ޕާކިސްތާންގެ ކަރާޗީގައި ބޮމެއް ގޮއްވާލި ހާދިސާގައި އެކަކު މަރުވެ، 12 މީހަކު ޒަހަމްވެއްޖެއެވެ. މީގެ ދެ ހަފްތާ ކުރިން ހަމަ އެ ސީޓީގައި ހިނގި މިފަދަ ހާދިސާއެއްގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ޕާކިސްތާންގެ މީޑިއާތަކުން ބުނީ، މި ބޮން ގޮއްވާލާފައި ވަނީ ރޭ 11:00 ހާއިރު އެ ގައުމުގެ އެންމެ މަޝްހޫރު ސައްދަރް ނެއިބާހޫޑްގައެވެ.

"ތަހުގީގުގެ ފުރަތަމަ މަރުހަލާއިން ލިބެން ހުރި މައުލޫމާތަށް ބަލާއިރު. ލަފާކުރެވުނީ ބޮން ގޮއްވާލީ ކުނި ޑަސްޓްބިނެއް ކައިރީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްގެން ކަމަށް،" ލޯކަލް ޕޮލިސް ސްޓޭޝަން ހައުސް އޮފިސަރު ސައްޖާދު ޚާން ވިދާޅުވިއެވެ.

ނަމަވެސް މި ހަމަލާ ސީދާ އަމާޒުކޮށްފައިވަނީ ކާކަށްކަން އަދި އެނގިފައެއް ނުވެއެވެ.

ނަމަވެސް ޚާން ވިދާޅުވީ، ބޮން ގޮއްވާލުމުގެ ސަބަބުން ގެއްލުން ލިބުނު ތަންތަނާއި ތަކެތީގެ ތެރޭގައި ކޯސްޓްގާޑުގެ ވެހިކަލެއް ވެސް ހިމެނޭ ކަމަށެވެ. އަދި އެ ހާދިސާގައި މަރުވި މީހާ އަކީ އެ ސަރަހައްދުން ހިނގާފައި ދިޔަ މީހެއް ކަމަށް ވިދާޅުވިއެވެ.

މިދިޔަ މަހު ކަރާޗީ ޔުނިވާސިޓީގެ ބެއިޖިން ކަލްޗަރަލް ޕްރޮގްރާމެއްގެ ސްޓާފުން ގޮވައިގެން ދަތުރުކުރި ކުޑަ ބަސް ތަކަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ޗައިނާގެ ތިން މީހަކު ހިމެނޭ ގޮތަށް ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދުވަގާރު

    ނަންވާނީ އިޒްރޭލު މީހުން, އަމިއްލަ މީހުން އަމީއްލަ ގައުމުގަ މަރަނީ ދީނަށްޓަކައި , މިސްކިތުގަ ތިއްބާ