އިންޑިއާގައި މިހާރު ކުރަމުން އަންނަ މުޒާހަރާއެއްގެ ތެރެއިން އެގައުމުގެ މިނިސްޓަރެއްގެ ގޭގައި ރޯކޮށްލައިފިއެވެ.

އެގައުމުގައި މިހާރު ކުރަމުން އަންނަ މުޒާހަރާއަކީ އަލަށް އުފެއްދި ކޮނަސީމާ ޑިސްޓްރިކްޓްގެ ނަން ބީ އާރް އަމްބެދްކަރް ކޮނަސީމާ ޑިސްޓްރިކްޓްގެ ނަމަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ދެކޮޅަށް ނިކުމެފައިވާ ބަޔަކަށް ފުލުހުން ދައުވާ ކުރުމާއި ގުޅިގެން ކުރަމުން އަންނަ މުޒާހަރާއެކެވެ.

މިމުޒާހަރާގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ އެގައުމުގެ އަންދްރާ ޕްރަދޭޝްގެ ޓްރާންސްޕޯޓް މިނިސްޓަރ، ޕިނިޕް ވިސްނުވަރުޕުގެ ގޭގައި އަލިފާން ރޯކޮށްލާފައެވެ. އޭނާގެ ގޭގައި އަލިފާން ރޯކޮށްލި ނަމަވެސް ފުލުހުން ވަނީ އޭނާއާއި އޭނާގެ އާއިލާ މީހުން ރައްކާތެރި ހިސާބަކަށް ބަދަލު ކޮށްފައެވެ.

މިނިސްޓަރުގެ ގޭގައި ރޯކޮށްލުމުގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ވެހިކަލެއްގެ އިތުރުން ސްކޫލެއްގެ ބަހެއްގައި ވެސް ރޯކޮށްލާފައެވެ. މިމުޒާހަރާގެ ތެރެއިން އާންމުންގެ މީހުން ދިން ހަމަލާތަކުގައި ބައެއް ފުލުހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް އާންމުންގެ ބަޔަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

"ހިތާމައަކީ މި ހާދިސާގައި 20 އަށް ވުރެ ގިނަ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަން. މި ހާދިސާގެ ފުރިހަމަ ތަހުގީގެއްކޮށް ކުށްވެރިން ގާނޫނުގެ ކުރިމައްޗަށް ގެންނާނަން" އެގައުމުގެ ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެގައުމުގެ ސަރުކާރުން ވަނީ ކޮނަސީމާ އަވަށުގެ އިރުމަތީ ސަރަހައްދުން އާ އަވަށެއް ހެދުމަށް ސަރަހައްދު ކޮނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެ ގައުމުގައި ވެސް އިންޑިއާ އައުޓް ޖެއްސީ ދޯ.