ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނާ (އެސްއެލްޕީޕީ)ގެ ޕާލަމެންޓް މެމްބަރު ސަނަތު ނިޝާންތާ ޕާލަމެންޓް ގައި ހުންނަވަނިކޮށް ޖަނާތާ ވިމުކްތީ ޕެރަމުނާ (ޖޭވީޕީ)ގެ ޕާލަމެންޓް މެމްބަރު ވިޖީތާ ހެރަތުއަށް ހަމަލާދޭން އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުކުރު (20) ދުވަހު މެމްބަރު ނިޝާންތާ ޖަލުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގެންނެވި ވަގުތުއެވެ.

އޭނާގެ ބަންދަށް މިހާރު މުއްދަތު ޖަހާފައިވަނީ މެއި މަހުގެ 09 ވަނަ ދުވަހު ކޮލަމްބޯގައި ހުންނަ ޓެމްޕަލް ޓްރީސް އާއި ގަލީ ފޭސް ގްރީން ކައިރީގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި މީހުން އެސްއެލްޕީޕީ އިން އިސްނަގައިގެން ދިން ހަމަލާތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައެވެ.

https://youtu.be/ltytSmOn_Yo

އެމްޕީ ނިޝާންތާ އިންޒާރުގެ ބަހުގެ ހަމަލާތައްދީ، އެމްޕީ ވިޖީތާ ހެރަތުއާ ކައިރިވާން އުޅެނިކޮށް ކެމެރާއަށް އަރާފައިވަނީ މުޒާހަރާގެ ބައިވެރިންނަށް އެސްއެލްޕީޕީއިން ދިން ހަމަލާއާ ގުޅިގެން ހިނގި ހަމަނުޖެހުމުގައި ގެތަކުގައި ހުޅުޖަހައި އަންދާލި މައްސަލާގައި ހޫނު ބަހުސެއް ހިނގަމުން ދަނިކޮށް ކަމަށް ވެއެވެ.

އޭގެ ފަހުން މަޖިލީހުގެ ސެކިއުރިޓީން އޭނާއަށް ހުރަސް އެޅުމުން އޭނާ ވަނީ ސަރުކާރު ހިންގާ ޕާޓީގެ ބެންޗުތަކަށް އަނބުރާ ގެންގޮސްފަ އެވެ.
މި ހާދިސާގެ ވީޑިއޯ ފުޓޭޖް މިހާރު ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު