާރައަކަށް ވެފައި މިވަނީ އެތައް މަހެއް ވަންދެން ބްލެކްއައުޓްވެ، ކާބޯތަކެއްޗާއި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، 22 މިލިއަން މީހުންނަށް މީގެ އަސަރު ކޮށްފައި ވަނިކޮށެވެ.

އިގުތިސޯދީ ގޮތުން ލަންކާ ސަރުކާރު އިނދަ ޖެހިފައިވާކަމަށް އެގައުމުގެ ރައްޔިތުންނަށް ޔަގީންވި ހިސާބުން ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި އެތައް ހަފުތާއެއް ވަންދެން ސުލްހަވެރި މުޒާހަރާތަކެއް އެގައުމުގެ ރައްޔިތުން ދިޔައީ ކުރަމުންނެވެ. އަދި އެންމެ ފަހުން މި ސުލްހަވެރި މުޒާހަރާތައް ފާއިތުވި ހޯމަ ދުވަހު ހަމަނުޖެހުންތަކަށް ބަދަލުވެގެން ދިޔައެވެ. މުޒާހަރާތަކުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ފަސް މީހަކު މަރުވެ، 225 މީހުން ވަނީ ޒަހަމްވެފައެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވިކަން އިއްލާން ކުރެއްވީ، ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުންތައް އިތުރުވުމުންނެވެ.

އެކަމަކު އޭނާގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސަ އަދިވެސް ހުންނެވީ ރައީސްކަމުގެ މަގާމުގައެވެ.

ޗައިނާއަކީ ސްރީލަންކާ ސަރުކާރުގެ އެންމެ ބޮޑު ބައިލެޓްރަލް ލޯނު ދޭ އަދި 51 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނީގެ މަދުވެގެން ދިހަ އިންސައްތަ މިލްކުކުރާ ގައުމެކެވެ. ނަމަވެސް ސަރުކާރުގެ ފާމްތަކަށާއި ލަންކާގެ މަރުކަޒީ ބޭންކަށް ލޯނު ނަގާނަމަ ހަގީގީ އަދަދު އެތައް ގުނައެއް އިތުރު ކަމަށް އިގްތިސާދު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

މި ދަރަނިތަކުގެ ސަބަބުން ލަންކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ދެން އަންނަ ސަރުކާރަކަށް އުނދަގޫވާނެއެވެ. އެގޮތުން ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް ލޯނު ނެގުމާއި، ގައުމުގެ އިގްތިސާދު ހީނަރުވިޔަ ނުދީ ހިފެހެއްޓުމަށް ބޭނުންވާ އިމްޕޯޓް ޕްރޮޑަކްޓްތައް ފައިނޭންސް ކުރުމަށް އެތައް އަހަރެއް ވަންދެން ލޯނު ނަގަން ޖެހިދާނެ ކަމަށްވެސް ތަޖުރިބާކާރުން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަވަށުމީހުން

    ޗައިނާގެ ދަންތުރައިގައި ރާޖަޕަކުސަ ރަގަޅަށް ވެސް ޖެހިފައޮ އޮތީ.. މިޤައުމުގަވެސް ޔާމީން އަށް ދެވަނަ ދައުރެއް ލިބުނު ނަމަ ތި ދަތުރު ޖެހުނީސް.. މިހާރުވެސް ޗައިނާއިން ޔާމިން ނަގާފައި ހުރި ލޯނުތައް ދަައްކަން ޕްރެޝަރ ނުކުރެވިގެން އެއުޅެނީ ރައީސް ނަޝީދު އަބަދު އަބަދު ޗައިނާ ދަރަނި ދަންތުރަ ކިޔާ އަބަދު ޓްވީޓް ކުރާތީ.. އަދި ބޭރުގެ މީޑިޔާ ތަކުގައި އެވާހަކަ ދައްކާތީ..

