ނިއުޒިލޭންޑްގެ ގައުމީ ދިދަ ކޮޕީ ކުރި ކަމުގެ ތުހުމަތު އޮސްޓްރިޔާގެ ބޮލުގައި އެގައުމުން އަޅުވައިފިއެވެ.

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ޕީޓަރ ވިންސަން ވަނީ އޮސްޓްރިޔާއިން އެގައުމުގެ ދިދަ ކޮޕީ ކުރަމުންދާ ކަމަށާއި އޮސްޓްރޭލިއާއިން އެގައުމުގެ އަމިއްލަ ދިދައެއް ޑިޒައިން ކުރުމަށް އެދިފައެވެ.

ނިއުޒިލޭންޑުން އޮސްޓްރިއާގެ ބޮލުގައި މި ތުހުމަތު އަޅުވާފައި ވާއިރު ދެގައުމުގެ ދިދައަކީ ވެސް ދާދި އެއްގޮތް ސިފަތަކެއް ލިބިފައިވާ ދިދަ ތަކެކެވެ. އެގޮތުން ދެ ގައުމުގެ ދިދައިގަވެސް އިނގިރޭސި ވިލާތުގެ ދިދަ އަރިމައްޗަށް ވާގޮތަށް އިދެއެވެ.

ނިއުޒިލޭންޑްގެ ދިދަ އިފްތިތާހު ކޮއްފައިވަނީ 1902 އަހަރު އެވެ. އަދި އޮސްޓްރޭލިއާއިން އެގައުމުގެ ދިދަ އިފްތިތާހު ކުރީ 1954 ވަނަ އަހަރުއެވެ.

ދިދައިގެ މައްސަލާގައި އޮސްޓްރިއާ އަދި ނިއުޒިލޭންޑްގެ ދެމެދުގައި ވަނީ މީގެ ކުރިން ވެސް ވަނީ މައްސަލަ ދިމާވެފައެވެ. އެގޮތުން މި މައްސަލަ އެންމެ ހޫނުވެފައިވަނީ 2006 ވަނަ އަހަރުއެވެ.

އޮސްޓްރޭލިޔާގެ ދިދައިގެ މައްސަލާގައި ނިއުޒިލޭންޑުން ވަނީ ބައިނަލް އަގުވާމީ ކޯޓަކަށްވެސް މައްސަލަ ހުށައަޅާފައެވެ. އާބާދީގެ ގޮތުން ބެލިޔަސް އަދި ތާރީހީގޮތުން ބެލިއަސް އޮސްޓުރޭލިއާ އަކީ ނިއުޒިލޭންޑް އަށް ވުރެން އުމުރުން ދޮށީ ގައުމެކެވެ.

ނިއުޒިލޭންޑުން ވަނީ އެގައުމުގެ ގައުމީ ދިދަ ބަދަލު ކުރުމަށް 2016 ވަނަ އަހަރު ފެންނަ ނުންފެންނަ ދެ ވޯޓެއް ނަގާފައެވެ. ނަމަވެސް ވޯޓަށް ފަހުވެސް އެގައުމުގެ ދިދަ ބަދަލުކޮށްފައެއް ނުވެއެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހުވެސް ދިދަ ބަދަލު ކުރުމުގެ މަސައްކަތް ކުރެވުނު އިރު އެ ފަހަރު ގެނައީ ކުދި ބަދަލު ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަނޑުކޮސް

    މަށަކަށް މިތަނުން އޮސްޓްރިއާ ދިދަ އެއް ނުފެނޭ. އަހަންނަށް އިނގިގެން ނިއުޒިލެންޑް ގެ ދިދަ އޮސްޓްރިއާއިން ކޮޕީ ކުރިކަމަށް ތުޙުމަތު ކުރެވޭ ކަހަލަ ކަމެއްވެސް އޮސްޓްރިއާ ދިދައިން ނުފެނޭ.