ސްރީލަންކާއަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަމުން އަރައިގަތުމަށް ޖަޕާން ސަރުކާރުން އެގައުމަށް 1.5 މިލިއަން އެމެރިކާ ޑޮލަރު ދޭން ހުށަހަޅައިފިއެވެ.

ޖަޕާނު ސަރުކާރުން ލަންކާއަށް 1.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާއިރު، އެގައުމަށް ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާއާއި ގުޅިގެން ގިނަ އާންމު ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ.

އެގައުމަށް ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާއާއި ގުޅިގެން ކާބޯތަކެތީގެ އިތުރުން ތެލާއި ގޭސް ހޯދުމުގައި ވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެގައުމުން ތެޔޮ ހުސްވެ ބައެއް ހިސާބުތަކުގައި ކަރަންޓުގެ ހިދުމަތްތައް ވެސް ދެމުން އަންނަ ކުޑަ ވަގުތުކޮޅަކަށެވެ.

ލަންކާއަށް މިވަގުތު ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާއިރު، އެގައުމުގެ އާ ބޮޑު ވަޒީރު ރަނިލް ވަނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި މިހާރު އެގައުމު އޮތް ހާލަތުން ސަލާމަތް ނުވެއްޖެނަމަ، ކާބޯތަކެތީގެ ބޮޑު ކާރިސާއެއް ކުރިމަތިވެ، ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާއިން އެގައުމު ސަލާމަތް ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެގައުމުގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ ރައީސް ގޮޓަބަޔާ ވަގުތުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައެވެ. ނަމަވެސް ރޮޓަބަޔާ އިސްތިއުފާ ދެއްވާނެ ކަމަށް އަދި ނުބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެރރީއަސް

    ކޮބާ!! ނަސީދު ޖަޕާނާ ގުޅާލައިގެން ލަންކާއް އެހޯދާދިނީ 1.5 މިލިޔަން!
    އަވަހެންނު!!!

  2. އަޙްމަދް

    ސްރީލަންކާއަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަމުން އަރައިގަތުމަށް ޖަޕާން ސަރުކާރުން އެގައުމަށް 1.5 މިލިއަން އެމެރިކާ ޑޮލަރު ދޭން ހުށަހަޅައިފިއެވެ.
    ޢެއީ ކެނެރީގޭ މީހާ ބުނެގެންބާ؟
    ހޭހޭހޭހޭހޭހޭހ:

  3. ޙަދިސައިބު

    މިއީ ކެނެރީގޭ ސޮރު އެދިގެން ދިން އެއްޗަކަށް ހަދަން މިހާރު އެސޮރު ވިސްނާނެ!