އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެފްރިކާގެ ފަގީރު ގައުމެއް ކަމަށްވާ ރުވަންޑާއަށް 200 ގެރި ހަދިޔާކުރައްވާފިއެވެ.

ރުވަންޑާއަށް ނަރެންދުރަ މޯދީ، މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި 200 ގެރި ހަދިޔާކުރީ، ރުވާންޑާގެ ވެރިރަށް ކިގާލީގެ ދެކުނުގައި އޮންނަ ނަމޫނާ އަވަށެއް ކަމަށްވާ ރްވެރޫ އަވަށުގެ ފަގީރުންނަށެވެ

ފަގީރުކަން ކުރިމަތިވެފައިވާ ރުވަންޑާއަށް މޯދީކުރައްވާ މި ޒިޔާރަތުގައި 200 ގެރި ހަދިޔާކުރެއްވި މައިގަނޑު މަގުސަދަކީ ފަގީރު އާއިލާތަކުގެ ކުދިން ފުރިހަމަ ސިއްހަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާ ކިރު ލިބޭނޭގޮތް މަގުފަހި ކުރުމުގެ ގޮތުން، ފަގީރު އާއިލާތަކަށް ދިރޭ ގެރިބަކަރި ފޯރުވައިދިނުމަށް ރުވާންޑާ ސަރުކާރުން "ގިރިންކާ" ގެނަމުގައި ހިންގާ ސްކީމަކަށް އެހީތެރިވުމެވެ.

އެކަމާ ގުޅޭގޮތުން މޯދީ ވިދާޅުވީ، ރުވާންޑާ ސަރުކާރުން ހިންގާ "ގިރިންކާ" ސްކީމްގެ ސަބަބުން، ރަށްފުށުގައި ދިރިއުޅޭ ފަގީރުންގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.

އަދި މި ސްކީމްގެ ސަބަބުން 2000 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު މުޅި ރުވާންޑާގެ އާބާދީގައި ހިމެނޭ ފަގީރު ހާލުގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި މީހުން އެހާލަތުން އަރައިގަނެވިފައިވާކަން ވެސް މޯދީ ފާހަގަކުރެއްވިއެވެ.

މޯދީގެ މި ދަތުރުފުޅަކީ ދެކުނު އެފްރިކާގައި އިއްޔެ ފެށި ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނުރަބޯ

    އެގައުމުގައި އެންމެ ގިނަ އަދި އެންމެ މާތް އެއްޗެއްނު ފަގީރުންނަށް ދެވޭނީ؟ ތިޔައީ ރަނގަޅުކަމެއް. އެހެންނަމަވެސް ތިޔަގެރި ބަލަހައްޓަން އިންޑިއާއިން 200 އެކްސްޕާޓުން ފޮނުވާނަމަ އަނެއްކާ އަނެއްކަންތައް ރުވާންޑާމީހުންނަށް އެޖެހުނީ.

  2. ޖޮއްބެ

    މޯދީ....! މިގައުމުގައި މިއޮތް 2 ހެލިކޮޕްޓަރު ގެންގޮއްސަ 2 ގެރި ދީފާނަންތަ؟

  3. ހުސޭނުބޭ

    އެކަމަކު ބަޔަކުން ބަނޑުހައިގަނެގެންވެސް ތިއިން ގެރިއެއް ކަތިކަން އެގުނިއްޔާ ކަންތަކާ ޖެހުނީތާ!

  4. ގިނިރާޖާ

    ބަނޑަ ހާނަތިވިޔަސް ތީއެއްޗެއް ކަތިލާފިއްޔާ އަނެއް ހަކަންތައް އެޖެހުނީ

  5. ޖ

    ގެރިމޯދީ

  6. ނަން

    ތިގެރިން ކިރުފެލާނެ ބަޔަކު ދާއިމައް އެކޮޅުގަ ބަހައްޓާނެ އެސޮރު، ހެލިކެޕްޓަރައް ވިހެން