އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހްގެ ޖަނާޒާ ޖެރޫސަލަމްގެ ހޮސްޕިޓަލެއްގެ ބޭރުގައި ކުރިއަށް ދަނިކޮށް އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ފަލަސްތީނު މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުން އެމެރިކާ އަދި އީޔޫ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މައްސަލަ އާ ގުޅިގެން އިސްރާއީލް ފުލުހުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޖަނާޒާގެ ތެރެއަށް ސިފައިން ވަންނަން ޖެހުނީ ނޫސްވެރިޔާގެ އާއިލާގެ އެދުމާ ދެކޮޅަށް ހޮސްޕިޓަލުން ނޫސްވެރިޔާގެ ސަންދޯއް ނަގައިގެން ހިނގާފައި ގަބުރުސްތާނަށް ދިއުމާ ގުޅިގެން އެކަން ހުއްޓުވުމަށް ކަމަށެވެ.

އިސްރާއީލުގެ ނިރުބަވެރި ސިފައިންނާއި ފަލަސްތީނުގެ ހަތިޔާރުއެޅި ހަނގުރާމަވެރިންނާ ދެމެދު ބުދަ ދުވަހުގެ ރޭ ޖެނީންގައި ބަޑީގެ ހަމަތާއް ވަނީ ބަދަލުކޮށްފައެވެ. އެ ހަމަލާތަކުގެ ތެރޭގައި މަރުވި ނޫސްވެރިޔާ، އަބޫ އަޚްލީހްގެ ޖަނާޒާގައި ފަލަސްދީނުގެ 10،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ދަ ޓައިމްސް އޮފް އިސްރާއީލްއަށް އިސްރާއީލް ސިފައިން މައުލޫމާތު ދެމުން ބުނީ ޖަނާޒާގެ ތެރެއިން މި ހަމަލާތަށް ފެށުނީ ނޫސްވެރިޔާގެ ސަންދޯއް ހިފައިގެން ތިބި މީހުން ހިމެނޭގޮތަށް ފަލަސްދީނުގެ އާންމުން އިސްރާއީލް ފުލުހުންނާއި ދިމާލަށް ގާއުކުމުން ކަމަށެވެ. އޭގެ ރައްދު ދިނުމުގެ ގޮތުން އިސްރާއީލް ސިފައިން ވަނީ އެމީހުންނާ ދިމާލަށް ބަޑި ޖަހައިފައެވެ.

އެމެރިކާއިން ބުނާގޮތުގައި މިއީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ. އަދި ރައީސް ޖޯ ބައިޑަން ވެސް ވަނީ މި ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގު ކުރުމަށް އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖާނޭ

    ދެން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް ބަޔާން ނެރެލީމައި އެނިމުނީއެވެ. އިޒްރާއީލުން ކޮންމެ ކަމެއް ކުރިއަސް އެއީ އަމިއްލަ ދިފާއުގައި.ފަލަސްޠީނުން ކަނެއް ކުރީމަ އެކަންވަނީ ނިބުރުވެރި ކަމަކަށް. ޠަހޫދީން ކުރާ ނުބައި ހުރިހާ ކަމެއް ފޮރުވަނީ އެމެރިކާއިން. ތިޔަވަރަށް އެއްޗެކޭ އެބުނީވެސް ނަސާރާއަކަށް ވާތީ.

    56
    2
  2. ހަވާސާ ހަމީދު

    ދެން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް ބަޔާން ނެރެލީމައި އެނިމުނީ، އެމެރިކާޔަކީ އަސްލު ޔަހޫދީ ދައުލަތަކީ އެމެރިކާޔާއި އިގިރޭސިވިލާތުން މިޔަހޫދީ ދައުލަތެއް ހަދަން އެހީވީވެސް އެމީހުން ފޭހުން އިލޮށިގަނޑު އެމީހުންގެ ލޮލަށް ހެރެމުން މިދަނީ ﷲ އިރާދަކުރެއްވިއްޔާ ވަރަށް ފުނަށް ހެރޭނެ އަދި!

    13
  3. ރެފްރީ

    އެމެރިކާއަށާއި އިޒްރޭލަށްހަލާކުހުރި

    25
  4. އިބްރަތް

    އީޔޫ އާ ޔޫއެސް ކަންބޮޑެއް ނުވާނެ، ތީ ކަނޑައެޅިގެން ދޮގެއް. ޢެއީ މެދު އިރުމަތީގައި އެމީހުން އުފައްދައިން އުޅޭ ޓެރަރިސްޓް ބައިގަނޑެއް.... އެމީހުން ކޮށްފިޔާ ކަންބޮޑުވާނީ، ޓެރަރިސްޓް އަމަލަކަށް ނުވާނެ.. މީ ހަޤީޤަތަކީ