އަލްޖަޒީރާގެ ނޫސްވެރިޔާގެ ޖަނާޒާ ކުރިއަށް ދަނިކޮށް އިސްރާއިލް ސިފައިން ޖަނާޒާގެ ބައިވެރިންނަށް ހަމަލާދީ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހްގެ ސަންދޯތް ބިންމައްޗަށް ވައްޓާލައިފިއެވެ.
މިމަހުގެ 11 ވަނަ ދުވަހު މަރާލާފައިވާ ޝީރީންގެ ޖަނާޒާ މިއަދު ކުރިއަށް ގެންގޮސްފައިވަނީ އިރުމަތީ ގުދުސްގެ ސިޓީއެއްގައެވެ. ޝީރީންގެ ޖަނާޒާއަށް މިއަދު 1000 އަށްވުރެ ގިނަ މީހުން ޖަމާވެފައިވާއިރު، އިސްރާއީލުން ޖަނާޒާގެ ބައިވެރިންނަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައިވަނީ ކުއްލި ގޮތަކަށެވެ.
އެގޮތުން ޖަނާޒާގެ ބައިވެރިންނަށް ހަމަލާ ދިނުމުގެ އިތުރުން ޝީރީންގެ ސަންދޯތް ވެސް ބިންމައްޗަށް ވައްޓުމަށްޓަކައި ސަންދޮކުގައި ހިފައިގެން ތިބި މީހުންނަށް ވަނީ ހަމަލާދީފައެވެ.
View this post on Instagram
ސަންދޮކުގައި ހިފައިގެން ތިބި މީހުންނަށް ހަމަލާ ދިނުމުން ސަންދޯތް ބިންމައްޗަށް ވެއްޓެން އުޅުނިކޮށް އިތުރު ބަޔަކު ވަނީ ސަންދޮކުގައި ހިފާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުގެ ނިރުބަވެރި ސިފައިން ރުޅިގަދަވެ ހަމަލާދޭން ފަށާފައިވަނީ ޝީރީންގެ ސަންދޯތް މަތީ ފަލަސްތީނުގެ ދިދަ އަޅާފައި އޮތުމުންނާއި ޖަނާޒާ ތެރޭ ފަލަސްތީނު ދިދަ ބޭނުން ކުރުމުންނެވެ.
އިސްރާއީލުން ހިފާފައިވާ ގުދުސްގައި ފަލަސްތީނުގެ ދިދަ ބޭނުން ކުރުން އިސްރާއީލުން އޮންނަނީ ގާނޫނުން މަނާ ކޮށްފައެވެ.
ޖަނާޒާގެ ތެރެއިން ފަލަސްތީނުގެ ދިދަ ވިހުރި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
ދުނިޔޭގެ ލޯތަކަށް މިމަންޒަރު ފެނޭބާ؟
ޝަހީދު ކޮށްލައިފައި ވެސް މައިތިރި ނުވެވިގެން.
އިންސާނިއްޔަތާއި ރަޙްމު ކުލުނު ނެއްތާ ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް.
ކޮބައިތަ އިންސާނީ ހައްޤުތަކޭ ކިޔާ މުނާފިގުންތައް! ކޮބައިތަ އދ އަކާ އޭބީސީޑީ. ދެލޯކަނު ބިތާތަކެއްބާ؟ ...... ހަދާންނެތުނީ ....... ނަހައްޤުން ދެ މުސާރަ ކާ މީހާވެސް އުޅެނީ އދ ގައި ކޮންމެވެސް އެއްޗަކަށް
މަރާލެވުނު އަންހެން ޖާނަލިސްޓަކީ މުސްލިމެއްނޫން. އޭނާ އަކީ ބެތެލްހެމްގެ އަރަބް ޕަލަސްޓީނިއަން ކުރިސްޓިއަންއެއް. ޣައިރު މުސްލިމަކު ޝަހީދުކޮށްފިޔޭ ނުބުނެވޭނެ. އޭނާ އަކީ އިޒްރޭލުގެ އުދުވާނުގެ ޝިކާރައެއް...
މާތްﷲ މި ނުބައި އިޒުރާއީލުގެ މި އަނިޔާވެރިވި މީހުންނިކަމެތިކުރަށްވާ އެމީހުންނަށް މިދުނިޔެމަތީގައި ބަލިކަށިކަމާ ބަލިމަޑުކަން މެދުވެރިކުރަށްވާންދޭވެ އާމީން.
امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين
ދައުލަތްތައް މިއަދު ކޮބާ ތޯ؟ އަދުލާއި އިންސާފު ކޮބައި ތޯ؟ އަނިޔާވެރިކަން މީނޫން ތޯ؟، ޒިންމާ އުފުލަން ނުޖެހޭ ތޯ؟
ކޮބައިތޯ ޝައިތޯނީ އެމެރިކާ އަދި ޔޫރަޕް.. މިމަންޒަރުތައް ނުފެންނަކަަމަށް ހަދައިގެން އެތިބެނީ.
އެކަމަކު ރަޝިޔާ ޔޫކްރޭން ހަނގުރާމައިގަ ހީވަނީ ދެފަޔަށް ހިނިއަރައިގެން އުޅުނުހެން.
ހިތާމަޔަކީ މިހާ ހާމަކަންބޮޑު ގޮތެއްގައި މިމަންޒަރުތަށް ފެންނައިރުވެސް އެބައުޅެޔޭ އެމެރިކާ ވަރެެއްނެތްކަަމަށް ގަބޫލުކޮށްގެން އުޅޭ ބަޔެއް.
ފަލަސްތީނުގެ ބިންތަކުގަ ޔަހޫދީން، ކަޝްމީރުގަ ހިންދޫން، ރާއްޖޭގަ އެމްޑީޕީ އޭ ކިޔާ ޔަހޫދީ ބައިގަނޑެއް. ހިތާމައިގެ ކޮޅެއްވެސް ނެއް