    2
    8
  2. fuppi kukulhu

    އަންނި އެއްކިޔާ މަރުމޯ، ޗައިނާ އަކީ ދަރަނި ދަންތުރައެކޭ ބުނ؛ީމާ އެކަމާ ޕޕމ އިން ޖޯކް ޖެހީ،، މިހާރު ލަންކާ އިން މިއޮށް ލައިވް ކޮށް ފެންނަނީ އެމަންޒަރު އަދިވެސް ދިވެހުން ހޭ އަރާކަށް ނުވޭބާ. ނަސީބެއް ޕޕމ އަށް ދެވަނަ ދައުރެއް ނުދިން ކަން، އެހެންނަމަ ރާއްޖެވެސް މިއަދު އޮންނާނީ ލަންކާހެން

    2
    2
  3. ޙަބީބު.

    ދެންވެސް ލަންކާގެ ރައްޔިތުން އިސްލާމްދީން ގަބޫލުކޮއް ޒަކާތްނެރެ ތައުބާވާންވީ ބުދުއަތުރައިގެން ބުދައް އަޅުކަންކޮއް ރާބޮއެގެންވާނީ ތިހެން ކޮވިޑުގަ މަރުވި މުސްލިމުންނައް ގަދަރުކުޑަކޮއް އަލިފާނައްލާފިހުނީ އާއިލާތަކުން ޕަކްސޭމެންގެ ވެރިކަމާ ދެކޮޅައް އަތްނަގާ ދުވާކުރީ މިއަދުދެން ތިބޭ ހާލަތުބަދަލު ކުރާނީ އެބަޔަކު އަމިއްލަޔައް

  4. އަލީ މައުސޫމް

    މާތް ﷲ އެތަނަކަށް ކޯފާ ލެއްވުމަށް ބޮޑު ބިންހެލުމެއް،ޝުނާމީ އެއް ފޮނުއްވުން މަޖުބޫރެއް ނުވާނެއެވެ. އިންސާނުންނަށް ދަތިވިޔަސް ތަނަވަސް ކަން ލިބުނަސް އަބަދުވެސް އެކަނލާނގެ ހަދުމަކުރުން ހުއްޓެވެ. ﷲ އަށް ބިރުވެތިވާށެވެ. އެކަލާނގެ އެއްކައުވަންތަ ކުރާށެވެ. އިލްމުވެރިން ގިނައިން އެބައިމީހުންނަށް ނަސޭހަތްތެރިވާށެވެ. ތިޔައީ ދުނިޔަމަތީގައި ޚަލީފާއިންނެވެ.

  5. ގޮހޮރު

    އެމް ޑީ ޕީ މީހުންނަކީ އަމިއްލަ ސިކުނޑިން ނުވިސްނާ އަންނީގެ ސިކުންޑިން ވިސްނާ ބައެއް!! މި ސަރުކާރު ލޯނު ނުނަގަން ބުނެއައިސް ހުރިހާ ޅޯނެއް ނެގީ އިންޑިޔާއިން!! މިހާރު ކުރިން ނެގި އަދަދައްވުރެ ގިނައިން ނަގާދަރަނި ބޮޑު ކޮއްލީ އަކުރު ނުދަންނަ މީހަކަށް ވާނުވާ ނޭގޭނެކަން އިންޑިޔާ އަށް އެނގި ތިބެ!!
    ޔާމީން ޗައިނާއިން ނެގި ލޯނު ތަކަށް ފައިިސާ ދެއްކޭނެ ގޮތް ލޯނުން ކުރިކަންތަކުން ލިބޭނޭ ކަން މި އާޓިކަލް ކީ އެހެނަސް ރީދޫ ހުން ޖެހިފައި ތިބި މީހުންނަށް ގަބޫލް ނުކުރެވެނީ އެމީހިންގެ ފެންވަރުވެ ނެތުމާއި މަޢްލޫމާތުވެސް ކޮށިކަމާއި މުނާފިގު ކަމުން!!
    ބްރިޖުން ފައިސާ ނުނެރެވޭނެތަ؟
    ފޭސް 2 އިން ފައިސާ ނުނެރެވޭތަ؟
    ޢެންމެ ބޮޑުރަންވޭއިން ފައިސާ ނުނެރެވޭނެތަ؟
    ދަރުމަވަންތަ ހޮސްޕިޓަލުން ފައިސާ ނުނެރެވޭނެތަ؟
    އެމް ޑީ ޕީ މީހުން ހަގީގަތް ދޫލޮށްލާފަ ގައުމެއްގެ ފަހަތުން ދުވަންޏާ ހަގީގަތެއް ނުފެންނާނެ!!