އިންޑިއާގައި މުސްލިމް އަންހެނަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު އުމުރުން25 އަހަރުގެ ހިންދޫ ފިރިހެނަކު މަރާލައިފިއެެވެ.

އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން ވަނީ ކަރްނާޓަކާގެ ކަލަބުރާގީ ޑިސްޓްރިކްޓްގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް، އިތުރު ސެކިއުރިޓީއަށް އެދިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ހޯމަ ދުޗަހު ވާދީ ޓައުންގެ ބީމާ ނަގަރު ލޭއައުޓްގެ ރައްޔިތެއް ކަމަށްވާ ވިޖާޔާ ކަމްބްލޭ ރޭލު ބްރިޖެއް ކައިރިން ބަޔަކު އޭނާއަށް ހަމަލާ ދޭން ފެށިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފުރަތަމަ އޭނާ އާއި އެ މީހުންނާއި ދެމެދު ކުރީ ޒުވާބެވެ. އޭގެ ފަހުން އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ. އަދި އޭނާ އަށް ލިބުނު ހަމަލާތަކާއި ގުޅިގެން އޭނާ ލެއިން ތަތްތެޅުނުއިރު، އޭނާ މަރުވީ އެތަނަށް ކަމަށް ވެއެވެ.

"އަހަރުމެން ތިބީ އިށީންދެގެން ވާހަކަދައްކަން. އެހެންތިއްބާ ކުއްލިއަކަށް ބަޔަކު އައީ، އެއީ ކޮން ބައެއްކަން ނޭނގޭ، އެ މީހުން އޭނާއަށް ހަމަލާދޭން ފެށީ. އެކަކު އަތުގައި ހަތިޔާރުވެސް ހުރި، އެ މީހުން އޭނާއަށް ހަމަލާދީފައި ފިލީ". ރަހުމަތްތެރިއަކު މީޑިއާއަށް މައުލޫމާތު ދެމުން ބުންޏެވެ.

ފުުލުހުން ބުނީ، ވިޖޭ ކައިވެނި ކުރަން ބޭނުންވީ އެ މުސްލިމް އަންހެން މީހާއާ ކަމަށެވެ. އެކަމަކު އެ އަންހެން މީހާގެ އާއިލާއިން އެކަމާއި ނުގަބޫލު ކަމަށް ބުނެފައި ވެއެވެ.

އިންޑިޔާގައި، މީގެ ކުރީންވެސް، މުސްލިމް އަންހެނަކާ ކައިވެނިކުރި ހިންދީ ފިރިހެނަކު، މަރާލެވިފައި ވެއެވެ.

އިސްލާމް ދީނުގައި، އިސްލާމް ދީން ނޫން އެހެން ދީނެއްގެ މީހަކާއި ކައިވެނި ކުރުން މުސްލިމް އަންހެނުންގެ މައްޗަށް ހުއްދައެއް ނޫނެވެ. އަދި މުސްލިމް ފިރިހެނަކަށްވެސް ހިންދޫ އަންހެނަކާއި ކައިވެނި ކުރުން ހުއްދައެއް ނޫނެވެ. މުސްލިމް ފިރިހެނަކަށްވެސް ހުއްދަ ވާނީ ފޮތުގެ އަހުލުވެރިންގެ ތެރެއިން އަންހެނަކާ ކައިވެނި ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު