ފާއިތުވި 27 އަހަރުގެ ތެރޭގައިވެސް ފިނި ނުވާވަރަށް އިނގިރޭސި ވިލާތުގެ ފިނިހޫނުމިން ވެއްޓި އެގައުމުގެ ރައްޔިތުންނަށް ނުރައްކާވާ ހިސާބަށް ގޮސްފިއެވެ.

އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު އެގައުމުގެ ފިނިހޫނުމިން ހުރީ 1- ޑިގްރީ ސެލްސިއަސްގައެވެ. ފިނި ހޫނުމިން ދަށަށް ގޮސްފައިވަނީ ސްނޯ ފައިބަމުންދާތީ އެވެ. ނަމަވެސް މިއީ މިދިޔަ 27 އަހަރުތެރޭ އެގައުމަށް އެންމެ ފިނިވާ މޫސުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެގައުމަށް ފިނިފައިބާތީއާއި، ފިނިހޫނުމިން ދަށަށް ގޮސްފައިވުމުން އާންމު ދިރިއުޅުމަށްވެސް ހުރަސްތަކެއް ދަނީ އެޅެމުންނެވެ. އެގޮތުން ރޭލުގެ ޚިދުމަތްވެސް މެދުކެނޑިފައިވާއިރު 300އަށްވުރެ ގިނަ ފްލައިޓުތައްވެސް ވަނީ ކެންސަލްވެފައެވެ. މިހަފްތާގައި ކުރިއަތް އޮތް ދުވަސްތަކުގައިވެސް އެގައުމަށް ބޯކޮށް ސްނޯ ވެހޭނެ ކަމަށް އެގައުމުގެ މެޓް އޮފީހުން ވަނީ ބުނެފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުގެ ބައެއް ހިސާބުތަކަށް އާކްޓިކް އަށްވުރެވެސް ބޮޑަށް ފިންޏެވެ. އެ ފިނީގައި މަރުވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެއާއެކު އެގައުމުގެ ރައްޔިތުން މިހާރު ތިބީ ނުރައްކަލުގެ ހާލަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރޫހާނީ ލީޑަރު ގަނޑުވާނަނަމަ ކިހާ ރގޅ

  2. އަލްޙަމްދުލިﷲ..!

  3. މައިނަސް 1 ޑިގްރީވީމަ އެހާ ދަށަކަށް ނުދޭ، އަޅުގަނޑުމެން ވެސް މި ދިރިއުޅޭ އޮސްޓްރިއާގައި މިދިޔަ މަހު މައިނަސް 7 10 ކަށް އެރި އެކަމް މި ތާގަ ކެތްވާވަރުވޭ އެކަމް ރާއްޖެ ކަހަލަ އެއް ނޫން

  4. ރޫހާނީ ލީޑަރު ގަނޑު ނުވޭބާ

  5. މަލިކައްޑޫ

    މިހެން ދިމާވުމުން އުފަލެއްނުވޭ!
    ނަމަވެސް އެހެން ގައުމުތަކުން އިސްލާމްދީން ފޮހެލަން ކުރާ މަސައްކަތްތައް ވަގުތީ ގޮތުން ވެސް ހުއްޓާލާނެބާވައޭ!