ޕާކިސްތާނުގައި މިއަދު ބާއްވާ ޢަންމު އިންތިޚާބުގައި ވޯޓުލުން ކުރިއަށްދިޔަ ސަރަޙައްދެއްގައި ބޮމުގެ ޙަމަލާއެއްދީ އެތައް ބަޔަކު މަރާލައިފިއެވެ.
މި ޙަމަލާ ދީފައިވަނީ، އެޤައުމުގެ ހުޅަނގު ދެކުނުގެ ސިޓީއެއް ކަމަށްވާ ކުއެޓާގެ އިރުމަތީ ސަރަޙައްދެއްގައި ޤާއިމްކޮށްފައި ހުރި ވޯޓު ސްޓޭޝަނަކަށް އަމާޒުކޮށްގެންނެވެ. މި ޙަމަލާ ދިން ވަގުތުގައި އެ ސަރަޙައްދުގައި ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ ޢަދަދު 31 އަށް އަރާދައިވާއިރު 30 މީހަކު ވަނީ ޒަޚަމްވެފައެވެ.
ނޫސްތައް ބުނާގޮތުގައި މި ޙަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން އަށް މީހެއްގެ ހާލު ސީރިއަސް އެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ދިން މި ޙަމަލާގައި ޢާންމުންގެ އިތުރުން ފުލުހުންނާއި ބައެއް އެނޫންވެސް އޮފިޝަލުން މަރުވެފައި ވެއެވެ.
އޮފިޝަލުންނާއި ޙަވާލާދީ ނޫސްތައް ބުނީ، މި ޙަމަލާ ދީފައިވަނީ ގައިގައި ގޮވާތަކެތި ހަރުކޮށްގެން ހުރި ފިރިހެނެއް ކަމަށެވެ. އޭނާ މަސައްކަތް ކޮށްފައިވަނީ، ވޯޓު ސްޓޭޝަންގެ ތެރެއަށް ވަދެ ބޮންތައް ގޮއްވާލައިގެން ޖާނުން ފިދާވުމަށެވެ. ނަމަވެސް އެ ސަރަޙައްދުގައި އެވަގުތު ތިބި ފުލުހުން އޭނާ ހުއްޓުވަން މަސައްކަތް ކުރުމުން، ސްޓޭޝަންގެ ބޭރުގައި ހުރެ ހަށިގަނޑުގައި ހަރުކޮށްފައި ހުރި ގޮވާތަކެތި ގޮއްވާލީއެވެ.
މި ހާދިސާ ހިނގި އިރު އެ ސަރަޙައްދުގައި 260 އެއްހައި މީހުން ޙަރަކާތްތެރިވިއެވެ. މިއަދުގެ ޙަމަލާ އަމާޒުކުރި ސަރަޙައްދަކީ މީގެ ކުރިންވެސް ޕާކިސްތާނުގައި ޙަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތްތަކުން ޙަމަލާ އަމާޒުކޮށްފައިވާ ސަރަޙައްދެކެވެ.
އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށާއި ޕްރޮވިންސްތަކުގެ މަޖިލިސްތަކަށް މެންބަރުން އިންތިޙާބު ކުރުމަށް މިއަދު ބާއްވާ މި އިންތިޙާބުގައި 12،570 ކެންޑިޑޭޓުން، އެކި ސަރަޙައްދުތަކުގެ މެންބަރުކަމަށް ވާދަކުރާއިރު، އޭގެތެރޭގައި ޖުމުލަ 30 ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުން ހިމެނެއެވެ. މި ވޯޓުގައި ކުރިލިބޭ ޕާޓީއެއްގެ ލީޑަރަކަށް އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާބު ލިބޭނެއެވެ.
ހަހަހަަހަ މުސްލިމުންގެ ހާލު.ހީހީ ހަލާކު
އޭ ދެން އަނެއްކާ އައިޑިއާތައް ނުދީބަލަ ދޯ...
އެމެރިކާގައި ވޯޓްލީ އިރު ކިތައް ތަންތަން ގޮއްވާލައި ކިތައް މީހުން މަރުވިތަ؟ އީޔޫގެ ގައުމެއްގައި ވޯޓްލާއިރު ގޮއްވަނީ ކިތައް ތަންތަަން ތަ؟ އެނގޭ ކުއްޖަކު ޖަވާބު ދީބަލަ
ކަލޯމެން ކިތަންމެ ފުއްޕިޔަސް ތިޔަވައްތަރުގެ ގައުމުތައް އީޔޫގެ ގައުމުތައްހާ ސުލްހަވެރިއެއް ނޫން. ވެފައެއްވެސް ނެތް. ނުވެސް ވާނެ